"ހާޖީ އެޕް" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
22 ޖޫން 2025 - 18:42
"ހާޖީ އެމްވީ" ނަމުގައި ހައްޖާއި އުމްރާގެ މައުލޫމާތު ފަސޭހައިން ލިބޭ އެޕެއް އިސްލާމިކް މިނިސްޓްރީން ތައާރަފުކޮށްފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ "ހާޖީ އެމްވީ"ގައި ހިމެނޭ ހުރިހާ މައުލޫމާތަކީ މިނިސްޓްރީން ފާސްކޮށްފައިވާ މައުލޫމާތު ކަމަށެވެ.
އަދި އެ އެޕްގެ ސަބަބުން ދުއާ ފޮތްތަކާއި ހައްޖާއި އުމްރާއާ ބެހޭ ފޮތްތަކާ ނުލައި، ފޯނުން އެ ކަމާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
މީހަކު "ހާޖީ އެޕް" ބޭނުން ކުރަނީ--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
- ޒިކުރު ކުރުން
- ތޮވާފް ކުރުން
- ސައުޔުގެ އަދަދު ކަށަވަރު ކުރާނެގޮތް
- ގުރުއާނާއި ސުންނަތުން ސާބިތުވާ ދުއާތައް
- ހައްޖާއި އުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯ
- މައްކާ އާއި މަދީނާގެ އިސްލާމީ ތާރީހާ ބެހޭ ވީޑިއޯ
"ހާޖީ އެޕް" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިނިސްޓަރު ވިދާޅުވީ މިއީ އެ އެޕްގެ ފުރަތަމަ ވާޝަން ކަމަށެވެ.
އަމާޒަކީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުން ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ އެޕް އިތުރަށް ތަރައްގީ ކުރާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހިތު
23 June 2025
މި އެޕް ބޭނުންފުޅުވާ ބޭފުޅުން ރަސްމީގަޑީގައި މިނިސްޓްރީ އަށް ވަޑައިގެން މަުލޫމާތު ސާފު ކުރައްވާ!
ދަރި
22 June 2025
އެޕްސްޓޯރަކުން ނުފެނުނު
ޢަޒުހަދު
22 June 2025
ޟި އެޕް ލިބެނީ ކޮންތާކުން
މިނިސްޓްރީ
23 June 2025
އިސްލާމިކް މިނިސްޓްރީން
މަބުނީ
22 June 2025
ކޮންމެ ދުޢާއަކަށް ވަކިވަކިން ދާންޖެހޭތީ އުނދަގޫ.
އެޕް
22 June 2025
ބ. އަތޮޅު ހޮސްޕިޓަލްގައި ޑެންޓިސްޓެއް އެބަހުރި. އެކަމަކު ފުޓުނިކޮޅެއް އަޅާލެވެންވެސްނެތް. ސާމާނު ނެތިގެން. މިހާލުގައި އޮންނަތާ މިހާރު ކިހާދުވަހެއް. މިކަމާ ކަންބޮޑުވާ މީހަކު ނޫޅޭ.
ސޭކުސްތާން
22 June 2025
އާ މޮޅެތި ކަރާފެޅުން ކަމަކީ މާމޮޅު ބަޔަކަށް ވެގެން ސިންގަޕޫރޯލަމީ. ޓެކްނޮލަޖީގެ ރޮނގުން މާމޮޅުވެގެން. ހަރާންވާކަމެއް!