ބްރޯޑްކޮމްގެ މެމްބަރުން.
26 ޖޫން 2025 - 12:37
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސާވާތަކަށް ގެއްލުންދިން މައްސަލައެއްގައި ސަސްޕެންޑްކުރި އެ ތަނުގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް، މަގާމުން ވަކިކޮށްފި އެވެ.
މިދިޔަ މެއި މަހުގެ 22 އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް ފަޒީލް ސަސްޕެންޑްކުރިއިރު އޭނާ "މިހާރު" އަށް އޭރު ބުނީ، ސަސްޕެންޑްކުރި ސަބަބު ނޭނގޭ ކަމަށެވެ.
އެކަމަކު އޭނާ ސަސްޕެންޑްކުރުމުގެ އެއް ދުވަސް ކުރިން ބްރޮޑްކޮމްގެ ސާވާއަށް މައްސަލައެއް ދިމާވުމުން ފުލުހުންގެ ޓެކްނީޝަނުން އެ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހުނެވެ.
ބްރޯޑްކޮމްގެ ރައީސް ސޮފާ ޝަފީގް "މިހާރު" އަށް މިއަދު ވިދާޅުވީ އެ މައްސަލަ ކޮމިޝަނުން އެނަލައިޒް ކުރުމަށް ފަހު ފުލުހުންގެ ތަހުގީގަކަށް އެދުނު ކަމަށެވެ.
އެހެންވެ، އެކަމާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް ފަހު މިދިޔަ ހޯމަ ދުވަހު ބްރޯޑްކޮމް އަށް އެންގީ އެއީ ގަސްދުގައި ދީފައިވާ އަމަލެއް ކަމަށް ފެންނަ ކަމަށެވެ.
"އެ ބޭފުޅުން [ފުލުހުން] 23 ޖޫން 2025 ވަނަ ދުވަހު އަޅުގަނޑުމެންނަށް ބުނެފައި އެބަވޭ އެ ބޭފުޅުންގެ ތަހުގީގަށް އެ މައްސަލާގައި ލިބިފައިވާ ހެއްކާއި ގަރީނާ އަށް ބަލާއިރު އެ މައްސަލާގައި ހިމެނޭ އަމަލަކީ ގަސްދުގައި ކޮށްފައިވާ އަމަލެއް ކަމަށް ތަހުގީގަށް ފެންނަ ކަމަށް،" ސޮފާ ވިދާޅުވި އެވެ.
އެހެންވެ، ފަޒީލް ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ނޯޓިސް ދިނުމަކާ ނުލާ ކަމަށާއި އެއީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނާތީ ކަމަށް ސޮފާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައްސަލާމް
27 June 2025
ޓީޗަރު ކަމުން ބުރޮޑުކޮމް ރައީސްކަމަށް ދެވޭ ހަމައެކަނި ގައުމު!
އެވޭ
27 June 2025
ބޭކާރު ތަނެއް! ސިޔާސީ ގޮތުން ބަލަދު އަރާފަ ތިބޭ ޕަޕެޓުތަކަށް މުސާރަ ދޭން ހުންން ތަންތަން
ތިޔަ ކޮމް އުވާލަ ބަލަ
27 June 2025
ސޮފާއަކީ ދެތިން އަހަރު ވަންދެން ވެސް ޓީޗަރެއްގޮތުގަ މަސައްކަތްކުރި މިހެއް ނޫން. އުޅުނު ދުވަސްކޮޅުވެސް އުޅުނީ އެހާ ކަންފަސޭހަކޮށް. ގިނަ ދުވަހު މަސައްކަތް ކޮށްފަހުރި ހީވާގި މުރާލި ކަމަށް ކަމޭ ހިތާ ޓީޗަރަކަށް މުވައްޒަފުން ގޮވައިގެން އުޅެން އެނގޭނެ. ބޮޑު މުސާރައޮތް ތަނަކަށް ވިއްޔާ ބޯކޮށްޕަންޏާ އަބަދުވެސް ހަބަރަށް އަރާފަ އޮންނާނީ. މުހަންމާއާ ދެމީހުން ތިކަން ހުއްޓާފަ ކަޑަބޮއް ކަޑަބޮއް ލަވައެއް ކުޅެން ވީނު
ރާކަނި
26 June 2025
އަނިޔާވެރިކަމަށް ނިމުން ގެންނާނަން. ރާކަނި ކެވޭ ދުވަސް އެބަ ގާތްވޭ. ތިތާ އުޅޭ ފޮތި ރޯލް އެންމެ އަވަހަށް ތިކަން ފެންނާނީ.
ރުންމަޑި
26 June 2025
ސޮފާޔާ މެންބަރުންނާ އެކަނި ތިތަން ހިންގަން މަށަށް ފެންނަނީ. އިސްކޫލު ޓީޗަރުކަމުން ދަސްވީ އަދަބު ދޭން އެކަނި. މުވައްޒަފުން ގެންގުޅޭކަށް ނޭގުނުތާ ކަބުލޮޔަށް
ހަމަ ބުނެލީ އޯކޭ
26 June 2025
ގިނަ ފަހަރު އެތެރޭގެ ފިތުނައިގައި ތިކަހަލަ ކަންކަން ތަނުގެ ވެރިން ކޮންމެސް އެހެން މީހަކު ލައްވާ ކުރުވާފަ އައިޓީ އޮފިސަރު ބޮލަށް ކަޑާލަނީ!
މީހުން މެން
26 June 2025
އެންމެން ބޭރުކުރޭ
ލޮނުމެދު
26 June 2025
އެންމެން ވަކިކޮށްލާ! ހަތެއް އެކަނި ތިބީމަ އޯކޭ ވާނެ