މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ނޯމަލައިޒޭޝަން ކޮމިޓީވެ ޗެއާޕާސަން އަހްމަދު މުއިއްޒު: އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
27 ޖޫން 2025 - 21:19
އަންނަ މަހުގެ 26 ގައި ބާއްވާ އެފްއޭއެމްގެ އިންތިހަބުގައި ކުރިމަތިލާން މާދަމާ ފުރުސަތު ހުޅުވާލަން ކޮންގްރެސްގައި ނިންމައިފި އެވެ.
މީރުމާ ހޮޓެލްގައި މިއަދު ބޭއްވި ކޮންގްރެސްގައި ވަނީ އަސާސީ ގަވާއިދު ފާސްކޮށް އެ ގަވާއިދުގެ ދަށުން އިންތިހާބު ބާއްވަން އިއުލާން ކޮށްފަ އެވެ.
އަސާސީ ގަވާއިދުގެ އެންމެ ފަހު ސޮފްހާގައި ބުނެފައިވާ ގޮތުން މާދަމާ އިންތިހާބަށް އިއުލާން ކުރާނެ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ހައެއްގައި ހަމަވާނެ އެވެ.
- ޖޫން 28 (މާދަމާ) އިންތިހާބު އިއުލާންކޮށް ކުރިމަތިލާން ހުޅުވާލުން
- ޖުލައި 6: އިންތިހާބަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފަހު ތާރީހް
- ޖުލައި 9: ކެންޑިޑެސީ ފޯމުގައި ފުރިހަމަނުވެ ހުރި ކަންކަމަކީ ކޮބައިކަން ކެންޑިޑޭޓުންނަށް އަންގަން ޖެހޭ އެންމެ ފަހު ތާރީހް
- ޖުލައި 13: ކެންޑިޑެސީ ފޯމުގައި ފުރިހަމަނުވެ ހުރި މާއުލޫމާތު ފުރިހަމަ ކުރުމަށްފަހު އަލުން ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހް
- ޖުލައި 15: ކެންޑިޑެސީ ފޯމާ މެދު އިލެކްޓޯރަލް ކޮމިޓީން ނިންމި ގޮތް އަންގަންޖެހޭ އެންމެ ފަހު ތާރީހް
- ޖުލައި 16: އިންތިހާބުގެ 10 ދުވަސްކުރިން ބާއްވާ ފައިނަލު ބައްދަލުވުން (އެ ބައްދަލުވުމުގައި އިންތިހާބީ ކޮންގްރެސްގެ އެޖެންޑާ އާއި ކެންޑިޑޭޓުންގެ ރަސްމީ ލިސްޓު ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފައިވާ ގޮތަށް އިއުލާން ކުރުން ހިމެނެ އެވެ)
- ޖުލައި 26 އިންތިހާބީ ކޮންގްރެސް ބާއްވާ ތާރީހް
އަސާސީ ގަވާއިދު ބުނާގޮތުން އިންތިހާބަށް ކެންޑިޑެސީ ފޯމު ހުށަހަޅާއިރު ފަސް ކްލަބްގެ ތާއީދު ފޯމާ އެކު ހުށަހަޅަން ޖެހެ އެވެ. އޭގެ ތެރޭގައި މަދުވެގެން ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބްގެ ތާއީދު ސިޓ ހިމަނަން ޖެހޭނެ ކަމަށް މިއަދު ފާސް ކުރި ގަވާއިދުގައި އޮވެ އެވެ.
އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކޮށްފައިވާ ހަމައެކަނި ކެންޑިޑޭޓަކީ އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އެވެ. މިދިޔަ އަހަރު ދެ ފަހަރުގެ މަތިން ބާއްވަން އުޅުނު އިންތިހާބުގައި ދެ ފަހަރު ވެސް އޭނާ ކުރިމަތިލެއްވި އެވެ. އެ ދެ ފަހަރުވެސް ފީފާއިން އަންގައިގެން އެފްއޭއެމުން އިންތިހާބުގެ މަސައްކަތް ހުއްޓާލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުޓްބޯޅައިގެ ޚަބަރު
30 June 2025
މިއީ ރާއްޖޭގެ ފުޓުބޯޅައިގެ ޚަބަރެވެ. ދެއްކޭނެ ވާހަކައަކީވެސް ދައްކާނެ ވާހަކައަކީވެސް އިލެކުޝަނާއި، ކޮރަޕްޝަނާއި ފައިސާގެ ވާހަކައެވެ. އަޅެ ހަމަ ފުޓުބޯޅަ މެޗެއްކުޅޭނީ ކޮންދުވަހަކު؟