މަގުމަތީ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން: ވަގަށް ނެގި 69 ސައިކަލު މިދިޔަ މަހު ފުލުހުން ހޯދާފައިވޭ.-- ފޮޓޯ: މިހާރު
07 ޖުލައި 2025 - 19:40
މާލޭގައި ވަގަށް ގެންދިޔަ 69 ސައިކަލު މިދިޔަ މަހު ހޯދި ކަމަށާއި އޭގެ އަގު 3.3 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައި ވަނީ މާލޭގެ ފްރަންޓްލައިން ޕޮލިސިން ޑިޕާޓްމަންޓަކުން މިދިޔަ މަހު ކުރި މަސައްކަތުން ރިވަކާ ކުރެވުނު މުދަލުގެ ރިކޯޑުތައް ހިމަނައިފަ އެވެ.
އޭގައިވާ ގޮތުގައި، ވަގަށް ގެންދިޔަ 69 ސައިކަލެއް ފުލުހުން މިދިޔަ މަހު ހޯދާފައިވެ އެވެ. އަދި އެ ހުރިހާ ސައިކަލެއްގެ އަގު 3،303،429ރ. އަށް އަރަ އެވެ.
ވަގަށް ގެންދިޔަ 29 ފޯނު ވެސް ފުލުހުން ހޯދާފައިވެ އެވެ. އެ ފޯނުތަކުގެ އަގު 202،375ރ. އަށް އަރަ އެވެ.
ފުލުހުން ބުނީ ވަގަށް ގެންދިޔަ 406،098ރ. ގެ ނަގުދު ފައިސާ އާއި 80،400ރ. ގެ އިލެކްޓްރޯނިކް ސަމާނު ވެސް ހޯދާފައިވާ ކަމަށެވެ. އަދި ވަގަށް ގެންދިޔަ 110،263ރ. ގެ އަގުހުރި އެހެނިހެން މުދާ ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބިދޭސީންނާ ގުޅުންހުރި ބައެއް މައްސަލަތަކުގައި ހިފެހެއްޓި މީހުންގެ ތެރެއިން 30 މީހަކު ފުލުހުން ވަނީ މޯލްޑިވްސް އިމިގްރޭޝަންއާ ވެސް ހަވާލުކޮށްފަ އެވެ.
ފުލުހުން ބުނީ މިދިޔަ މަހު 45،380 ތަނެއް ޗެކްކޮށްފައިވާއިރު، 5،015 މީހުން މަގުމަތިން ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުށުގެ ރެކޯޑް އޮތް 4،833 މީހުން ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕްރިްންސިޕަލް ޕޮލިސް
08 July 2025
އަސްލު ސައިކަލު ގެއްލުނީމަ ހޯދަން ކުރާ މަސައްކަތެއް އޮްހެނެއް ހިއެއްނުވޭ ގިަނަފަހަރަށް ސައިކަލު ހޯދަނީ ވެރިފަރާތުން
ޟޭޅީ
08 July 2025
މީ ފުލުހުން ޕުރޮމޯޓް ކުރަން ޖެހި ހަބަރެއްތަ އެއްގޮތަކަށް ވެސް ނެތް ކިތައް ސައިކަލު ތެރެއިން ކަމެއް 69 ހޯދުނީ. ލިޔެފަ އޮތްގޮތުން ހީވަނީ މުޅި ޖުމްލަ ގެއްލުނީވެސް 69 އެއްހެން
ފުލުސް
08 July 2025
މީ ބަޔަކަށް އެއްޗެއް އަންގައި ދިނުމުގެ މަޤްސަދުގަ ޢާއްމު ކުރާ ތަފާސް ހިސާބެއްތަ؟ އެހެން ވިއްޔާ އަދި ރަނގަޅު ކޮށްލަން ޖެހޭ ކަންތައްތައް އެބަ ހުރި އެ ވެސް ރަނގަޅު ކޮށްލާ
ސައިކަލުޗޯރު
08 July 2025
ޓޯޔާރޑުގައިވެސް ހުންނާނެ ގެއްލިފައ ހުރި ސައިކަލު، ވެރިފަރާތަށް ނޭނގި ޓޯ ކުރެވުނީމަ ގެއްލުނީކަމަށް ހަދާފަ ތިބޭނީ. އެތަނަށް މަ ވަނިން ވަރަށް ފަހުން އެތާހުރެ ވީރާނާވަނީ ސައިކަލުތައް، ރަތްދަކަ އަވީގަ. މާލޭގަ ޤަވައިދުން ސައިކަލު ބަހައްޓާފަ އުޅެނަމަ އެފުޞަތު ލިބޭނީ 20 އިންސައްތައަށް، އެހިސާބުން ޕާރކިންފުރޭނެ. ސައިކަލަށް ދިވެހިން ހިފާފައިވާ ފޯރި އެބަޖެހޭ ކުޑަކޮށް ދެވަނަ ވިސނުމަކަށްދާން، މާލޭގެ ގެތައް ހަދަނީ ޕާރކިންއަށް ޖާގަ ލާފަ، ފަހުންވަނީ ޝޮޕަކަށް.
ޗަންޕާޕޫލު
08 July 2025
69 ހަމަވީމަ ހުއްޓާލީ އުތަ؟
ބޮޑުބެގެ ބެއްޔާ
07 July 2025
ފުލުހުންނަކީ މިހާރު ތަފާސްހިސާބު ބަލަހައްޓާ ބައެއް.
ބޮޑޫބެގެ ބެއްޔާގެ ކާފަ
08 July 2025
ފުލުހުން ތިކަން ނުކޮށް އެހެންބަޔަކާ އެކަން ޙަވާލު ކުރަންވީތަ، ބޮއެހަލާކު
އަބުދުއްރަހުމާނުސީދީ
07 July 2025
ކޮބައިބާ ވައްކަން ކުރި ވަގުން. އެބަޔަކު ނެތް ދިމަލެއް ނުވޭ! ދެން ވަގަށް ނެގިކަން އިގެނީ ކިހިނެއް؟
1828
07 July 2025
މިދިޔަ މަހު ސައިކަލް ވަގަށް ނަގައިގެން ކިތައް މައްސަލަ ހުށަހެޅުނު ތޯ؟ އޭރުން އިނގޭނޭ ރޭޓްކޮށްލަން. ދެން ކޮބާ 'ރާއްޖެތެރެ' ފްރަންޓްލައިން ޕޮލިސިން ޑިޕާޓްމަންޓްތަކުން މިދިޔަ މަހު ކުރި މަސައްކަތުން ރިވަކާ ކުރެވުނު މުދަލުގެ ރިކޯޑުތައް؟
ސިފްކާ
07 July 2025
މަގުމަތިން އަގުބޮޑު ކިތައް ސައިކަލް، ކާރު ޓޯކޮށްފަ ގެންގޮސް ހަލާކުކޮށް ނައްތާލި؟ ޢެއީކިތައް މިލިއަން ރުފިޔާ؟ އޭގެ ބަދަލު އަލުން ބަލުން ލޯނު ނަގައިގެން ޑޮލަރު ގަނެގެން ކިތައް ސައިކަލު، ކާރު އެތެރެކުރި؟ އެއީ ކިތައް މިލިއަން ރުފިޔާ؟ ފުލުހުންނަށް އޮވޭ އެތަކެތި ނައްތާނުލައި ވިއްކާލުމުގެ އިޚްތިޔާރު...ކިތައް މިލިއަން ޑޮލަރު ގައުމުން ބޭރުވަނީ އިތުރަށް މީގެ ސަބަބުން؟
ފަލަސް
07 July 2025
ފުލުހުންނަށް އޮވޭ މަގުތައް ބަންދުވެ ނުދުއްވި ނުހިނގުނަސް އެތަކެތި ޓޯވ ނުކޮށް ބެހެއްޓުމުގެ ޢިހްތިޔާރުވެސް
ޢތގ ރޯނު އެދުރު
07 July 2025
ޢޯގަދަ ސަޅި އަދަދެއް