ފަޒީލް: ހުރިހާ ޒިންމާތަކަކުން ވަކިކޮށް އޮފީހަށް ނުނުކުމެވޭ ގޮތަށް އޭނާ ސަސްޕެންޑްކުރީ ފުލުހުންގެ ތަހުގީގަށް ޖާގަ ދިނުމުގެ ގޮތުން.
22 ޖޫން 2025 - 15:11
ބިންވެރިޔާ ސްކީމްގެ ތެރެއިން ނުލިބޭ ގޯއްޗަކާ ގުޅޭ ރަޖިސްޓްރީއެއް ހަދައި، އެ ހުށަހެޅި މައްސަލާގައި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު އަދިވެސް ހުންނެވީ ސަސްޕެންޝަނުގައި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ހުރިހާ ޒިންމާތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރަހިމް ފަޒުލް ރަޝީދުގެ ކޮއްކޮ، ފަޒީލް ސަސްޕެންޑް ކުރަން ބޯޑުން ނިންމީ ޑިސެމްބަރު 19، 2024 ގަ އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން "މިހާރު"އަށް ވިދާޅުވީ ފަޒީލް އަދިވެސް ސަސްޕެންޝަނުގައި ހުންނެވީ ފުލުހުންގެ ތަހުގީގަށް ފަހު ވަކި ގޮތެއް އަންގަންދެން ކަމަށެވެ. މަސައްކަތުން ވަގުތީ ގޮތުން އެކަހެރިކުރިތާ ހަ މަސް ދުވަސް ވިއަސް ފަޒީލަށް ބަރާބަރަށް މުސާރަ ލިބިވަޑައިގަންނަވާ ކަމަށް މަތީން ވިދާޅުވި އެވެ.
ފަޒީލަކީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ވެސް ނޫން ކަމަށް އޮތީ ކަނޑައަޅައިފަ އެވެ. އެކަމަކު އޭނާ އަށް ގޯތި ލިބިފައިވާ ކަމަށް ބުނާ ރަޖިސްޓްރީއާ އެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް އެޗްޑީސީގައި އޭނާ ޖޫން 30، 2024 ގައި އެދުނެވެ.
އެހެންވެ، އެޗްޑީސީން އަމަލުކުރާ އާއްމު އުސޫލުން އެ ގޯތީގެ ރަޖިސްޓްރީ ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވި އެވެ. އިތުރު މީހަކު ވެސް ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދިފައި އޮތުމުން އެ ވެސް ހައުސިން މިނިސްޓްރީ މެދުވެރިކޮށް އެކަން ސާފުކުރަން ފޮނުވި އެވެ.
ފަޒީލްގެ އިތުރުން ދެން ހުއްދައަށް އެދިފައި އޮތީ އަބްދުލްމަޖީދު މާހިރު ކިޔާ މީހެކެވެ. ބިންވެރިޔާ ސްކީމުން ގޯތި ލިބެނީ މާލޭ މީހުންނަށް ކަމަށް ވިޔަސް އެއީ ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް މީހެކެވެ.
ހައުސިން މިނިސްޓްރީން މިދިޔަ އަހަރުގެ އޯގަސްޓް 15 ގައި އެޗްޑީސީގެ ސިޓީއަށް ދިން ޖަވާބުގައި އޮތީ އެއީ ބިންވެރިޔާ ލިސްޓުގައި ހިމެނޭ ބައެއް ނޫން ކަމަށާއި އެ ދެ ގޯއްޗަކީ އެއްވެސް މީހަކަށް ދީފައި އޮތް ދެ ގޯތި ނޫން ކަމަށެވެ.
އެ ތަހުގީގު ފެށިއިރު، މައްސަލަ ބޮޑުވެފައިވާ ގޯތީގެ ވަށާފާރު ހުރީ ރާނަން ފަށައިފަ އެވެ. ގާތްގަނޑަކަށް ހަތަރު ފޫޓެއްހާ އުސްމިނަށް ވަނީ ވަށައިގެން ފާރު ރާނައިފަ އެވެ. އެ މަސައްކަތް ކޮށްފައި ވަނީ ވަރަށް ފަހުންކަން، އޭރު އެ ތަނުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބުން ސާފުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޖަ.
22 June 2025
ދެން ބުނޭ ކުރީސަރުކާރޭ.ކުރީ ސަރުކާރަށް ވުރެވެސް ކަންތައް ފަލަ.
ބޮކި
22 June 2025
2.0 ދިވެހިންގެރާއްޖެ.....
މަމެންގެ ސަރުކާރު
22 June 2025
މަމެންގެ ސަރުކާރު ހަބޭސްވާނެ! އިނދޮކޮޅުން ހަމަ ޖޭ ވަނީ! މަމެންގެ ސަރުކާރުން ރައްޔިތުންގެ ޖީބު ފުރާލަދޭނެ.
ދަރި
22 June 2025
ހެޔޮވެރިކަމެއް ދެއްތޯ?
ރުންކުރު
22 June 2025
ދިވެހިންގެ ރާއްޖެއަކީ ކުށްވެރިންނަށް ފައިސާ ބަހާ ރައްޔިތުންގެ ފައިސާ ހިތުހުރި ގޮތަކަށް ހޭދަކޮށް ހުސްކުރާ ތަނެއް. އެވަރުންވެސް މިހާތަނަށް ގެނެވުނު އެންމެ ރަނގަޅު ވެރިކަމަކީ މިއީ. ބޮޑު ޖޯކެއްނުން މި ދެން
އ
22 June 2025
ދެން އޭނަވެސް ވަޒީފާއައް ނެރެންވީއެއްނުން... ރައްޔަތުންތިބީ ބާރައް އަތްޖަހަން... ދެން ކޮބާ މައްސަލަޔަކީ.... މައްސަލައެއް ނެތި ސަސްޕެންސަނުގައި ބެހެއްޓުމުގެ ފައިދާއަކީ ކޮބާ??? އެވެސް ވައްތަރެއްގެ ވަނުވާއެއްތަ!!!!
މުނީރް
22 June 2025
މަގުމަތީ ހުރި ޕޭވްމަންޓް ކެޕޭ އަދިވެސް ނުނެގޭ. ހުރަވީ ސްކޫލް ކަންމަތި.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
22 June 2025
މިހާރު މި ސަރުކާރު ހިންގަނީ ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުން ގޮތަކަށް ތަޅާ ބުރުވައިގެންކަން އެއީ އެއްގޮތަކަށްވެސް އޮޅިފައި އޮތް ކަމެއް ނޫން. އެކަމަކު ރައްޔިތުންނަށް އެންމެ ހެޔޮ އެދެނީ މިސަރުކާރުން ކަމަށް ދައްކަން ނުކުރާކަށް ކަމެއް ނެތް. އެއް ރުފިޔާ ރައްޔިތުންނަށް ދިނިއްޔާ ސަތޭކަ ރުފިޔާ އިސްރާފު ކުރޭ
ބަޑިއެދުރުގެ
22 June 2025
މިއީ ވައްކަންކުރާމީހުންނަށާ ވައްކަން ކުރުމަށް ސަރުކާރުންދޭ ހިތްވަރެއްކަމަށް މިވަނީ. ކޮވިޑްގާ އެތަށް މިލިޔަނުން ނުހައްގުން މުއްސަނދިކަންހޯދި ޑރ ގެ މައްސަލަ އޭސީސީއިން ނިންމާ ޕީޖީ އަށް ފޮނުވާފައިވީނަމަވެސް އެ ބޭފުޅާވެސް އެހުރީ ބޮޑު މުސާރައިގާ ހަމަ އައި ޖީ އެމްއެޗްގައި އިތުރަށް އެ ވައްކަން ކުރުމަށް ފުރުސަތު ސަރުކާރުންދީގެން...އެހެންވީމާ ސަރުކާރާގުޅިގެން ވިތަށްމެ ވައްކަމެއްވެސް ކުރެވޭންކަން އެނގެނީ.
ވާނުވާގަ
22 June 2025
މިހާރު ދެން މިމައްސަލަ ނިންމަންވެއްޖެ އެންނުން. އޭރުންތާ އިނގޭނީ ވީގޮތެއް. މިހާރު ވާނުވާއެއްނޭނގޭ އެކައްޗެއްވެސް ނޭނގޭ