ފުލުހަކު މާލޭގެ ޓްރެފިކް ބަލަހައްޓަނީ: ކުށުގެ ރެކޯޑު އޮތް 4،000 އަށްވުރެ ގިނަ މީހުން ހުއްޓުވައި މިދިޔަ މަހު ސުވާލުކުރި.-- ފޮޓޯ: މިހާރު
07 ޖުލައި 2025 - 20:11
ކުށުގެ ރެކޯޑު އޮތް 4،000 އަށްވުރެ ގިނަ މީހުން ހުއްޓުވައި މިދިޔަ މަހު ސުވާލުކުރި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 1،037 ގަޑިއިރާއި 48 މިނެޓު ފައިމަގުގައި ފުލުހުން ޕެޓްރޯލުކޮށްފައި ވެ އެވެ.
އެ މުއްދަތުގެ ތެރޭގައި 45،380 ތަނެއް ޗެކްކޮށްފައިވެ އެވެ.
މިދިޔަ މަހު 5،015 މީހުން ހުއްޓުވައި ސުވާލު ކޮށްފައި ވާއިރު އެންމެ ގިނައީ ކުށުގެ ރެކޯޑް އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ތެރެއިން ކުށުގެ ރެކޯޑު ނެތީ އެންމެ 182 މީހުންގެ އެވެ. ބާކީތިބި 4،833 މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ވަނީ ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ދިމާވެ، ޓްރެފިކް ބާރުބޮޑުވާ ވަގުތާއި ގޭންގުތަކުން އުޅޭ ތަންތަނުގައި ފުލުހުންގެ ހަރަކާތްތައް އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގާސިމް
08 July 2025
ހުއްޓުވާ ސުވާލު ކުރަނީ ނިތްކުރިމަތީގަ އަހަރެން މީކުއްކުރާ މީހެކޭ ލިޔެފަ ހުންނަހާ ފަސޭހައިން އެނގޭ މީހުންނާ އެހެންވެ އެލިސްޓް ގަ ކުއްކުރާ މީހުން ގިނައީ. ކޮންމެ މީހަކަށް ފެނުނަސް އެ އެއްޗެހި ވަކިވާނެ.
ހަމްދާ
08 July 2025
ިަމަ ހައިރާންވޭ. ނިސްބަތުން މެކްސިކޯގައި ކުއްވެރިން މާ މަދު.
ރެކޯޑު
08 July 2025
ސަރުކާރުތެރޭގެ އޯޑިޓެއް ހަދާބަލަ. ކިތައް މީހުން ތިޔަ ކުށުގެ ރެކޯޑުން ސަލާމަތް ވޭތޯ. ނޫނީ އަލަށް ކުށުގެ ރެކޯޑުގެ ދަފްތަރަށް އަރުވަން ނުޖެހޭތޯ. ފުލުހުން ހާދަ ކުޅަދާނައޭ. ހުއްޓުވުމުގެ ކުރިން ރެކޯޑު އޮންނަ ކަން އެނގޭ. އެހެން ވީމަތާ ކުށުގެ ރެކޯޑުއޮތް 4000 މީހުން ހުއްޓުވާ ސުވާލުކުރި ވާހަކަ ބުނާނީ.
އަމާނާތް
08 July 2025
މި ސުވާލާ ޖަވާބު ސެސަނެއްތޯ ؟ ނޫނީ ކުށްކުރާމީހުންގެ ޙާލުބަލާ ޕްރޮގުރާމެއްތޯ ؟
ރާއްޖެ.
08 July 2025
“އެ މީހުންގެ ތެރެއިން ކުށުގެ ރެކޯޑު ނެތީ އެންމެ 182 މީހުންގެ އެވެ”. މިއޮތީ ކުރު ގޮތަކަށް ގައުމުގެ މިއަދުގެ ހާލަތު.
ބަބްސް
08 July 2025
" 1،037 ގަޑިއިރާއި 48 މިނެޓު ފައިމަގުގައި ފުލުހުން ޕެޓްރޯލުކޮށްފައި ވެ އެވެ. " ފައިމަގުގަ ޕެޓްރޯލް ކުރުމަކީ ބުރަ އުންދަގޫ ކަމެއް. ދިވެހިން ފުލުހުން އަމަން ބަލަހައްޓަން ކުރަމުންދާ މަސަތްކަތް އަދިވެސް ބަލައިގަންނާކަށްނުވޭތަ.
މަނޫ
08 July 2025
ހަމަ އެކަނި ސުވާލު ކޮށްލީ ތޯ. އެހެން ވިއްޔާ ތީ ބޭކާރު ކަމެއް.
ރައްޔިތުސޮރު
08 July 2025
ކުއްވެރިންނަށް އިންޓަވިއުކުރަންއައި ސަރުކާރެއްތަމިއީ... ރައްޔިތުން ބޭނުންވަނީ ކުއްވެރިން ހިފާހައްޔަރުކޮށް މުޖުތަމައު އަމާންތަނަކަށްްހަދަން އިނގޭބައެއް.
ޕިސް
07 July 2025
މީހުންގެ ތެރެއިން ކުށުގެ ރެކޯޑު ނެތީ އެންމެ 182 މީހުންގެ އެވެ. ބާކީތިބި 4،833 މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ. ގައުމެއް ވާ ނެތް!!
ޑެބީ
07 July 2025
އެހެންވީމަ ގިނަ ދިވެހިންގެ ކުށުގެ ރެކޯޑުއޮތީތާ. ވައްކަމާއި ފޭރުމާއި ސްކޭމްތަކާއި ޑްރަގް މައްސަލަތައް މަދެއްނުވާނެތާ މިހާ ކުށްވެރިން ގިނަ އަދި ކުށްވެރިންނަށް މިހާ މިނިވަންކަމާއެކު ކުށްކުރެވޭ ގައުމެއްގައި.