އައްޑޫގައި ގާއިމްކުރި ކެތުލެބުގައި ބަޔަކު މަސައްކަތްކުރަނީ.-- ފޮޓޯ: އޭއީއެޗް
24 ޖޫން 2025 - 13:07
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައިވާ ގާއިމްކޮށްފައިވާ ކެތު ލެބުގެ ހިދުމަތްތައް، ހަތަރު މަހެއްހާ ދުވަހުގެ ރެރޭގައި ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން، މިދިޔަ މަހުގެ 14 ގައި ފޮނުއްވި ސިޓީއާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ކެތު ލެބު ފެށުމަށް އިމާރާތަށް ގެންނަ ބަދަލުތަކާއި މެޝިނަރީޒް ގުޅުމާއި އެ ހިދުމަތް ފެށުމާ ގުޅުން ހުރި މަސައްކަތްތަކުގެ 98 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ.
އެއަށްފަހު، ކެތު ލެބު ހިންގައި އޮޕަރޭޓުކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށްފަހު ހަތަރު މަހެއްހާ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް، ލިޔުމުން ދެއްވި ޖަވާބުގައި ނާޒިމް ވިދާޅުވި އެވެ.
ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް އައްޑޫގައި ކެތު ލެބު ގާއިމްކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، އޮކްޓޯބަރު، 2023 ގަ އެވެ. އެކަމަކު، ދޮޅު އަހަރުވެގެންދިޔައިރު ވެސް އެ ތަން ބޭނުމެއް ނުކުރެވެ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ކެތު ލެބު ފަސް އަހަރަށް މެނޭޖުކޮށް އޮޕަރޭޓުކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29ގެ ކުރިން މައުލޫމާތު ހުށަހަޅަން އެދިފަ އެވެ.
ކެތު ލެބުން ހިތުގެ ބަލިތަކަށް އެންޖިއޯގްރަފީ، އިންވޭސިވް އަދި ނޮން އިންވޭސިވް ޕްރޮސީޖާތައް ހެދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަގީގަތަށް
25 June 2025
ހޮސްޕިޓަލްގެ މެނޭޖްމަންޓް ބަދަލުނުކޮށް ތިކަމެއް ނުވާނެ. މިހާރުވެސް ސީއީއޯގެ މަސައްކަތް ވަރަށް ދަށް އެއީ ފެންވަރު ރަނގަޅު ޑޮކްޓަރުންނެއް ނެތް އަދި އެމީހުން އުޅެނީ ބޭނުން ގޮތަކަށް، ވަރަށް ސަކަރާތް، ހޮސްޕިޓަލްގެ މެއިންޓެނެންސް ހަމަ ސުމެއް
މުބާރިކް
25 June 2025
ރާއްޖެތެރޭ އެއްވެސް ހޮސްޕިޓަލެއްގަ ނުހުރޭ ނެފްރޮލޮޖިސްޓެއް. ހުރިހާ ސުކޭނެއް ޓެސްޓްތަކެއް ނެހެދޭ ތިތަނުން ލިބެނީ އަތޮޅު ހޮސްޕިޓަލްތަކުން ލިބޭ ހިދުމަތްތައް. ދަތުރުފަތުރު ވަރަށް އުދަގޫ އައްޑޫ އެއަރޕޯޓެއް އޮތަސް ޖެހެނީ ރަށުން މާލެގޮސްސަ އައްޑުއަށް ދާން. މިއަށްވުރެ ހަރަދު ކުޑަވެފަ ރަނގަޅީ މާލެ ދިއުން.
ރަދީފްއޮފިޝަލް / ނަތަންޔާހޫ ތޯ ސަންދޮއް ޖަހަގަން
25 June 2025
ފެށެނީ ، އަންނަނީ ، ސޮއި ކުރަނީ ، ތައްޔާރުވަނީ ، ބިޑިން މަރުހަލާގަ. އައްޑޫ ރައްޔަތުން އަބަދުވެސް ތިބެނީ މި ފަދަ ބަނދިއެއްގަ.1978ގަ އަހަރެން އުފަންވިއިރު ވެސް މި ނޫން އެއްޗެއް އަޑެއް ނީވޭ. ވ.ވެދުން
ޒީނިޔާ މުހައްމަދު
25 June 2025
އިބޫ ވެރިކަމުގައި ދެއްކީ ހުސް ހުވަފެން. ކަންކަން ހުރީ ގޯހުން ގޯހަށް. އެހާ ލަސް. މިހާރު އެޔަށްވުރެ ގިނައިން ކުޑަ ދުވަސްކޮޅަކު މިސަރުކާރުން ކަންކަން ކޮށްފި.
އަމްޝާދު އަޒީޒް
25 June 2025
މަރުހަބާ އައްޑޫ ރައްޔިތުން. މިދިޔަ 5 އަހަރު ސްލޯކޮށް ދިޔަ ކަންކަން ބާރު ސްޕީޑުގައި މިދަނީ މިހާރު ކުރިޔަށް
ހާމަ333
25 June 2025
ތަންތަން ހުޅުވުން މައްސަލައެއްނޫން.. އެކަމަކު ހެލްތު މަސައްކަތަކީ ނުވަތަ ސިއްހީ ފަރުވާދެވެނީ ކޮންބައިންކޮށް އެކި ހާއްސަ ޑިޕާޓްމަންޓުހުރެ ސްޕެޝަލައިންޒް ޑޮކްޓަރުންގެ ޓީމެއް ކޮންމެ ޑިޕާޓްމަންޓެއްގައި އޮވެ ގުޅިގެން ކުރެވޭ މަސައްކަތެއް...ތިޔަ ކެތު ލެބު ހުޅުވާފަ ތިތާގަ ރަނގަޅު ހިތުގެ ޑޮކްޓަރުންގެ ޓީމަކާއި ހިތުގެ ސާރޖަރީ ހެދޭނެ ރަނގަޅު ވަސީލަތްތަކާއި ރަނގަޅު ޓީމެއް ނެތިއްޔާ ވާނެ ފައިދާއެއްނެތް...ނަމުން ކަންކަން ކުރުން ހުއްޓާލަންވީ....ދިވެހީން ރާއްޖޭގެ ބޭސްފަރުވާއަށް ހިތުބާރު ކުރެވޭ ފެންވަރަށް ބޮޑެތި ހޮސްޕިޓަލް ތަރައްގީ ކުރަން އެބަޖެހޭ..
އޮނަރަބްލް އަފީފު ދީދީ
24 June 2025
ޑޮކްޓަރުންނާއި ނަރުހުންނަށް އަދި އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލުގެ މުޅި ޙަރަދަށް މަހެއްގެ މައްޗަށް ހޭދަކުރާ ފައިސާ އަށް ވުރެން ބޮޑު އަދަދެއްގެ ފައިސާ މާލޭ ސަރުކާރުން ކޮންމެ އަހަރަކުވެސް ދެނީ މޯލްޑިވިއަން އަށް. އޭއީއެޗުގައި ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ނެތުމާއި މެޝިނަރީތައް ހަލާކު ވެފައި ހުރުމުގެ ސަބަބުން ވަރަށް އާދައިގެ ކަންކަމުގައިވެސް ފްލައިޓް ޗާޓަރ ކޮށްގެންނާއި އެހެނިހެން ގޮތް ގަޮތުންވެސް ސަރުކާރުންވެސް ބަލަނީ ބަލިމީހާ ކ.މާލެއަށް ގެންދަން.
ހައުލަތް ޝާކިރު
24 June 2025
ސިއްހީ ދާއިރާ އެހެން ލެވެލްއަކަށް. މުޅި ގައުމުގެ ސިއްހީ ދާއިރާއަށް އެހެން ސަރުކާރުތަކުން އަޅާ ނުލާ އޮތް އޮތުން ނިމުމަކަށް މިގެންނަނީ
އ. ޢަލީ
24 June 2025
ޙަބަރު ކިޔާލިންތަ؟ މިއީ ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް. ތަންހަދާ ބޭނުންވާ މެށިނަރީސް ވައްދާފަ އެ ހުރީ 1.5 އަހަރުން އެ އުޅެނީ ހިންގަން ނުފެށިގެން. އަޅާލެވިއްޖެތާ ވަރަކަށް
ކުރު މުހައްމަދު
25 June 2025
އަލީގެ މައުލޫމާތު ރަނގަޅެއްނޫން. ޔާމީން ގެ ވެރިކަމުގަ މެޝިނަރީސް ހުރީ ގެނެސްފަ ޕެކިންގަ ބަހައްޓާފަ.
ސޫދާ ސޮބްރީ
24 June 2025
އަހަރުން ރަށުގައިވެސް ވަރަށް ގިނަ ކަންކަން ސިއްހީ ދާއިރާގައި ކުރަމުން އެބަދޭ. މިއަދު މިކަންކަން ވެއްޖެ ނަމަ ހަމަ ގައިމުވެސް މާލެ ނައިސް ރަށުން އެތައް ކަމެއް ވާނެ. މިގޮތުގައި ހިފަހައްޓާލާ
އަހްމަދު ސަނީހް
24 June 2025
މުޅި ރާއްޖޭގެ ސިއްހީ ދާއިރާ ބަދަލްކޮށްލަން އަދުގެ ސަރުކާރުން ގިނަ މަސައްކަތެއް ކުރާތަން އެބަފެނޭ. މުޅި ރާއްޖޭގައި ޑައިލިސިސް ހިދުމަތްވެސް ވަނީ ފަށާފައި