ސްޓެލްކޯގެ ޕެނަލް ބޯޑެއް: އެ ކުންފުނިން އަންނަނީ ހުރިހާ މީޓަރެއް ސްމާޓް މީޓަރަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން. -- ފޮޓޯ: ނިޝާން އަލީ / މިހާރު
09 ޖުލައި 2025 - 12:52
ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް، އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ސްމާޓް މީޓަރަށް ބަދަލުކޮށް ނިމޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯއިން ކަރަންޓު ދެމުން އަންނަ 35 ރަށުގެ ތެރެއިން ސްމާޓް މީޓަރު ހަރުކޮށްފައި މިހާރު ހުރީ ހުޅުމާލެ 2 ގައި އެކަންޏެވެ.
އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ތަނެއްގައި ސްމާޓް މީޓަރު ހަރުކޮށް ތިން އަހަރު ތެރޭ ނިންމަން އިއުލާން ކުރީ މިދިޔަ އަހަރުގެ އޮގަސްޓުގަ އެވެ.
ސްޓެލްކޯގެ ސްމާޓް މީޓަރެއް.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ހިޔާ ފްލެޓްގެ މީޓަރުތަކަށް ސްމާޓް އެޕްލިކޭޝަނެއް ތައާރަފް ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްމާޓް މީޓަރު އެޕްލިކޭޝަނުން އެއް ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ދައްކުވައިދެނީ-- ފޮޓޯ: ސްޓެލްކޯ
"ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާ އެކު ކަސްޓަމަރުންނަށް މީޓަރުގެ މައުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރާ މިންވަރު ވެސް ފެންނަމުންދާނެ،" ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ އެ ހިދުމަތާ އެކު ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިގްތިސާދު ކުރެވި، ކަރަންޓަށް ކުރާ މާލީ ހަރަދު ކުޑަކުރެވުމެވެ.
ސްމާޓް މީޓަރު އެޕްލިކޭޝަނުން ވަކި މުއްދަތެއްގައި ކަރަންޓު ބޭނުންކުރި މިންވަރު ދައްކުވައިދެނީ-- ފޮޓޯ: ސްޓެލްކޯ
ސްމާޓް މީޓަރު އެޕްލިކޭޝަނުން އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ އިތުރުން ސްޓެލްކޯ ކެއާ މެދުވެރިކޮށް ކަސްޓަމާ ސާވިސް މުވައްޒަފުންނާ މުއާމަލާތު ވެސް ކުރެވޭނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަހުމީީ
10 July 2025
ތީ އަނެއްކާ އޮޅުވަލަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް
އަލީ ރަމިޒު
09 July 2025
ތިޔަ މީޓަރު ހަރުކޮއްދެނީ ހިލޭތޯ
ސުން
09 July 2025
ޢެއުޅެނީ މުޅިން އެހެން ކަމަކު.
ތިޔޯ
09 July 2025
މިހާރުގެ މީޓަރު ސްމާޓްކަމުން މިއުޅެނީ ކަރަންޓު ބިލު އަތުނުޖެހިގެން. އަސްލު ބޭނުންވަނީ ތަންކޮޅެއް ގަމާރު މީޓަރެއް.
ޙަސްނާ
09 July 2025
ހުޅުމާލޭ މިގޭގައި ހުރީ ކުރީގެ ބާ މީޓަރު
އަލީމުއްދީން ގަރުބަޗޯ
09 July 2025
މަބުނީ ފްލެޓް ދެނީ ކޮން އިރަކުންތަ. ހާދަ ބޮޑު ކުއްޔެއް ދައްކަ ދައްކައޭ މިތިބެނީ.
ޖުދުނު.
09 July 2025
ފުލެޓް ދިނީމާ އެތަންތަނަށް ފައިސާ ނުދައްކާ މީހުނަށް ފުލެޓް ދޭނެ ކަމެއްނެތް. މިހާރުވެސް 700 މިލިޔަން ރުފިޔާ ފުލެޓް ތަކަސް ނުދައްކާ އެބަހުރި. ކިހާ ބޮޑު ވެއްޖެއް ކަމެއް މިއީ.
ދާގީނާ
09 July 2025
ސްޓެލްކޯއިން އަނެއްކާ އަނެއް ސްކޭމު އަނބުރަނީ. މި މީޓަރުގަ އެމީހުން ބޭނުން އިރަކު ބޭނުން ނަންބަރެއް އެރުވާފަ ބުނާނެ މި މަހު ހޫނު ގަދަވެގެން މީޓާރު ގެ ޓެމްޕަރޭޗާރ މައްޗަށް ދާތީޔޭ ބިލްބޮޑޫވަނީ.. ނަންވާނީ އަބަދުވެސް އަލހާން.
ގޯނި ކަލޯ.
09 July 2025
ފުލެޓް އެހެން ބަޔަކަށް ބޮޑު އަގުގައި ކުއްޔަށް ދީފައި އެތަންތަނަށް ލާރި ނުދައްކާ ގޮތަށް ތިއުލެނީ ކަރަންޓް ބޭނުން ކޮށްފަ ކަރަންޓް ބިލް އޮޅުވާލަނީ އޭ ކިޔާފައި ބިލް ވެސް ނުދައްކަން.
ލަގޭޖް
09 July 2025
ހެޔޮގޮތެއް ނެތް އެއްްގޮތެއްގަވެސް. ސްޓޭލްކޯއިން މަކަރު ހަދަންޏާ މީޓަރު އެނބުރޭ ވަރު ނަމްބަރު އަރާވަރު ބަލަން ކޮންމެ މީޓަރެއް ކައިރީގަ ގޭ މީހަކު ޑިތުޓީ އައް ބަހައްޓަންވީނު. ނޫނީ ގޭގަ އިންޖީނެއް ބަހައްޓަންވީނު.
ގުދުގުދާބެއްޔާ
09 July 2025
ފަހުމީމެން ހީކުރަނީ ދިވެހިންނަކީ ގަމާރު ބައެއްކަމައްތަ؟ ތިޔަ ސްމާޓް މީޓަރ ހަރުކުރާއިރު ބޭނުން އެޖެސްޓްމަންޓް އެއް ގެނެވިދާނެ! ވިއްޔާވަނީ އަގުބޮޑު! ބަލަން ހުރޭ މަބުނާގޮތް ނުވާނެތޯ؟
އެޑްމުންޑޯ
09 July 2025
ދެން ތިޔަ މީޓަރަށް ސްމާރޓް ބިލް ހަދާފައި ނުފޮނުވާތި ،
އެނގޭނެ
09 July 2025
ސްމާޓް މީޓަރު ވަރު ކުރާ ތަންތަނުގެ ބިލު ވަކިން ބޮޑުވޭ. މީޓަރު ތަކުގައި މައްސަލަ އުޅޭ