އިޒްރޭލާ ދެކޮޅަށް ދިން ހަމަލާތަކުގެ ކާމިޔާބީ އީރާންގައި ފާހަގަކުރަނީ: އީރާނުން މިއަދު ވަނީ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިން އިރު އައިއޭއީއޭ އިން އެކަން ކުށްވެރިކޮށްފައި ނުވާތީ އެ އިދާރާއަށް އެއްބާރުލުން ދިނުން ހުއްޓާލަން ފާސްކޮށްފައި. -- ފޮޓޯ: އޭއެފްޕީ
25 ޖޫން 2025 - 20:21
އދ.ގެ އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް އީރާންގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އީރާންގެ ނިއުކްލިއާ މަރުކަޒުތަކާއި އަސްކަރީ ތަންތަނަށް އިޒްރޭލާއި އެމެރިކާއިން ހަމަލާދީ، 12 ދުވަސް ވަންދެން ބަދަލުކުރި ހަމަލާތަކުގެ ރައްދުގައި އީރާންގެ މަޖިލީހުން މިގޮތަށް ފާސްކުރި ނަމަވެސް އެގޮތަށް އަމަލުކުރަން ފެށޭނީ މަޖިލީހުގެ ނިންމުންތަކަށް ފަހު ބަސް ބުނާ ޝޫރާ މަޖިލީހުން ތަސްދީގުކުރުމުންނެވެ.
"އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާ ކުޑަކޮށް ވެސް ކުށްވެރިކުރަން ދެކޮޅު ހެދި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން ވަނީ އެ އިދާރާގެ އިތުބާރު ނީލަމަށް ލާފައި،" އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަގޭރު ޣާލިބާފްއާ ހަވާލާދީ ދައުލަތުގެ ޓީވީން ބުންޏެވެ.
އެ ބިލު ތަސްދީގުކޮށްފި ނަމަ "އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން އައިއޭއީއޭ އަށް އެއްބާރުލުން ދިނުން، ނިއުކްލިއާ ފެސިލިޓީތަކުގެ ސެކިއުރިޓީ ކަށަވަރު ކުރެވެންދެން ހުއްޓާލާނެ" ކަމަށް ޣާލިބާފް ވިދާޅުވި އެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ 290 މެންބަރުންގެ ތެރެއިން 221 މެމްބަރެއްގެ ވޯޓާ އެކުގަ އެވެ. އެއް މެންބަރަކު ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވަ އެވެ. އެކަމަކު އެއްވެސް މެންބަރަކު ދެކޮޅަށް ވޯޓެއް ނުދެއްވަ އެވެ.
ޕާލަމެންޓްގެ މެމްބަރު އަލީރެޒާ ސާލިމީ ވިދާޅުވީ އެއްބާރުލުން ދިނުން ހުއްޓާލުމުން އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ މަތީ އިދާރާ، ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ހުއްދަ ލިބިގެން ނޫނީ އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް ނިއުކްލިއާ ފެސިލިޓީތަކަށް ވަނުން މަނާވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
26 June 2025
އައިއޭއީ އަކީ އެމެރިކާއާއި ޔޫރަޕަަށް ޖާސޫސް ކޮށްދޭ ބައެއް. އެމެރިކާއަށް ލިބޭ ކޮންމެ މަޢުލޫމާތެއް އިޒްރޭލަށް ލިބޭ. ތިޔަ ނިންމުން ބަރާބަރު. އިޒްރޭލުގެ ނިއުކްލިއަރ ފެސިލިޓީސް އިންސްޕެކްޓް ނުކުރެވެންޏާ އީރާނުގެ ފެސިލިޓީސް ވެސް އިންސްޕެކްޓް ކުރަން ހުއްދަ ނުދިނުމުގެ އިޚްތިޔާރު އޮންނާނެ. އެބަޔަކު މިނާ ނާޅިިން އެބަޔަކަށް މިނެދިނީމަ ހުންނާނީ ރަނގަޅަށް.
އަލްހަންދްރޯސް
25 June 2025
ވަރަށް ބަރާބަރު ނިންމުމެއް. ދެން ކުރަންވީ ކަމަކީ އެންޕީޓީ މުއާހަދާއިން ވެސް ވަކިވާންވީ. މިއަދުގެ ދުނިޔޭގަ ބާރު ހޯދޭނީ ޖެހިލުންނުވެ ކެރިގެން ކުރިމަތިލައިގެން. ނިއުކްލިއަރ ބާރުތަކުގެ ދަށުވެފަ އަބަދު ތިބޭކަށް ނުޖެހޭ. މިސާލަކަށް އުތުރު ކޮރެއާ އިންޑިއާ ޕާކިސްތާން ބަލާ.
ޗޫޤީ
25 June 2025
ސާބަހޭ އީރާން! ޓުރަންޕަށާއި ޔަހޫދީ ސަޓަންޔާހޫއަށް ރާކަނިމަސް ކާންދޭންވާނެ މިފަހަރު.
ޖޗޖޗޖފހފ
25 June 2025
އީރާނުން އެއްބާރުލުން ނުދިނުމުގެ ނަތީޖާއަކީ ކޮބާ؟ މި ސުވާލުގެ ޖަވާބުވެސް ދިންނަމަ