އެމްއެންޔޫ އިން ބޭއްވި ދަސްވެނިވުން ޖަލްސާއެއްގެ ދަރިވަރުން: ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް މޮރޮކޯގެ 20 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި. -- ފޮޓޯ | މިހާރު
07 ޖުލައި 2025 - 14:55
ކޯހުގެ ހުރިހާ ހަރަދެއް ހިމެނޭހެން މޮރޮކޯގައި ކިޔަވަން 20 ސްކޮލާޝިޕްގެ ފުރުސަތު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ ފުރުސަތު ހުޅުވާލީ ބޭނުން ދާއިރާއަކުން ބެޗްލާސް އާއި މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކޯހުގެ ހުރިހާ ހަރަދެއް އެ ސްކޮލާޝިޕްގައި ލިބޭނެ އެވެ.
- ބެޗްލާސް ޑިގްރީގެ 7 ފުރުސަތު
- މާސްޓާސް ޑިގްރީގެ 8 ފުރުސަތު
- ޕީއެޗްޑީގެ 5 ފުރުސަތު
މި ސްކޮލާޝިޕްގައި ބެޗްލާސް ޑިގްރީއަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންގެ ޝަރުތުތަކުގެ ތެރޭގައި އޯ ލެވެލްގެ ފަސް މާއްދާއިން ސީ އިން މަތިން ފާސްވުމާއި އޭ ލެވެލްގައި ތިން މާއްދާ އިން އީ އިން ފެށިގެން މަތިން ފާސްވެފައިވުމެވެ.
މާސްޓާސް ކޯހަށް އެދޭ ދަރިވަރުން، އެ ކޯހަކާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް އޮންނަން ޖެހެ އެވެ. އަދި ސްކޮލަޝިޕަށް ހުށަހަޅާ ޔުނިވާސިޓީ އަކުން އިތުރު ޝަރުތެއް ހުށަހަޅާ ނަމަ ކުރިމަތިލެވޭނީ، އެ ޝަރުތު ހަމަވާ ދަރިވަރަކަށެވެ. ޕީއެޗްޑީގެ ފުރުސަތަށް ހުށަހެޅޭނީ، ކުރިމަތިލާ ކޯހަކާ ގުޅޭ ގޮތުން މާސްޓާސް ޑިގްރީއެއް އޮތް މީހުންނަށެވެ.
މިނިސްޓްރީން ބުނީ ސްކޮލާޝިފް ބޭނުންވާ ދަރިވަރުން އެޕްލިކޭޝަނާއި އެކުގައި ތައުލީމީ ސެޓިފިކެޓްގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދޭ ލިޔެކިޔުންތައް ހުށަހަޅާނީ އެ މިނިސްޓްރީގެ ފޯޓަލް "މައި އެޑިޔުކޭޝަން" މެދިވެރިކޮށް ކަމަށެވެ.
ސްކޮލާޝިޕަށް އެދި މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުށަހެޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަނަމް
07 July 2025
އިހައްދުވަހު ނޫހުގައިއޮތީ ދިވެހިކުދިން ކިޔަވަނީ ކުދިންނާ އެކަށީގެންނުވާ، ފެންވަރު ދަށް ޔުނިވާސިޓީތަކުން ކަމަށް ދިރާސާއަކުން ދެއްކިވާހަކަ މިހާރު އެއޮތީ އެޑުއިކޭޝަނުން މޮރޮއްކޯގައި ކިޔަަވަން ފުރުސަތުހުޅުވުނުވާހަކަ. ސާރުކާރުން ބޭނުންނުވަނީ ދޯ ދިވެހިކުދިން ދުނިޔޭގެ ނަންމަޝްހޫރު ކޮންޕެޓިޓިވް ޔުނިވާސިޓީ ތަކުގައި ކިޔަވަން ހައްތަހާވެސް ބެލަރޫސް ނޫނީ ޔޫކުރެން ކަހަލަ އަގޮހެޔޮކޮށް ކިޔެވޭތަނަށް ފޮނުވާލެވޭތޯ ބަލަނީ