ޔާމީން އިދުރީސް: ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް ވަނީ އައްޔަންކޮށްފައި
25 ޖޫން 2025 - 19:35
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް މިއަދު އައްޔަންކޮށްފި އެވެ.
މިހާރު އަމިއްލަ ވިޔަފާރީގެ ތެރޭގައި އުޅުއްވާ ޔާމީން ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް އައްޔަންކުރީ މިހާތަނަށް އެ މަގާމުގައި ހުންނެވި މަރިޔަމް ޒީނިޔާ ވަކިކުރުމާ ގުޅިގެންނެވެ.
ބްރޯޑްކޮމްގެ އެސްޖީގެ މަގާމަށް ޔާމީން ކުރިމަތިލެއްވީ އެ މަގާމަށް މީހަކު ހޯދަން އެ ކޮމިޝަނުން މި މަހުގެ ކުރީކޮޅު ހުޅުވައިލުމުންނެވެ.
މިދިޔަ މަހުގެ 25 ގައި ޒީނިޔާ މަގާމުން ވަކިކުރުމުގެ ކުރިން އޭނާ ހުރީ ތިން ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރީ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވައި އަދި ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ އެވެ. އޭގެ ފަހުން ޒީނިޔާ މަގާމުން ވަކިކުރީ އެވެ.
އެސްޖީގެ މަގާމުގައި ކުރިން ހުރި ޒީނިޔާ މަގާމުން ވަކިކުރި އިރު، އެ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް މުވައްޒަފުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ މުވައްޒަފުން ބުނެފައި ވަނީ ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއެޅޭ ގޮތަށް ކޮމިޝަން ރައީސް ސޮފާ ޝަފީގާއި ބައެއް މެމްބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ ހުރިހާ ކަމަކާ އަދި ވަކި ހުދޫދެއް ނެތި އިދާރީ އޮނިގަނޑަށް އިހުތިރާމްކުރުމެއް ނެތި ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަބޫބޫ
26 June 2025
އަނހާ! ހޯމަ ދުވަހު 2 ޖެހިއިރަށް އެޕްލިކޭޝަން ޑެޑްލައިންވީ! ބުދަ ދުވަހު 2ގެ ކުރިން ވަޒީފާ ހަމަޖެހިއްޖެ! ވަޓް އަ ޖޯކް! ސޮފާ! ދޭ އަލުން ހެނދުނު ހެނދުނާ ހުށަހަޅަން! ނުވިއެއްނު ރައީސް ކަމެއް ކޮށްކޯ!
ޕިއާސް
26 June 2025
މިހާރު ސޮފާގެ މައިގަނޑު މަސައްކަތަކީ މީހުން ވެއްދުމާ، ކެނޑުމާ، ސަސްޕެންޑު ކުރުން ދޯ
އައްޔޫބީ
26 June 2025
ޝަހީމް އާއެކު އުމްރާގެ ވިޔަފާރިކުރާ ފަރާތް، ވަޒީފާ ލިބޭނަތާ!
ޢާޝޯހު
26 June 2025
މި ހުރިހާ ދުވަހު ވަޒީފާއެއް ނެތި ހުންނަން ޖެހުނީ ކީއްވެގެންބާ؟ ޝަހީމަށް މިނިސްޓަރުކަން ލިބުނީ އިއްޔެތަ؟
ޕާސަން
26 June 2025
މި ހުރިހާ ދުވަހު ވަޒީފާ ނެތި ހުރިތަ؟ އޮމްބަޑްސް ޕާރސަންގެ އޮފީހުގައި އުޅުނީ..
ާަމަނިކާ ރޯއްޖާ
26 June 2025
ދަރިޔާ... ވަރަށް ހިތްވަރުކުރާތި އިނގޭ...