ގަދަ10ގެ ހަފްލާގައި ރޭ ބޭއްވި ދަންފަޅީގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
22 ޖޫން 2025 - 10:18
ރާއްޖޭގައި ޓީޗަރުންގެ ދަތިކަން އިންތިހާއަށް އެބަ އޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
އޯލެވެލްގެ ގަދަ10 އަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގައި ޓީޗަރުން ހަމަ ނުވުމުގެ މައްސަލައަކީ އަބަދުވެސް އޮންނަ މައްސަލައެއް ކަމަށެވެ.
ޕްރައިމަރީ ގްރޭޑްތަކަށް ބަލާއިރު، އަދިވެސް 200 ޓީޗަރުން ބޭނުންވާ ކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން 600 ޓީޗަރުން ވެސް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދަރިވަރުންނަށް، ކުދިންނަށް ރަނގަޅު ތައުލީމެއް ދިނުމަށްޓަކައި ރަނގަޅު ޓީޗަރުން ބޭނުންވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާފުވަމުން އެބަދޭ،" އިސްމާއިލް ވިދާޅުވި އެވެ.
ގަދަ10ގެ ހަފްލާގައި ރޭ ބޭއްވި ދަންފަޅީގައި ދަރިވަރަކަށް ޓްރޮފީ ހަވާލު ކުރަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މިނިސްޓަރު ވިދާޅުވީ ބިދޭސީ ޓީޗަރުންނާ އެކު ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ 77 ޕަސެންޓަކީ އަންހެން ޓީޗަރުން ކަމަށެވެ. އަދި ފިރިހެން ޓީޗަރުންގެ ނިސްބަތަކީ 23 ޕަސެންޓު ކަމަށެވެ.
- ފިރިހެން 16 ޕަސެންޓު
- ޕްރައިމަރީ ގްރޭޑްތަކުގައި (ކީ ސްޓޭޖް 1 އަދި 2 ގައި) ފިރިހެން ޓީޗަރުންގެ އަދަދަކީ 9 ޕަސެންޓު
މިނިސްޓަރު ވަނީ އޭ ލެވެލްގައި ކިޔަވާ ނުވަތަ އޯ ލެވެލް ނިންމި ދަރިވަރުން ވެސް ޓީޗިން ދާއިރާއަށް ވަނުމަށް އެދިވަޑައިގެންފަ އެވެ.
ގަދަ10 ހަފްލާގައި ރޭ ބޭއްވި ދަންފަޅީގައި އިނާމު ލިބުނު ދަރިވަރުންތަކެއް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"މޮޅު ކުދިން މި ދާއިރާއަށް ވަދެގެން މޮޅަށް ކިޔަވައި ދެވޭނީ،" އިސްމާއިލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގައުމުގައި ވެސް ތައުލީމީ ސިސްޓަމް ހަރުދަނާ ކުރަން ބޭނުން ނަމަ މި ދާއިރާއަށް، ކިޔަވައި ދިނުމުގެ ދާއިރާއަށް މޮޅެތި ކުދިން ގެނައުމަށްޓަކައި މަސައްކަތް ކުރަން އެބަ ޖެހޭ. އަދި އެ މޮޅު ކުދިން މި ދާއިރާއަށް ގެނައުމަށްޓަކައި ނިޒާމުގެ ތެރެއިން އަތުރާލާ ތަރުތީބުކުރަން ޖެހޭ ކަންކަން ވެސް ކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން."
ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުންގެ އަދަދު އިތުރުކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ޓީޗަރުން އިތުރު ކުރުމުގެ ޕްރޮގްރާމް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެރަސީދާ
22 June 2025
ކޮސް ގޯވާމީހުން މަދެއް ނޫން
ފަރީދް
22 June 2025
މިއީ ހަމަ ކުރީ ސަރުކާރު ތަކުގެ މައްސަލަ. މިކަންކަމަށް ކުރީ ބައިގަ ފިޔަވަޅު އެޅި ނަމަ މިއަދު މިހެން ނުވީސް
ާއުނިމާ
22 June 2025
މިސަރުކާރަށްވެސް 2 އަހަރު ހަމަވަނީ،
ދިއްދޫމީހާ
22 June 2025
މިނިސްޓަރުން ލިބުމުގައި ދަތިކަމެއް އުޅޭތޯ؟
ާއުނިމާ
22 June 2025
މިހާތަނަށް ފާހަގަވި ވަރަށް ގުޅޭ ސަޅި ކޮމެންޓެއް
ނޯޖު
22 June 2025
ކަލޭ އިސްތިއުފާދީ އެއިރުން ހަމަވެދާނެ
ރިއްޕެ
22 June 2025
ގައުމުގެ ތައުލީމީ ސިސްޓަމް ބަދަލުކޮށްގެން ނޫނީ ހަރުދަނާ ނަތީޖާއެއް ނުފެންނާނެ. އެކަމަކު މި ސަރުކާރުން މިކަމަށް ހައްލު ގެންނާނެ ކަމުގެ އުންމީދުގަ މިހުރީ
އިލްހާމް އަނީސް
22 June 2025
އެއްވެސް މީހެއް ހާސް ވާނެ ކަމެއް ނެތް. ރައީސް މުއިއްޒުގެ ރިޔާސީ ވައުދު ތެރޭ ހިމެނޭ ކަމެކޭ ވަޒީފާ އިތުރުކޮށް ހެދުން.
ދޫލަ
22 June 2025
މުސާރަ ބޮޑުކުރި އިރު ސިވިލް ސާވިސް ބަޔަކަށް ނުވާތީ ބޭރު ޓީޗަރުންނަށް އެކަށީގެންވާ މުސާރައެއް ނުދޭ. އެމީހުންނަށް ލިވިން އެލަވަންސަށް ދެނީ 3300 ވަރަކަށް ރުފިޔާ. ކޮންމެ މާއްދާއެއް ކިޔަވައިދޭ ޓީޗަރަކީ ޓިއުޝަން ނަގާ މީހެއް ނޫން. އެހެންވީމާ ބައެއް ޓީޗަރުން ތިބީ ވަރަށް މާޔޫސްކަންމަތީގައި. 15 އަހަރު 20 އަހަރު ވަރަކަށް އަހަރުވީ ތަޖުރިބާހުރި ޓީޗަރުން އެބަަތިބި، އެއެވެސް މެޑިކަލެއް ނުލިބޭ. ބަލިވިޔަސް ޚަރަދުކުރަން ޖެހެނީ އަމިއްލަޔަށް.
ފިރޫ
22 June 2025
މި ދާއިރާއަށް ނިކުންނަ މީހުން މަދު ކަމުން މިހާ ދަތި ވެގެން މިއުޅެނީ
ރަައްޖެތެރަެ މުދައްރިސް.
22 June 2025
ރާއްޖެ ތެރޭގަ ތި ވޯރކެއް ނުކުރޭ . އެ ޓީޗަރުން ތިއްބަސް ، ހައިޕާ ކުދިންގެ ފަރާތުން އެހެން ކުދިންނަށް އަނިޔާ ލިބުނަސް ކުލާހުގައި އެކުދިން ބައިތިއްބާފައި ތިބެނީ. ދެން ކިޔާނެ ޓީޗަރަށް ނުބެލެނީ އޭ. އަސްލަކީ ސެން ޓީޗަރާ ނުލާ ކްލާސް ޓީޗަރ މި ޖެހެނީ ކިޔަވައި ދިނުން ހުއްޓާލާފައި ތަފާތު ހައިޕާ ކުއްޖާ އަށް އެކަނި ހުސްވެގެން ހުންނަން. އެކުދިންނަށް ތެރަޕީ އާއި އެއްޗެހި ނަގައި ނުދީ ކިހިނެއް މެއިންސްޓްރީމްގައި ގެންގުޅޭނީ.
ޓީޗަރު އަހުމަދު
22 June 2025
ދަތިވާނެތާއެވެ! އަހަރު ކުރު ކުރުމަށްފަހު، ޓީޗަރުން އަބަދު އުޅެންޖެހެނީ ސުކޫލުގެ އެކިއެކި ކަންކަމުގައެވެ. ހުކުރުދުވަސް ޗުއްޓީއޭ ބުނެ، ހޮނިހިރު ދުވަސްތަކަކީވެސް ރަސްމީ ދުވަސްތަަކަކަށް ހަދައިފި. ހުކުރުގައި ސުކޫލަށް ވަނުން މަނާ! އެހެނަސް ކިޔަވައިދިނުމާއި ގުޅޭ ކަންކަމުގައި (ގޭގައި) ނޫޅެފިނަމަ، ބާރުބޮޑު ޝެޑިއުލްގެ ތެރެއިން، ކިޔަވައިދިނުމަށް ރެޑީވާނެ ވަގުތެއް ނުލިބޭ. އޯޓީއަކީ ނަމެއް. އެންމެ ގިނައިން އޯޓީ ލިބޭ ޓީޗަރަކަށް ލިބޭނީ 1200 ރުފިޔާ!