ޚަބަރު / ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ފަހުމީ ވަކިކޮށް، ޝަމާހު އައްޔަންކޮށްފި

ފަހުމީ (ކ) ގައި އަދި އަލަށް އައްޔަންކުރި ޝަމާހު --- ފޮޓޯ/މިހާރު

07 ސެޕްޓެމްބަރ 2025 - 18:03

77 comments

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ ވަކިކޮށް، އެ މަގާމަށް ޝަމާހް އައްޔަންކުރީ މިއަދު ކަމަށެވެ.

ނަމަވެސް އެ ބަދަލު ގެނައި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެ އެވެ.

ސްޓެލްކޯގައި 25 އަހަރު ހިދުމަތް ކުރެއްވި ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރު ވެރިކަމާ ހަވާލުވެ، ނޮވެމްބަރު 2023 ގަ އެވެ. އޭނާގެ ބަދަލުގައި މިއަދު އެ މަގާމަށް އައްޔަން ކުރެއްވި ޝަމާހު މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން އޭނާ ވަކިކޮށް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރީ މިދިޔަ އަހަރު އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރިއިރު، ދާދި ފަހުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ވަނީ ބަދަލުކޮށްފަ އެވެ.

އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެމްޑީގެ މަގާމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އެމްޑީއަކަށް ހުންނެވި އަލީ ޒުހައިރު ވަނީ އައްޔަންކޮށްފަ އެވެ. އަދި އޭނާގެ ބަދަލުގައި އާރުޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމެވެ.

77 ކޮމެންޓް, 70 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 49%
icon wow icon wow 1%
icon inlove icon inlove 40%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިރާޝް ޖައުފަރު

09 September 2025

ވަރައް ރަނގަޅު ނިންމުމެއް

The name is already taken The name is available. Register?

ފފފފފ

08 September 2025

ވިޔަފާރިތަކަށް ދޭން ހުރި ފައިސާ އަވަހަށް ދެވޭތޯ ބަލާ.

The name is already taken The name is available. Register?

ސަރައްކާލި

08 September 2025

https://mihaaru.com/news/132166 މިކަން މިހާރު ޕީސީބީ ހަދާން ނެތުނީތޯ، ދައުލަތުގެ އެއް ކުންފުނިން މައްސަލަ ޖެހިގެން ވަކިކޮށްލާ މީހާ އަނެއްކާ ދުވަސްކޮޅެއް ފަހުން އަނެއް ކުންފުންޏަށް،

The name is already taken The name is available. Register?

789ހާ

08 September 2025

ކިހިނެތްތޯ އެނގުނީ ވަކިކުރީ މައްސަލަ ޖެހިގެންކަން ނެތެއްނުތޯ އެނގޭކަށް

The name is already taken The name is available. Register?

896589

08 September 2025

ވިޔަފާރިތައް މިހާ ދަށަށް ދާއިރުވެސް ބޮޑެތި ކުންފުނިތަކުން 3 އަހރަށް ކްރެޑިޓަށް މުދާ ނަގައިގެން ތިބޭތީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުއްޓުމަކަށް މިދަނީ.

The name is already taken The name is available. Register?

89898

08 September 2025

ސަރުކާރުގެ ކުންފުނިތަކުން އެމީހުން ފިހާރަތަކުން ނަގާ މުދަލަށް ފައިސާ ނުދީ އެތައް އަހަރެއް ވެގެން ދިއުމަކީ އާދައިގެ ވިޔަފާރިތައް މިހާރު ހުއްޓުމަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ.

The name is already taken The name is available. Register?

ނުއުމާން

08 September 2025

ފަހުމީ ބޭރުކުރަން މާ ލަސްވެއްޖެ. ފަހުމީގެ އިތުބާރު ވަރަށްބޮޑަށް ގެއްލުފަ އޮތީ

The name is already taken The name is available. Register?

ކޮރަލް

08 September 2025

ސްޓެލްކޯއިން ސޯލާ ޕެނެލް ގެނެސް ސޯލާޕެނެލް އަގު ހެޔޮ ކޮށް ވިއްކަން ބޭނުމެއް ނުވާނެ އެވެ. ކަރަންޓް ގެ އަޅުން ނަށް ވަނީ ހަދާފަ އެވެ. ރާއްޖެ އަށް ބޭނުމީ ސޯލާ ޕެނެލް އެވެ. ރަށްރަށުގަ ކުދި ކުދި އާއިލާ ތަކެވެ. އެމީހުންނަށް ކުޑަ ހަރަދަކުން ސޯލާ ހަރު ކުރެވޭނެ އެވެ. އެކަމު އެކަމަށް ހުއްދަ އެއް ނަގަން ވެސް އެތައް މަހެއް ނަގަ އެވެ. ބައެއް ފަހަރު ހުއްދަ ވެސް ނުލިބެ އެވެ. އަމިއްލަ އަށް ސޯލާ ހަރު ކުރަން ހުއްދަ ދޭން ވީ އެވެ.

The name is already taken The name is available. Register?

ކޫކާގެ ކީކީ

08 September 2025

ޕީސީބީއިން ބެލި މައްސަލަޔަށް ކިހިނެއްތަވީ، މިފުކޯގަ ހުއްޓާ؟ ދެން ހީވަނީ ބެންކޮކަށް ދެވޭނޭހެން ދެއްތޮ، ޖަނަރޭޓަރުތައް ބަލައިލަން؟

The name is already taken The name is available. Register?

ދެރަ

08 September 2025

ކެމްޕެއިނަށް ރުފިޔާ ނެގޭނެ ދިމަދިމައަށް ފަސޭހަ ބަދަލުތައް ގެންނަތަން މި ފެންނަނީ، އެޗްޑީސީ... ސްޓެލްކޯ..... އަދިވެސް... އަދިވެސް އިތުރު ބަދަލުތައް ފެންނާނެ ... އަންނަ ކޮންމެ ސަރުކާރަކުން ކޮރަޕްޝަން، އާންމު ރައްޔިތަކަށް ލިބޭ ރަނގަޅެއް ނޯވެ، ސިޔާސީ މީހެއްގެ ހިޔަނީ ގަ އުޅެގެން ނޫނި.... ގެޒެޓް ނުކޮށް އަޑިއަޑިން ފްލެޓް ތަކާ އެއްޗިހި ވިއްކާ ބަހާ ހަދާއިރު.. މި ނޫން ދުވަހަކަށް ބިރުވެތި ކަމެއްވެސް ނެތް

The name is already taken The name is available. Register?

ޓެރިފް

08 September 2025

ޓެރިފް ކުޑަކުރިއޯލަ. ބިލަކުން އެބަދަލެއް ނުފެނޭ. ތިގެނައި ބަދަލުން އެކަންފެންނާނެކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454