ވައިޓް ހައުސްގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
08 ޖުލައި 2025 - 05:59
ނޮބެލްގެ ސުލްހައިގެ އިނާމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފަރާތުން ހުށަހަޅައިފި އެވެ.
އެމެރިކާއަށް ކުރާ ދަތުރުގައި ޓްރަމްޕާ ބައްދަލުކޮށް ނަތަންޔާހޫ އެކަން އިއުލާނުކުރުމަށް ފަހު ވަނީ ނޮބެލް އިނާމު ކޮމިޓީއަށް ނަތަންޔާހޫ ފޮނުވި ސިޓީގެ ލިޔުން ޓްރަމްޕަށް ހަދިޔާކޮށްފަ އެވެ.
"މި ވާހަކަ ދައްކަމުން ދާއިރު ވެސް އޭނާ އެ ގެންދަވަނީ ފަހަރަކު ގައުމެއް، ފަހަރަކު ސަރަހައްދަކަށް ސުލްހައިގެ މަސައްކަތް ކުރައްވަމުން،" ވައިޓް ހައުސްގައި އޮތް ރޭގަނޑުގެ ކެއުމެއްގައި ނަތަންޔާހޫ ބުންޏެވެ.
ނޯބެލްގެ ސުލްހައިގެ އިނާމަށް ޓްރަމްޕުގެ ނަން އޭނާގެ ސަޕޯޓަރުންނާއި އޭނާގެ ފިކުރުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެތައް ފަހަރަކު ނޮމިނޭޓްކޮށްފައިވެ އެވެ. އެކަމަކު މި ޝަރަފްވެރި އިނާމު ލިބިފައި ނުވާތީ ޓްރަމްޕް ވަނީ ފާޅުގައި ނުރުހުން ފާޅުކުރައްވައިފަ އެވެ.
ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ މެންބަރުން ވަނީ އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން ސާބިއާ އާއި ކޮސޯވޯއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށް ޓްރަމްޕު ކުރެއްވި މަސައްކަތް، ނޯވޭގެ ނޯބެލް ކޮމިޓީން ބަލައިނުގަތް ކަމަށް ބުނެ ފާޑު ކިޔައިފަ އެވެ.
މީގެ އިތުރުން މިސްރާއި އިތިއޮޕިއާގައި "ސުލްހަ ދެމެހެއްޓުމާއި" އިޒްރޭލާއި އަރަބި ގައުމުތަކުގެ ގުޅުން ގާއިމުކުރުމަށް އަބްރަހަމް އެކޯޑްސް ތަންފީޒުކުރުމުގެ ކްރެޑިޓް ވެސް ދޭންޖެހޭނީ ޓްރަމްޕަށް ކަމަށް އޭނާ ގަބޫލުކުރައްވައި އެ ވާހަކަ ދައްކަވަ އެވެ.
ޓްރަމްޕު ރިޔާސީ ކެމްޕެއިނުގައި އޭނާ އަކީ ސުލްހައި ގާއިމުކުރާ މީހެއް ކަމަށާއި ޔުކްރެއިން އާއި ޣައްޒާގެ މައްސަލަ ވަރަށް އަވަހަށް ހައްލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި އޭނާ އަކީ މަޝްވަރާކުރުމުގެ ހުނަރު ހުރި ބޭފުޅެކެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލޭ
09 July 2025
ޓްރަމްޕް ހުށަހަޅާ ދެން ނަތަންޔާހޫގެ ނަން. ތިޔަ އިނާމެއް ލިބުން އެންމެ ޙައްގު މީހަކީ ނަތަންޔާހޫ. ނަތަންޔާހޫއަކީ ސުލްޙަޔާ އަމަން އަމާންކަން ހޯދަން މީހުން މަރައި ގަތުލު ޢާންމުތައް ހިންގާ މީހެއް.
އަދި ފަށާނެ
09 July 2025
ޓްރަމްޕަށް ތިޔަ އިނާމު ލިބޭތޯ އީރާން ކަންތައް އެހެން އެ ގެންދިއައީ. އިނާމު ދީފިނަމަ ދެން ފެންނާނީ އެހެން މަންޒަރެއްހެން ހީވަނީ
އަހައްމު
08 July 2025
ސުލްޙައިގެ އިނާމަށް މަ ހިޓްލަރުގެ ނަން ހުށަހަޅަން..
ހަހަހަހަ
08 July 2025
ހިޓްލަރުގެ ނަން ނޮބެލް އަށް ހުށައަޅަން ނިންމައިފިން
ޥަންޗޫ
08 July 2025
ގަރުނުގެ ބޮޑު ޖޯކު! ނަތަންޔާހޫ ކަލޭ ރަނގަޅުވީހެ ޓްރަމްޕަށް ސުލްހައިގެ އެވޯޑެއް ދިންނަމަ! ދެން ޓްރަމްޕް ލައްވާ ކަލެއަށްވެސް ހަމަ އެކަހަލަ އެވޯޑެއްދޭނި. ކަލޭމެންތީ ބޯހަމަޖެހޭ ބައެއްނޫން! ނަފްސާނީވެފަ ތިބި ބައެއް!
ކިޔުންތެރިން
08 July 2025
ޓްރަމްޕަށް ސުލްހައިގެ އިނާމް ޙައްްްގެއްނުވާނެ. އިރާނަށް އެމެރިކާއިންދިން ހަމަލާއަކީ އަނިޔާވެރި އަމަލެއް. ޙަގުރާމަކުރީ އިރާންއާ އިސްރާއީލާ...
6މީދު
08 July 2025
ޓްރަމްޕަށް އެކަނި ދިނުން އިންސާފުވެރިއެއް ނޫން. މި ދެމީހުންނަކީވެސް ހަނގުރާމައެއް ކުރި އަދި އެއަށް ހިތްވަރު ދިން ބައެއްވެސް ނޫން. އިތުރު ބަޔަކާ ވާދަވެސް ކުރުމެއް ނެތި މި ދެމީހުންނަށް ދޭން ފެނޭ.
ކަނައްކަ
08 July 2025
ވައިފަށެއް ޖަހާލާ އިނގޭ އެބަ.
ށސ11
08 July 2025
އަދިވެސް ޓްރަންޕަށް މަރުހަބާ ކިޔޭތޯ ބަލާ ވެރިންތައް. ބޮޑެތި މުޖުރިމުންނާ މުޖުރިމު އެމެރިކާއާ ގުޅުންކަނޑާކަށް ނުވޭތަ!!
ބޒވސސ
08 July 2025
އެއް އިބިލީސް އަނެއް އިބިލީސަށް ތައުރީފުކުރުން.