މިދިޔަ ހުކުރު ދުވަހު އެފްއޭއެމުން ބޭއްވި ކޮންގްރެސްގައި އެ އެސޯސިއޭޝަނުގެ ނޯމަލައިޒޭޝަން ކޮމީޓީން، ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
01 ޖުލައި 2025 - 12:18
އެފްއޭއެމްގެ ޒޯން އަދި ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުން އަލަށް ހަވާލުވާ އެކްސްކޯ އަށް މަތިކޮށްފި އެވެ.
އެފްއޭއެމްގެ އާ އަސާސީ ގަވާއިދުގެ ދަށުން ބާއްވާ އިންތިހާބު މި މަހު 26 ގައި އޮންނާނެ އެވެ. އެ އިންތިހާބުން ހޮވޭ އެ އެސޯސިއޭޝަންގެ ރައީސްގެ އެކްސްކޯ އަށް ގިނަ ޒިންމާތަކެއް ވަނީ މަތިކޮށްފަ އެވެ.
އޭގެ ތެރެއިން އެއް ކަމަކީ މިހާރު އަމަލުކުރަމުންދާ ކުޅިވަރު ގާނޫނާ އެއްގޮތަށް ރާއްޖެ ޒޯންތަކަށް ބަހާލައި ސަރަހައްދީ އެސޯސިއޭޝަންތައް ގާއިމު ކުރުމެވެ.
ސަރަހަދީ ފެންވަރުގެ ލީގާއި މުބާރާތް ބާއްވާނެ ގޮތް ކަނޑައެޅުން ވެސް އަލަށް ހޮވޭ އެކްސްކޯއާ، އަސާސީ ގަވާއިދުގެ އިންތިގާލީތަކުން ވަނީ ހަވާލުކޮށްފަ އެވެ.
އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ، އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރާ ޓީމުތަކުން، އަސާސީގަވާއިދުގެ ދަށުން ރާއްޖެ ހަތަރު ޒޯނަކަށް ބަހައި ސަރަހައްދީ އެސޯސިއޭޝަނާއި މުބާރާތްތައް ބާއްވަން ބާރު ލިބޭގޮތަށް ގަވާއިދަށް އިސްލާހު ހުށަހެޅި އެވެ.
އެކަމަކު އަސާސީގަވާއިދުގައި އެ އިސްލާހުތައް ހިމެނުމުގެ ފުރުސަތު ދިނުމަށް ފީފާއިން އިއުތިރާޒު ކުރިކަން މައުލޫމާތު އެނގޭ އޮފިޝަލަކު "މިހާރު" އަށް ބުންޏެވެ.
ރާއްޖެ ނުވަ ޒޯނަކަށް ބަހާލައި ސަބް އެސޯސިއޭޝަންތައް އުފެއްދުމުގެ ބާރު 2016 ގައި ފާސް ކުރި އަސާސީ ގަވާއިދުގެދަށުން އެފްއޭއެމްގެ މައްޗަށް ލާޒިމު ކުރި އެވެ. އެކަމަކު އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯއިން އެކަން ކޮށްފައެއް ނުވެ އެވެ.
އަސާސީގަވާއިދުގެ ދާއިމީ އެއްވެސް މާއްދާއެއްގައި އަތޮޅުތަކަށް ފުރުސަތު ދިނުމުގެ އެއްވެސް މާއްދާއެއް ނެތެވެ. ފުޓްބޯޅަ އާއި އެފްއޭއެމް ރިފޯމް ކުރަން ކެމްޕޭން ކުރާ "ސޭވް އެފްއޭއެމުން" ވަނީ އެ މައްސަލާގައި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ އަށް ފާޑު ކިޔައިފަ އެވެ.
އެ ހަރަކާތުން ބުނީ އަތޮޅުތަކުގެ ޓީމުތަކަށް އެފްއޭއެމްގެ ކޮންގްރެސްގައި ބަސްބުނުމާއި ވޯޓް ލުމުގެ ފުރުސަތު ނުލިބި ރާއްޖޭގެ ފުޓްބޯޅަ އަށް ހަގީގީ ބަދަލެއް ނުގެނެވޭނެ ކަމަށެވެ.
އަތޮޅުތަކުގެ ޓީމުތަކަށް އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓް ލުމުގެ ހައްގު ލިބޭނެ އެއްވެސް މާއްދާއެއް ވެސް އަސާސީގަވާއިދުގައި ނެތެވެ. އާ އަސާސީގަވާއިދުގައި ބުނެފައި ވަނީ އެފްއޭއެމްގެ މެންބަރުންނަކީ މިހާރު މާލެއަށް އެކަނި ބަރޯސާ ވެފައިވާ އެއް ވަނަ ޑިވިޝަނުގެ 10 ކްލަބާއި ދެވަނަ ޑިވިޝަނުގެ 13 ކްލަބް ކަމަށެވެ. އެ އެސޯސިއޭޝަނުގެ ކޮންގްރެސް ތަމްސީލު ކުރުމުގެ ފުރުސަތު ލިބެނީ މެންބަރަކަށް ވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
02 July 2025
ނަމުގެ ކުރިއަށާއި މެދުތެރެ އަދި ފަހަތަށް "ޤައުމީ" ޅައިގެން ކ.މާލޭގައި ހަދާ މިފަދަ އެސޯސިއޭޝަންތަކުގެ އަސާސީޤަވާއިދުގައި ހަމަހަމަކަމާއިއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށްރަށުގެ ކުލަބްތަކަށް ވާދަކުރަން ފުރުސަތު ދީފައި ނުވާނަމަ އެފަދަ ފަރާތްތަކާއި ދެކޮޅަށް ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫސިޓީ ފަދަ އާބާދީބޮޑު ރަށްރަށުން ފިޔަވަޅު އަޅާ ހުރިހާ ދަނޑުތަކެއް ކައުންސިލްގެ ބާރުގެދަށަށް ގެނެސް އެފްއޭއަށް އެއްބާރުލުން ނުދޭނެކަން އިޢުލާން ކުރޭ.
އޮނަރަބްލް އަފީފު ދީދީ
02 July 2025
ޤާނޫނުއަސާސީގައި ކަޑައަޅާ ބަޔާންކޮށްފައިވާ ގޮތަށް ރާއްޖެ އިދާރީ ދާއިރާ ތަކަކަށް ހިންގަން ފުރުސަތު ދިނުމަށާއި، ކުޅިވަރުވެސް އިދާރީ ދާއިރާ ތަކުގެ ދަށަށް ގެންގޮސް ރާއްޖޭގެ މުޅި ނިޒާމް ސެންޓްރަލައިޒް ކޮށްގެން ކ.އަތޮޅު މާލެއަށް ހުރިހާ ވަސީލަތް ތަކެއް ހަމާކޮށްގެން ގެންގުޅެމުން އައި ބޯދާ ވިސްނުން ބަދަލު ކުރުމަށާއި އަދި މިހާރު މުޅިން ނެތިގޮސްފާއިވާ ފުޓްބޯލައިގެ ރޫޙް އަލުން ގެނާއުމަށްޓަކާ ވެސް ފުޓްބޯޅަވެސް ލާމަރުކަޒު ކުރަންޖެހޭ ވަގުތު އަތުވެއްޖެ.
އޮނަރަބްލް އަފީފު ދީދީ
02 July 2025
މިދެންނެވި 3 ރީޖަންގެ މައްޗަށް ފުޓްބޯޅަ ލާމަރުކަޒުކޮށް ރީޖަންތަކަށް ރީޖަނަލް ލީޤް ބޭއްވުމުގެ ބާރުދީފައި، ރީޖަނަލް އެސޯސިއޭޝަން ތަކުގެ ރައީސާއި ޖެނެރަލް ސެކްރެޓަރީ އަދި ރީޖަންގެ އެންމެ މޮޅު 4 ޓީމްގެ މެނޭޖަރާއި ކެޕްޓަނުން ވޯޓް ދީގެން އިންތިޙާބުކުރާ ބަޔަކުތިބޭ National Football Federation އުފައްދައިގެން ނޫނީ، ކ.މާލޭގެ ކަންމަތީ ޤުރޫޕްތަކާއި، ޤަބީލާތަކުގެ އަތްދަށުގައި ރަޙީނު ކޮށްފައި އޮތް ކުޅިވަރު ސަލާމަތްކޮށް އަދި ތިތަނުގެ ޙިޔާނާތްވެސް ނުހުއްޓުވޭނެ.
އޮނަރަބްލް އަފީފު ދީދީ
02 July 2025
ބުނެވިދިޔަ ބަދަލުތަށް ގެނައުމަށްޓަކާ FIFA އާއި AFC ގެ ފަންނީ މާލީއެހީތެރިކަމަށް ކުޅިވަރުގެ ވުޒާރާއިން އެދެންޖެހޭ. އަދި ބަހާލެވޭ 3 ރީޖަންގެތެރޭގައި ހޯމްއަވޭ އުސޫލުން މުބާރާތްތައް ބާއްވަން ރާއްޖޭގެ ބައިނަލްއަޤުވާމީ 3 އެއަރޕޯޓްއޮތް ކ.ހުޅުމާލެ، ހދ ހަނިމާދޫ އަދި އައްޑޫސިޓީގައި ސާފްގޭމްސް ބޭއްވޭވަރުގެ 3 ސްޓޭޑިއަމް ތައްޔާރުކުރުމަށް International Olympic Committee އާއި FIFA ގެ އެހީތެރިކަން ހޯދައި ވަސީލަތްޤާއިމްކޮށް ކުޅިވަރަށް ކުރިއެރުން ހޯދަންޖެހޭ.
ލައިހަމް.
02 July 2025
ސުޕޯޓްސް މިނިސްޓްރީގެ އެޑްވައިޒަރަކަށް އަފީފު ލާޏް މަށަށް ފެނޭ.
ބައްސުބެ
01 July 2025
ބައްސާމު ގަވާއިދާ ޚިލާފަށް ކޮށްފައިވާ ކަން ކަން ރަނގަޅުކުރުމަކީ އަލަށް ހަވާލުވާ ބަޔަކު ކުރަންޖެހޭ ކަމެއް، އެގޮތުން ދެވަނަ ޑިވިޝަނުގައި އޮށްވައި ޕްލޭ އޮފް ކުޅުމަކާއި ނުލައި ބައްސާމު ގޯތި ޓީމު ވެގެން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކުރި ވެލެންސިއާ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުމާއި ބައްސާމުގެ ކަރަޕްސަންތައް ފަޅާއަރުވާލަން އުޅުމުން ސަސްޕެންޑްކޮށް ރެލިގޭޓްކުރި ޓީމުތަކަށް ބަދަލު ދިނުމާއެކު އެޓީމުތައް ޕްރޮމޯޓު ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް
އެހެން
01 July 2025
ބުނަން ތިއޮޅެނީ ނިއު ޕުރޮމޯޓް ކުރާށޭތަ.. ނިއު ވެލެންސިއާ ވިކްޓްރީ އަދި އޯކިޑް އަޔަސް ކުރިން ދަނޑު ފުރޭވަރައް ވަތް މީހުނެއް ދަނޑަކުން ނުފެންނާނެ.. އެކަމް ކޮންމެވެސް ވަރެއް ވާނެ އަތޮޅު ތަކުގެ ޓީމްތައް ކުޅެންޏާ.. އެއީ ދިވެހިން އަތުގަ ފައިސާ ހުރީ އަތޮޅުތެރޭ މީހުން އަތުގަ މާލޭ މީހުންނަކީ ބިކާރި އަތޮޅުތެރޭ މީހުން ދިނީމަ ކައިގެން އޮޅޭ ކައްނެތް ބައެއް