ބިލިއަނަރު އީލޮން މަސްކް ވައިޓް ހައުސްގައި: އޭނާ ވަނީ އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައި. -- ފޮޓޯ: އޭއެފްޕީ
06 ޖުލައި 2025 - 06:00
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކުރީގެ ގާތް އެކުވެރިޔާ އީލޮން މަސްކް އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައި އެކަން އިއްޔެ އިއުލާނުކުރައްވައިފި އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކް ވިދާޅުވީ މިއީ އެމެރިކާގެ ސިޔާސީ މައިދާން "އެއް ޕާޓީއަކަށް" ބިނާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ފެށި މަސައްކަތެއް ކަމަށެވެ.
ޓްރަމްޕު ވެރިކަމަށް ގެނައުމުގެ ކެމްޕެއިނަށް އެންމެ ބޮޑު ހޭދައެއްކޮށް އަދި ޓްރަމްޕު ސަރުކާރުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އުފެއްދި ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝެންސީ (ޑޮޖް) ހިންގެވުމާ ހަވާލުވެ ހުންނެވުމަށް ފަހު މަސްކް ވަކިވީ ޓްރަމްޕާ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުމަށް ފަހުގަ އެވެ.
ޓްރަމްޕު ބޭނުންވި ގޮތަށް މި ހަފްތާގައި ފާސްކުރި ހަރަދުގެ ބިލަކީ އެމެރިކާގެ ދަރަނި އެތައް ގޮތަކުން ބޮޑުވެ ނުރައްކާތެރި އެއްޗަކަށް ވާނެ ކަމަށް މަސްކް ވިދާޅުވެ ވާހަކަ ދައްކަވާފައި ވާއިރު ޓްރަމްޕު ވަނީ މަސްކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުތަކެއް ވެސް ދެއްވައިފަ އެވެ.
މި ބިލު ފާސްކުރުމަށް ވޯޓު ދެއްވި މެންބަރުންނާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެ މަސްކް ކުރިން ވެސް ވާހަކަ ދައްކަވާފައި ވާއިރު އޭނާ އަލަށް އުފެއްދުން "އެމެރިކާ ޕާޓީ" އަކީ ސިޔާސީ އެޖެންޑާ ބަދަލުކުރުމަށް މަސައްކަތްކުރާނެ ޕާޓީ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
"ގައުމު ބަނގުރޫޓުވުމާއި އިސްރާފާއި ރިޝްވަތުގެ ތެރޭގައި އަހަރެމެންގެ ގައުމު އޮތް އިރު އަޅުގަނޑުމެން މި އުޅެނީ އެއް ޕާޓީގެ ވެރިކަމެއްގެ ތެރޭގައި. ޑިމޮކްރަސީއެއްގައެއް ނޫން،" ސްޕޭސް އެކްސް އާއި ޓެސްލާގެ ވެރިޔާ ކަމަށްވާ މަސްކް އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.
"މިއަދު، މިނިވަންކަން އަނބުރާ ހޯދައިދޭން އެމެރިކާ ޕާޓީ އުފައްދައިފިން."
މަސްކް ވަނީ ހުކުރު ދުވަހު ފާހަގަކުރި އެމެރިކާގެ މިނިވަން ދުވަހު، އެއް ޕާޓީ ނުވަތަ ދެ ޕާޓީއެއްގެ ކިބައިން ގައުމަށް މިނިވަންކަން ހޯދައިދޭން ބޭނުންތޯ އަހައި އެކްސްގައި ޕޯލެއް ވެސް ނަގައިފަ އެވެ. އެޔަށް 1.2 މިލިއަން މީހުން ވޯޓު ދީފައި ވާއިރު ގިނަ މީހުން ވޯޓު ދިނީ މަސްކް ވަކާލާތުކުރެއްވި ގޮތަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
06 July 2025
ތިޔަ ޕާޓީއަށް ވައްދަދޭންވީނު. އަދި ޓްރަންޕުގެ ޕްރެޝަރ ބާލާލަދޭތި.
ބެއްޔާގެ ދަރި
06 July 2025
ތި ޕާޓީ އަށް ކިޔަންވީ ޓީ ޕާޓީ
ދޮހޮއްތުބެ
06 July 2025
މައުލޫމާތު ޗެކްކޮއްލަމާ އަދި ޕޭޕަރވޯރކްސް ނުނިންމާ އެހެންވެ ތީ އަދި މިވަގުތާ ޖެހެންދެން ޖަމަލު ފޮޑިއެއް..
ބުރުމާ
06 July 2025
މަސްކު އެބަޖެހޭ ޤާސިމް ކައިރިން ފިލާވަޅު ނަގަން. ޤާސިމުވެސް ތިހެން އުޅެން ފެށީމަ އިނދަޖެހުނީ.
ޖޯޖު ބުސް
06 July 2025
ހޮހޯ މަސްކު ތި އުޅުއްވަނީ 3000 މީހުން ކިރިޔާ ހަމަވާ ސިޔާސީ ޕާރޓީއެއް ހަދާފަ. އީސީ އިން ލާރި ގަނޑު ނަގައިގެން އެލާރިގަނޑަށް އެފްރިކާއަށް ދާން.
ޕޮލިޓިކަލްކޮލިޓިޕަލް
06 July 2025
މާ އިޒުރޭލުވެގަނެގެން އުޅުނު މީހެއް މަސްކަކީ. ނޭނގެ ކޮންބަޔަކު ފަހަތުގައި ތިބެގެން ކަމެއް މަސްކަށް މިހެން ވެގެން މިއުޅެނީ. ބައެއް ވިޔަފާރިވެރިންނަކީ ކަމެއް ހިތުލައިފިތަ، އެކަމެއް ހާސިލު ނުވަނީސް ހަމަ ނިދި ނުލިބޭ ބަޔެއް.
އިބްރަތް
06 July 2025
ކޮންމެ ތަނެއްގައިވެސް މުއްސަނދިން ސިޔާސީވަނީ ކޮންމެހެން ރައްޔިތުންނާ ގައުމަށްޓަކައެއް ނޫން. އެކަމަކު ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އެމީހުންގެ މުއްސަނދިކަން އިތުރުކުރުމަށްޓަކައި. އާދައިގެ ރައްޔިތުން މިތިބެނީ މިފަަދަ މުއްސަނދިންގެ ސިޔާސީ ފޮނިބައިސާ ބެދި، މި މުއްސަނދިންނާއި އާދައިގެ ރައްޔިތުންގެ ފަރަގު އިތުރަށް ބޮޑުކުރަން ނިކުމެ. އެހެނީ، ރައްޔިތުން މިފަދަ ޕާޓީތަކަށް ރަޖިސްޓްރީވެ ނުހަދާނަމަ، ވޯޓް ނުދޭނަމަ މުއްސަނދިންނަށް ސިޔާސީ މަގު ހަނިވާނެ
ލޮލްް
06 July 2025
އެމެރިކާ އާބާދީ 334 މިލިއަން (3 ވަނަ). 200+ ޕާޓީ (މައިގަނޑު 2 ޕާޓީ) އާބާދީގެ 1.3 މިލިއަކަށް ޕާޓީއެއް ރާއްޖެ އާބާދީ 500000+ 9 ޕާޓީ (މައިގަނޑު 2 ޕާޓީ) އާބާދީގެ 55000 އަކަށް ޕާޓީއެއް ދިިވެހިން މިއުޅެނީ ޑިމޮކްރަސީގައި މާކުރީގަ ދޯ އެހެންވީމަ.
މަސްކޭ
06 July 2025
ޑިމޮކްރެޓިކް އޮފް ޓެސްލާ ޕާޓީ
ޑެބީ
06 July 2025
ތިޕާޓީއަށް ޑެބީ ސޮއެކުރާނަން. ޑެބީ ރާއްޖޭގައި އުޅުނަސް ޑެބީ އަތުގައި އޮންނާނެ ގްރީން ކާޑް