06 ޖުލައި 2025 - 16:04
ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ އެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުން ފަސް މަހުން ބާތިލްކޮށް، އެ މަސައްކަތް ކޮށްދޭނެ އާ ބަޔަކު ހޯދަން ތައްޔާރުވެއްޖެ އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހު ހެދި އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން ކަމަށެވެ.
ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އެގްރިމެންޓު ބާތިލްކުރިއަސް އެ ކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ވަނީ ބާތިލްކޮށްފައި. އެއީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން. މިއެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ.
— Adam Shareef Umar (@Adamshareefz) July 6, 2025
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާ އަދި ހެކްސްޓާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ އަލީ ޝަރީފެވެ.
އާދަމް ޝަރީފް ވިދާޅުވީ، މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ ހެދި އެއްބަސްވުން ބާތިލް ކުރުމާ އެކު، އާ ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް މިހާރު ލިބިފައިވާ ކަމަށެވެ. އެ ފޯމުތައް އިވެލުއޭޓުކޮށް ދިވެހި ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އޭރު ވިދާޅުވީ ކައުންސިލްތަކުގެ އާ އިމާރާތް އަޅަން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް، މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެ ކަމެއް ނުކުރެވެ އެވެ.
ތާވަލާ އެއްގޮތަށް ހިނގައްޖެ ނަމަ ދެ އަހަރާ ބައިގެ ތެރޭގައި ކައުންސިލް އިދާރާތައް އިމާރާތްކޮށް ނިމޭނެ މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސަރަފަ
07 July 2025
މިނޫން ވަރެއް މިސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކަށް ނުވޭ
މިމްހާދް
07 July 2025
ކައުންސިލް އިމާރާތް އެޅުމުގެ ކެޕޭސިޓީ ރާއްޖޭގެ ގިނަ ކުންފުނިތަކުގަ ހުންނާނެ. ބޭރުބަޔަކު ލައްވާ މިކަން ކުރުމުގެ ބަދަލުގަ ދިވެހިން ލައްވާ މިކަން ކުރަން ވިސްނީތީ ރަނގަޅު. ކެންސަލްކޮށްފަ ދޭންވީ ގާބިލުކަންހުރި ދިވެހި ކުންފުނިތަކަށް
މިޒުއާމް
07 July 2025
އެމްޑީޕީ ވެރިކަމުގަ ހުރިހާކަމެއް ކުރީ މި އުސޫލުން، ނަސީބެއް އާދަމް ޝަރީފްމެންނަށް ވިސްނިގެން މިކަމުގަ އަވަސް ޑިސިޝަނެއް ނެގިކަން، އެހެންނޫނަމަ ތި ބަދަލު ދިނުމަކުން އަރައެއް ނުގަނެވޭނެ
ވިސާމް މުހައްމަދު
07 July 2025
ކަޑައެޅިގެން މަސައްކަތް ނުކުރެވޭނެކަން އިނގޭ ކުންފުނިތައް އަތުން ޕުރޮޖެކްޓް އަތުލުމަކީ ހަމަ އެންމެ ރަނގަޅުގޮތް
ސަމަދްް
07 July 2025
މިއީ އިބޫގެ ވެރިކަމެއްނަމަ މިހާރު މީގެ ބަދަލުގެ ގޮތުގައި ބިލިއަނުން ތި ކުންފުންޏަށް ދޭންޖެހޭނެ. ސަހާދަތް މިބުނީ
ނިއުމާާ
07 July 2025
މި ސަރުކާރަކުން ބަލާކަށް ނުތިބޭނެ ކަންކަން ބޮއްސުންލާއިރު. އެބަޔަކަށް ނުވަންޏާ އަވަހަށް ފިޔަވަޅުއަޅާނެ.
1ަހަސަނާ
06 July 2025
ތިހުރިހާ ރަށެއް އެއްކޮށްލުމުގެ ބަދަލު، ވަކިވަކިން ގިނަކުންފުނިތަކަކުން ތިމަސައްކަތް ކުރެވޭނެ ގޮތް ހެދުން މާ ރަނގަޅުވާނެ. އޭރުން ގިނަ ކުންފުނިތަކަކަށް ކުރިއެރުން ލިބޭނެ!
ހީހީ ހަލާކުވަނީ
07 July 2025
އަހަރެމެންނަށް އެނގޭ މާކުރިންވެސް ތިކަން ދާނީ ިޔަގޮތަށް ކަން. ރައީސް އާއި މިނިސްޓަރުންނާއި އެކަންޏެއް ނޫން ސިކުޑި ހުންނަނީ، މިހާރު ގިނަ ދިވެހިންނަށް ސީޔާސީ ވެރިން އެނގި ދަސްވެފަ ވަނީ
އަލިބެ..
07 July 2025
އޭރުން ގަޑުކޮށް ކަޓުނަގަން އުދަގޫވާނެ!
ކުދުބެއްޔާ
06 July 2025
ބެއްޔާއަށްހީވަނީ އައްޔަގެ "ހުށައެޅުން" ކުޑަވީހެން
ބޮޑުބެގެ ބެއްޔާ
06 July 2025
ކަޓުގެ މައްސަލަހެން ހީވަނީ ބޮޑަށް.
ޅަތީބީ
06 July 2025
ކަޓު ބަލާ މެލޭޝިޔާއަށް ވަޑައިގެން ވަޒީރަށް ރުހޭ ޖަވާބެއް ނުލިބުނީ ކަމަށް ރަށުތެރޭ އެބަކިޔާ. ވަޒީރުންނާއި ރައީސް އޮފީހުގެ އަރިސް ބޭފުޅުންގެ ފައިސާގެ ކޯޅުމުގެ ތެރެއިން އޮއްސުނު ސަފުހާއެއް. ނިކަން ތެދު ހާމަވާނެ ދުވަހަކަށް (ގިޔާމަތް ދުވަސް) އިންތިޒާރު ކުރަމާ ބަހީ