ގަރާރު ހުށަހެޅުއްވި މެންބަރު އަމީން ފައިސަލް --
23 ޖޫން 2025 - 11:34
ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ނުލިބި، މަސައްކަތް ކުރަން ޖެހޭތީ، އެކަމާ މަޝްވަރާ ކުރަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ކަނޑިތީމް ދާއިރާގެ މެންބަރު އަމީން ފައިސަލެވެ. އޭނާ ހުށަހެޅުއްވި ގަރާރުގައި ބުނީ އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށް ސިއްހީ އަދި ތައުލީމީ ދާއިރާގެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންވެ، އިތުރު ގަޑީގެ ފައިސާ ދޭ އުސޫލުތަކާ މެދު އަދި އެކަމުގައި އަދުލުވެރި މާހައުލެއް ގާއިމްކުރަން މެންބަރުން ދެކޭ ގޮތެއް ބަލަން ބޭނުންވާ ކަމަށް ގަރާރު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވެ އެވެ.
ގަރާރުގައި ބުނީ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުން އިތުރު ގަޑީގެ ފައިސާ ދެވޭނެ އެންމެ މަތީ މިންގަނޑު ހިމެނޭ ސީލިންތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
ޕޭ ފްރޭމްވޯކްގެ އިތުރު ގަޑީގެ ފައިސާއާ ގުޅޭ މިންގަނޑުގައިވާ ގޮތުން އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ދެވޭނެ އެންމެ މަތީ އަދަދަކީ މަގާމުގެ އަސާސީ މުސާރައިގެ 10 ޕަސެންޓެވެ. އެއަށް ވުރެ އިތުރަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ.
ނަމަވެސް، އެ މުވައްޒަފުންނަށް އެއަށް ވުރެ ވެސް އިތުރަށް އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހޭ ކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. ސިއްހީ ދާއިރާގައި މުވައްޒަފުން މަދުވުމުގެ ސަބަބުން އިތުރަށް މަސައްކަތް ކުރަން ޖެހެ އެވެ. އަދި ޓީޗަރުންނާއި ސްކޫލްތައް ހިންގުމުގައި އުޅޭ މީހުން ވެސް އިތުރު ގަޑީގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ގަރާރުގައިވެ އެވެ.
ގަރާރުގައި ބުނީ އިތުރު ގަޑީގެ ސީލިންއަށް ވުރެ އިތުރަށް މަސައްކަތް ކުރުވަން ޖެހޭ ނަމަ، އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް އޮތުން މުހިއްމު ކަމަށެވެ. އަދި އިތުރު ގަޑީގެ ފައިސާ ދޭ އުސޫލުތައް ވެސް މުރާޖައާ ކުރަން ޖެހޭ ކަމަށް ގަރާރުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞޮލްމް
25 June 2025
ޞިއްޙީ ދާއިރާގަ ރަށްރަށުގަ ތިބި ކުރީގެ ކޮމިއުނިޓީ ހެލްތް ވޯކަރުން ކަހަލަ މީހުން މިހާރުވެސް ތިބީ އެތަންތަނުގެ ޒިންމާދާރުންވެރިންނަށް އައްޔަންކޮށްފަ. މިމީހުން ބަލަނީ ފައިސާ ގިނައިން ލިބޭނެ ގޮތަކަށް ތަން ހިންގަން. ސަރުކާރުން އެބަޖެހޭ މިކަން ބަލަން. ޒިންމާދާރު ވެރިންނަށް ލާންޖެހޭނީ އިދާރީ މުވައްޒަފުން. ޓެކްނިކަލް މީހުން ލައިގެން މުޅި ނިޒާމު ގަނޑުބަޑުކޮށްފަ އޮތީ
ޢަަޔމ
23 June 2025
ތިޔަ ދެބާމިޙުންނަށް ދީ ދެންނެތެނު މިގައުމުގަ ބަޔަކު
ގުދުގުދާބެއްޔާ
23 June 2025
މައުޅެނީ ހުޅުމާލެ ހޮސްޕިޓަލްގަ ހަމަ 2 ޖަހާއިރަށް މަސައްކަތް ނިމުނީ! ބޭސިކް މުސާރައިގެ %10ގެ އޯޓީ އެއް ބޭނުމެއްނޫން! 2 ގެ ފަހުން ފިހާރައެއްގަ މަސައްކަތް ކުރާނީ ރޭގަނޑު 11 ޖަހަންދެން 10 ހާސް ލިބޭނެ! ފައިސާ ނުދޭ އޯޓީއަށް ނުވެސް ނެރެވޭނެ! އެއީ ޤާނޫނު ހުއްދަ ކުރާކަމެއްނޫން!
ހާމަ333
23 June 2025
އަޅެ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ ނޫނީ ބައެއް މިގައުމުގަ ވަޒީފާ އަދާނުކުރަނީތަ.. ތިއިން ދާއިރާއެއްގަ ނެތޭ 20000ރ ނުލިބޭ އެކަކުވެސް...ކޯޗެއް މަދުވެގެން މިއުޅެނީ....ރާއްޖޭގަ މަސައްކަތްކުރާ ސިވިލްސާވިސް މުވައްޒަފުންނަށް 7000ރ އެލިބެނީ.... ކޮބާ އިންސާފާއި ހަމަ ހަމަކަން...ކޮންމެ ވަޒީއެއްވެސް މުހިއްމު ގައުމަށް..
ޢިކްލީލް
23 June 2025
އެއް ބަޔަކަށް ހީވަނީ ލާރި ލިބޭލެެއް މަދުވެގެން އުޅޭހެން. ބަލަ ތި ބަންދު ދުވަސްތަކުގަ ގޭގަ އޮންނަން ލިބޭނަމަ މާ ރަނގަޅޭ. އިތުރު މީހުން ނަގައިން އެހެން ހަދާބަލަ. އެކަމު މިބުނަނީ އެދުވަސްތަކުގަ ނެރެންޏާ އެ ދޭން އޮންނަ އެލަވެންސް ދޭށޭ. ސަރުކާރު ބަންދު 20 ދުވަހުގެ ތެރޭން 10 ދުވަސް ނުބަލާ އަހަރެމެންނަށް ބަންދެއް ކަމަށް. އެޔަށް ކިޔަނީ ސަރުކާރު ބަންދު، އަލީއަށް ބަންދު ކާސިމަށް ބަންދެއް ނޫން ކިޔަނީ، އެހެންވީމަ ސަރުކާރު ހުރިހާ މުވައްޒަފުންނަށް ބަންދުވާނެ.
އަލީ ސޮލާހު
23 June 2025
މި ފޮޓޯގައި ކަނޑިތީމު ދާއިރާގެ މެމްބަރު ކައިރީގައި އިން މެމްބަރުގެ މައިކު އިންނަނީ ހަލާކުވެފަތޯ ކޮންމެވެސް މީހަކު އަހާލަދީބަލަ.
ހަގީގަތުގައި
23 June 2025
ކިތައްމީހުންގެ މައިކް ހަލާކުވެފަ އިނީ
މުދައްރިސުން
23 June 2025
ޓީޗަރުން ބަދުނާމު ކުރަންތަ ތި ގަރާރު ހުށަހެޅީ؟ ތިއީ ޓީޗަރުން މެމްބަރަށް ގެންދިޔަ އެއްޗެއް ނޫން. ޓީޗާރސް އެސޯސިއޭޝަންގައި އުޅޭ ފަރުވާކުޑަ ވެރިއަަކާއި، ދެތިން މެމްބަރުން ދާއިރާއަށް ހުތުރު އަރުވަން ކުރާކަމެއް. ތި ތީޗަރސް އެސޯސިއޭޝަނަކީ ވަކި މަގުސަދެއް ހާސިލްކުރަން އަބަދުވެސް މަސައްކަތް ކުރާ ބައެއް. ރަނގަޅަށް ކިޔަވަދިނިއްޔާ މާރަނގަޅެއްނު، ޖީލެއް ހަލާކުވެގެން ގޮއްސި. މެންބަރު އަމީން މަޝްހޫރުވާން ވެގެން ލީ ގަރާރެއްމީ. ޓީޗަރަކަށް ހެޔޮއެދިގެން ނޫން.
އުނބުށޭމު
23 June 2025
އެއްވެސް ލިމިޓެއް ޤާނޫނުގައި ނެތި އަދި ރަސްމީ ގަޑިއަށްވުރެ އިތުރަށް ނުރަސްމީ ގަޑިއަށް ފައިސާ ދޭންޖެހޭގޮތަށް އޮތުމުން ރަސްމީ ގަޑި ހެޔޮގޮތުގައި ބޭނުންނުކޮށް ދިހަ ބާރަހާސް ލިބޭ މީހާ އިތުރުގަޑީގެ ގޮތުގައި ސާޅީސްހާހަށްވުރެ ގިނައިން ހަމައެކަނި އޯޓީއަށް ނަގާފައި އެބަހުއްޓެވެ. ކަމެއް ބަލާނަމަ މިކަންކަންބަލައި ޤާނޫނު އިޞްލާޙުކޮށް ބަލާށެވެ.
ތުނޑުހަސަނު
23 June 2025
އޯޓީއަކީ ނުވަތަ އިތުރުގަޑިއަށް ފައިސާ ދިނުމަކީ ބޮޑުން މިލިޔަނުން ދައުލަތް ލޫޓްވާއިރު ދަށުން މަސައްކަތްކުރާ މީހުންނަށް ދައުލަތް ލޫޓުވަން ހޯދައިދީފައިވާ ފުރުޞަތެކެވެ. ޤާނޫނުގައި ބުނަނީ މަސައްކަތް ކުރުވައިފިނަމަ އިތުރުގަޑީގެ ފައިސާ ދޭންޖެހޭވާހަކައެވެ. އެކަމަކު ކަންހިނގަނީ އެހެންބާވައެވެ. އަނެއް މައްސަލައަކީ އެއްވެސް ލިމިޓެއް ނެތުމެވެ. އިތުރުގަޑީގައި މަސައްކަތް ނުކުރުވުމުގެ މަޤްޞަދުގައި ދޭފައިސާ ރަސްމީގަޑިއަށް ވުރެ އިތުރު ކުރީމާ ކަންވަނީ އެހެންބާއެވެ
މުޖްތަމައު
23 June 2025
މުޖުތަމައުގަ މިނޫނީ ނޫޅެ ވަޒީފާ އަދާކުރާ ބައެއް. ޢަބަދު މި ވާހަކަ ހުރިހައި ބަންދު ތަކެއް ދީފަ، އަދި ރުފިޔާވެސް ގިނަކުރަން