މަރުކަޒީ ބޭންކް އެމްއެމްއޭއަށް މީހަކު ވަންނަނީ: އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ސްކޮލާޝިޕްގެ ފުރުސަތު ވަނީ ހުޅުވާލާފައި. --- ފޮޓޯ: މިހާރު
02 ޖުލައި 2025 - 09:52
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިސްލާމީ މާލީ ދާއިރާއިން ކިޔަވަން 35 ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެމްއޭ އިން ބުނީ އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް އެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ހާއްސަކޮށްގެން "އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް" ތައާރަފްކުރީ މިދިޔަ ފެބްރުއަރީ މަހު ކަމަށެވެ.
1. އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް: އޭގެ ތެރޭގައި ފުލީ ފަންޑެޑް ފަސް ފުރުސަތާއި ޕާޝަލް ޕަންޑިންގެ ފަސް ފުރުސަތު ހިމެނޭ
2. މެލޭޝިއާގެ ޔުނިވަސިޓީގެ އިންސީއީއައިއެފް (އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން ފޯ އިސްލާމިކް ފައިނޭންސް) ޔުނިވާސިޓީން އީއެމްއައިއެފް އިން މައިކްރޯ ސަޓިފިކޭޝަން: ފަސް ފުރުސަތު
3. ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިން އެންޑް ފައިނޭންސް (ސީއެސްއީބީއެފް) ބައި ޔުނިވާސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) މެލޭޝިއާ: 20 ފުރުސަތު
އެ ޕްރޮގްރާމްގެ އަމާޒަކީ މަތީ ފެންވަރުގެ ތައުލީމާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި ސްޕެޝަލައިޒްޑް ޓްރެއިނިން މެދުވެރިކޮށް ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ ކުރިއެރުވުން ކަމަށް އެ އިދާރާއިން ބުންޏެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އާއި ޔުނިވަސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) ގުޅިގެންނެވެ.
އެމްއެމްއޭ އިން ބުނީ، މެލެޝިއާގެ ސެންޓްރަލް ބޭންކް، ބޭންކް ނެގަރާ މެލޭޝިއާއިން ގާއިމްކޮށްފައިވާ އިންސެފް ޔުނިވަސިޓީ އަކީ އިސްލާމިކް ފައިނޭންސްގެ ތައުލީމް ފޯރުކޮށްދިނުމާއި، ދިރާސާާާ ކުރަން ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ މުއައްސަސާއެއް ކަމަށެވެ. އަދި ޔޫއައިއެސް އަކީ އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް އިކޮނޮމިކްސް ގެ ދާއިރާއިން ތައުލީމު ފޯރުކޮށްދިނުމަށް މަޝްހޫރު މެލޭޝިޔާގެ ޔުނިވަސިޓީއެއް ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިރުޝާދުބެ
02 July 2025
ފައިނޭންސް ލިޓަރަސީ އިތުރުކުރުމީ މިހާރު ރާއްޖޭގައިކުރަން މަޖުބޫރުވެފައިވާ ކަމެއް. ފަައިނޭންސް ލިޓަރަސީ ނެތުމުގެ ސަބަބުން އާމްދަނީ ހޯދުމުގައި ގޮންޖެހުންތަކާ ކުރިމަތިވޭ. މަރުކަޒީ ބޭންކުން ޤާބިލްކަން އިތުރުކުރުމަށް މި ކުރާ މަސައްކަތަކީ ބަލައިގަންނަންޖެހޭ ކަމެއް
ޕެލައް
02 July 2025
އެމްއެމްއޭ އިން މަސްވެރިކަމަށް ސްކޮލާޝިޕަށް ހުޅުވާލައިފި ނުލާ ތަ!
އަބްޑޫޅް +
02 July 2025
ޙޫމް. އަހުރެން ތިޔައިގެ ތެޜޭ ގުނާ. ޙިއް!
އަބްޑޫޅް +
02 July 2025
ޙޫމް. އަހުރެން ތިޔައިގެ ތެޜޭ ގުނާ. ޙިއް!