ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: ހުއްދަ ނެތި ބައެއް ފަރާތްތަކުން އޭވިއޭޝަން ސެކިއުރިޓީ ތަމްރީނު ދޭތީ ޑިފެންސް މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި --- ފޮޓޯ/މިހާރު
09 ޖުލައި 2025 - 11:09
އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ހުއްދަ ނުނަގާ އޭވިއޭޝަން ސެކިއުރިޓީ ތަމްރީނުދޭތީ ޑިފެންސް މިނިސްޓްރީން އެކަން ސަމާލުކަމަށް ގެނެސްފި އެވެ.
މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބޭނުންވާ އޭވިއޭޝަން ސެކިއުރިޓީ ތަމްރީނުތައް ދޭ މަރުކަޒުތަކާއި އޭވިއޭޝަން ސެކިއުރިޓީ ތަމްރީނު ޕްރޮގްރާމްތަކާއި ކިޔަވައިދޭ މީހުން ވެސް ޑިފެންސް މިނިސްޓްރީން ހުއްދަ ނަގަން ޖެހެ އެވެ.
ޑިފެންސުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުއްދަ ނުހޯދައި، މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދިނުމުގެ މަސައްކަތް، އެ ދާއިރާގެ ބައެއް މީހުން ކުރަމުން އަންނަކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ އެފަދަ ތަމްރީނުތައް ދިނުމާ ބެހޭ ގޮތުން ހަދާފައިާ އުސޫލާ ހިލާފަށް ހިންގާ ތަމްރީނުތަކުގެ ސެޓްފިކެޓް ގަބޫލު ނުކުރާނެ ކަމަށެވެ.
ހުއްދަ ނެތި ތަމްރީން ދެނީ ކޮން ތަންތަނަކުން ކަމެއް މިނިސްޓްރީގެ އިއުލާނުގައި ބުނެފައެއް ނުވެ އެވެ. ރާއްޖޭގެ ބައެއް ކޮލެޖްތަކުން ވެސް އޭވިއޭޝަން ދާއިރާގެ ބައެއް ކޯސްތައް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުހަންމާ..
11 July 2025
ދެން އެކަން ކުރުމުގެ ހުއްދަ އެހެން ފަރާތްތަކަށްވެސް ދޭންވީތާ.އެވަރުގެ ގާބިލް ކަން ހުރި ބައެއްތޯ އިވަލުއޭޓްކޮށްފަ ނަމަވެސް.ފަސޭހަެިން ކަންކަން ކުރެވޭގޮތަކަށް ހަދައިގެން ކުރެވޭނީވެސް.
އެން ޕީ ޓީ
09 July 2025
ވެލާނާ އަށް ގިނަވެގެން އުޅޭނޭ އެސެޓް ސެކިއުރިޓީ ކިޔާ ބައެއް! އެ މީހުން ގަންނަ ގަޑެއް ތީ! އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތި ހިތުން އެއާރްޕޯޓް ބަލަހައްޓަން! ޓެކްސީ ކިޔު ޕާކިން ޒޯން ބަލަހައްޓާ ލަންޗް ބޮކްސް އުނަގަނޑުގަ އަޅުވައިން
އޭވިއޭޓަރސް
09 July 2025
މީހާ މޮޅަސް އަދި ދެރަޔަސް ތަމްރީނު ދިނުމުގެ މަސައްކަތް ކުރަންވާނީ ހުއްދަ ލިބިގެން. ސިންގަޕޯރ ގައި ކުރަމުންދާ ގޮތް ބެލީމާ ރަގަޅުވާނެ.
މޮޔަ ޝަރީފް
09 July 2025
އެމްއޭސީއެލް ގެ އެސެޓް ސެކުރިޓީ އޭ ކިޔާ މޮޔައިން ތަކެއް އުޅޭނެ އެމީހުން ކުރާ ކަމެއް ތީ
ޑަންޑަން
09 July 2025
ހުއްދަނެތި ކަންކަން ކުރަންޖެހެނީ ކިތައްމެ ރަނގަޅަށް ކަންކަން ކުރާ ބަޔަކު ހުއްދައަށް އެދުނަސް ހުއްދަ ނުދީ، ހަމައެކަނި ތިމާމެންގެ ރައްޓެހިންނާ ތިމާމެންނަށް އެކަނި އެހުއްދަ އޮންނަންޖެހޭކަމަށް ހުއްދަދޭ މީހާ ގަބޫލުކުރާހިސާބުން. މިގޮތަށް ހުއްދަ ލިބޭ މީހުންގެ ފެންވަރު ނުހުންނާތީ މުޅި އިންޑަސްޓްރީގެ ފެންވަރު ދައްވެ، ރަނަގޅަށް ރެގިއުލޭޓު ކުކުރެވި ކޮރަޕްޝަންނަށް މަގުފަހިވޭ. ޑިފެންސުން ހުއްދަ ނަގަންޖެހޭ ހުރިހާ އިނޑަސްޓރީއެއް އޮތީ މިހާލުގަ.
ބެރި
09 July 2025
މީގައި ފަހު ޖަވާބު ދެވެންޖެހޭނީ ޑިފެންސަކަށްވެސް ނޫން. މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް.
ސެކިއުރިޓީ ލެވެލް 2
09 July 2025
ވެގެން އުޅޭ ގޮތެއް ސާފެއްނުވޭ. ހީވަނީ ތިބުނާ ހުއްދަ އޮތް މީހުންނޫން އެހެންބަޔަކު އެކަން ހުއްދައޮތް މީހުންނަށްވުރެ ރަނގަޅަށް ކުރާތީ އެކަމާ މޭކަރާލައިގެން އުޅެނީހެން. ދެން އޮތް ގޮތަކީ ހަމަ އަސްލަށްވެސް ހުއްދަނެތް ބަޔަކު ސްކޭމް ހިންގަނީ. ކޮންމެ ގޮތަކުން ވިޔަސް އޭވިއޭޝަން ސެކިއުރިޓީ ތަމްރީނު ޕްރޮގްރާމެއް މި ރާއްޖެއަކު ހިނގަން ޖެހޭ ގޮތަކަށް ނުހިނގާ. އެއްފަހަރު ކޯހެއް ހެދުނީމަ އެ ނިމުނީއެއްނޫން. ޤަވައިދުން އެ ސްކިލް ފަރިތަނުކުރެވެނީ ނަމަ ބޭކާރުކަމެއް.
ލެވެލް 3
09 July 2025
މިހާރު ޚުތުބާ ކިޔާ މީހުނަށްވުރެން ރީތިކޮށް ކިޔާ މީހުން އެބައުޅޭ އެކަމަކު މޭ ކެރިޔަސް ނުކެރިޔަސް ޚުތުބާ ކިޔަން ޖެހޭނީ ހުއްދަ އޮވެގެން. ބޭބެ ވަގަށް އެކަން ކުރާތީ އެވާހަކަ ދެއްކުން ރީއްޗެއް ނުވާނެ
ޑީފިއެންސް
09 July 2025
ޑިފެންސް މިނިސްޓްރީއިން އަލިފާނުގެ މަސައްކަތް ކުރުމަށް ހުއްދަ ދެނީވެސް އެ މިނިސްޓްރިގެ ކުރިގެ މީހުންނަށް ނޫނީ އެމީހުންގެ ރައްޓެހިންނަށް. ތިކަމުގަވެސް ޑިފެންސުން ގެންގުޅޭނީ ހަމަ.އެއް އުސޫލެއް. ޑިފެންސުގެ ބޭނުމަކީ ކަމުގެ ފެންވަރު ރަނގަޅުކުރުމެއްނޫން. އެމީހުން ބޭނުންވަނީ އެއާއެކު އަންނަ ބާރު އަދި ފައިސާ އެމީހުންގެ ބާރުގެ ދަށުގަ ބާއްވަން.
މިސް
09 July 2025
ހުއްދަނެތް ޔުނިވާސިޓީތަކުގެ ޕީއެޗްޑީ ގަބޫލުކުރާ ގައުމެއްގައި ތިޔަކަހަލަ ކުޑަ ސެޓްފިކެޓްއެއް ގަބޫލު ނުކުރަންޖެހޭ ސަބަބެއްނެތް،