އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް): އައްޑޫގައި ރޯގާ އާއި އިންފްލުއެންޒާ ވަނީ އިތުރުވެފައި.-- ފޮޓޯ: މިހާރު
07 ޖުލައި 2025 - 20:55
އައްޑޫގައި ރޯގާ އާއި އިންފްލުއެންޒާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން މި ދުވަސްވަރު ގިނަވެފައިވާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިރޭ ބުނެފި އެވެ.
އައްޑޫގައި ރޯގާ އާއި އިންފްލުއެންޒާ ވަރަށް ބޮޑަށް އިތުރުވާ ކަމަށް ތަފާސްހިސާބުތަކުން ދެއްކުމުން އާންމުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށް އޭއީއެޗުން މިދިޔަ ބުދަ ދުވަހު ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ.
އޭއީއެޗުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. އިބްރާހިމް ޔާސިރު އަހްމަދު މިރޭ "މިހާރު" އަށް ވިދާޅުވީ އައްޑޫގައި ރޯގާ އާއި އިންފްލުއެންޒާ އިތުރުވުމުން އެ ހޮސްޕިޓަލުގައި ފުލޫ ކްލިނެއް ހުޅުވައިގެން މިހާރު ހިދުމަތް ދެމުން އަންނަ ކަމަށެވެ.
އެކަމަކު، އޭނާ ވިދާޅުވީ ރޯގާ އާއި އިންފްލުއެންޒާ މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
"މި ވަގުތު އެޑްމިޓްކޮށްގެން ހަ މީހަކަށް އަންނަނީ ފަރުވާދެމުން،" އޭނާ ވިދާޅުވި އެވެ.
ރޯގާ އާއި އިންފްލުއެންޒާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވެސް މިހާރު މަޑުމަޑުން ދަށްވަމުން އަންނަކަން ފާހަގަވާ ކަމަށް ޑރ. ޔާސިރު ވިދާޅުވި އެވެ.
ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާއިރު ބަލިމީހާއާ އެކު ވީހާ ވެސް މަދު މީހުން ހޮސްޕިޓަލަށް ދިއުމަށާއި ބަލި މީހުންނަށް ޒިޔާރަތްކުރަން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމަށް އޭއީއެޗް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙަޒްމާ
08 July 2025
ޙައްޖު ނިންމާފައި އަންނަ މީހުން ކަރަންޓީން ކުރަން ޖެހޭ. މި ކަހަލަ ވައިރަލްގެ ސަބަބުން ސިއްހީ ހިދުމަތް ދޭ ފަރާތްތައް ވަރުބަލި ކޮށްލާ. އަދި އާސަންދައަށް ވެސް މީގެ ބުރަ އުފުލަން ޖެހޭ. ހިސާބު ޖަހާލީމާ އުޅޭނެ އާސަންދަ ހަރަދު 9 މިލިއަން ވަރު ފުލޫ ސީޒަނުގައި.
ބަޓަފުލައި
07 July 2025
މިދައުރުގަ ނޫސްތަކުން ފެންނަ އައްޑޫގެ ހަބަރުތައް: ކަރަންޓު ކަނޑައިފި، ކަރަންޓުދީފި، ރޯގާ ފެތުރިއްޖެ، އެކްސިޑެންޓެއް ހިނގައިފި، އުދައަރައިފި، ބޮކިފަތިކޮޅެއްދީފި،... އެހެންވީމާ މިދައުރު ނިމޭއިރު އައްޑޫ އޮންނާނީ ދުބާއީއަށްވުރެ ކުރީގަ.