ގަރާރު ހުށަހެޅުއްވި އަމީން ފައިސަލް: ގަރާރު ބަލައިގަންނަން މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައި
30 ޖޫން 2025 - 12:18
ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ނުލިބި މަސައްކަތް ކުރަން ޖެހޭތީ، އެކަމާ މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަންނަން ފާސްކޮށްފި އެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި ގަރާރު ބަލައިގަތުމާ މެދު މިއަދު ނެގި ވޯޓުގައި އެ ގަރާރު ބަލައިގަންނަން 47 މެންބަރަކު ވޯޓު ދެއްވި އެވެ. އެހެންވެ ގަރާރު ދިރާސާކުރަން ތަރިކައާ ބެހޭ ކޮމިޓީ އަދި އިޖުތިމާއީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި ގަރާރުގައި ބުނީ އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށް ސިއްހީ އަދި ތައުލީމީ ދާއިރާގެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންވެ، އިތުރު ގަޑީގެ ފައިސާ ދޭ އުސޫލުތަކާ މެދު އަދި އެކަމުގައި އަދުލުވެރި މާހައުލެއް ގާއިމްކުރަން މެންބަރުން ދެކޭ ގޮތެއް ބަލަން ބޭނުންވާ ކަމަށް ގަރާރު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވެ އެވެ.
ގަރާރުގައި ބުނީ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުން އިތުރު ގަޑީގެ ފައިސާ ދެވޭނެ އެންމެ މަތީ މިންގަނޑު ހިމެނޭ ސީލިންގުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
ޕޭ ފްރޭމްވޯކްގެ އިތުރު ގަޑީގެ ފައިސާއާ ގުޅޭ މިންގަނޑުގައިވާ ގޮތުން އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ދެވޭނެ އެންމެ މަތީ އަދަދަކީ މަގާމުގެ އަސާސީ މުސާރައިގެ 10 ޕަސެންޓެވެ. އެއަށް ވުރެ އިތުރަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ.
ނަމަވެސް، އެ މުވައްޒަފުންނަށް އެއަށް ވުރެ ވެސް އިތުރަށް އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހޭ ކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. ސިއްހީ ދާއިރާގައި މުވައްޒަފުން މަދުވުމުގެ ސަބަބުން އިތުރަށް މަސައްކަތް ކުރަން ޖެހެ އެވެ. އަދި ޓީޗަރުންނާއި ސްކޫލްތައް ހިންގުމުގައި އުޅޭ މީހުން ވެސް އިތުރު ގަޑީގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ގަރާރުގައިވެ އެވެ.
ގަރާރުގައި ބުނީ އިތުރު ގަޑީގެ ސީލިންއަށް ވުރެ އިތުރަށް މަސައްކަތް ކުރުވަން ޖެހޭ ނަމަ، އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް އޮތުން މުހިއްމު ކަމަށެވެ. އަދި އިތުރު ގަޑީގެ ފައިސާ ދޭ އުސޫލުތައް ވެސް މުރާޖައާ ކުރަން ޖެހޭ ކަމަށް ގަރާރުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދޮރުވެރިޔާ
01 July 2025
ޚަބަރު ރަނގަޅަށް ވިދާޅުވެފަ ކޮމެންޓް ކޮށްލުން މުހިއްމު. ޓީޗަރުންނަކީ އެ ދުވަހެއްގެ ފިލާވަޅުތައް ކުދިންނަށް ނަގައިދީނިންމާފަ ގެއަށް އައިސް އަނެއްދުވަހުގެ މަސައްކަތަށް ތައްޔާރުވާން ޖެހޭ ބައެއް. މާނަޔަކީ އެއީ ނިމޭ މަސައްކަތެއް ނޫނޭ. ގޭގައިވެސް އެ މަސައްކަތް ކުރަން ޖެހޭ. ސިއްހީ ދާއިރާ އަކީ 24 ގަޑިއިރު މަސައްކަތް އޮންނަ ދާއިރާއެއް. އެމީހަކާ ހަވާލުވެފަ އޮންނަ މަސައްކަތުގެ ނުނިންމާ ދޫކޮށްލެވޭނެ ހަމައެއް ނެތް. އަނެއް ދަންފަޅީގެ މީހަކު ސަލާމް ބުނެފީޔާ އެ ޖެހުނީ ޑަބަލް ޑިއުޓީ ހަދަން. ދެން އޯޓީ ނުދީ ވާނީ ކިހިނެއްތޯ?
ފިނިހަކަ ސްޕީޑް
30 June 2025
ކޮމަންޑޫ ދާއިރާގެ މެމްބަރަށް މިކަހަލަ ޤަރާރެއް ކީއްކުރަން މަޖިލީހުގައި އަނގައިން ބަހެއް ބުނަން ނުކެރޭ. އަހަރެމެން ބޭނުންވަނީ ކޮމަންޑޫ ދާއިރާގައިވެސް ކަނޑިތީމް ދާއިރާ އަދި ފުނަދޫ ދާއިރާގެ މެމްބަރުފަދަ ޤާބިލް، ދޫފަރިތަ ކެރޭ ބޭފުޅުން ތިބެން. ވާހަކަ ނުދެކެވޭ ފިނިހަކަ ސްޕީޑްގެ މެމްބަރަކު ބޭނުމެއް ނޫން. އެވާހަކަ ބުނެލަން ވަރަށް ސަލާމް
ތުނޑުހަސަނު
30 June 2025
މީގެ ކުރީގައި ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ލިބޭނީ މުސާރައިގެ ތިންބައިކުޅަ އެއްބަޔެވެ. އެމީހެއްގެ ވަޒީފާގެ ޒިންމާއެއް އަދާކުރުމަށް އިތުރަށް މަސައްކަތްކުރަން ޖެހުމަކީ ރަސްމީ ގަޑިއަށްވުރެ އިތުރަށް ފައިސާ ދޭންޖެހޭކަމެއްބާވައެވެ. ރާއްޖެއަށްވުރެ މުއްސަނދި ގައުމުތަކުގައިވެސް އިތުރުގަޑި ނުދެނީ ކީއްވެބާވައެވެ. ދޭނަމަވެސް ރަސްމީ ގަޑިއަށްވެސް ދޭވަރަށް ދިނުމަށާއި، މުސާރައަށްވުރެ އިތުރަށް ނުދޭން ކަނޑައަޅަންވީއެވެ. އެހެންނޫނީ މިއީ ވައްކަަމަށް ހުޅުވިފަ
ފާނު
30 June 2025
ތިޔައްވުރެ ރީތި ހައްލެއް ރަސްމީގަޑީގެ އިތުރުން އިތުރުގަޑީގެ މަސައްކަތް ނުކުރުވުން... އެކަން ނުވާތީ މައްސަލައަކީ..
މަބުނީ
30 June 2025
އަބަދުވެސް ކޮންމެ ސަރުކާރަކުންވެސް ޓީޗަރުންނާއި ނަރުހުންނާއި ޑޮކްޓަރުންގެ މުސާރައިގެ ކަންކަމުގަ މިއުޅެނީ. އެހެން އޮފީސްތައް މީ ކީއްކުރާ ތަންތަނެއްތަ.
ބަލަ
30 June 2025
އެހެން އޮފީސް ތަކުން ޗުއްޓީ އަށް ދާއިރު މަ މެން ޑުޔުޓީ ވެސް ކުރަމޭ.އެހެން ވީމަ