ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ބޯޑަށް ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނިޒާމް މިއަދު އައްޔަންކޮށްފި އެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރުމުގެ ކުރިން ނިޒާމު ވަނީ ޕްރޮޖެކްޓް މެނޭޖް ކުރުމާއި އިދާރީ ހިންގުމުގެ ދާއިރާގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. 

ސްޓެލްކޯގެ ބޯޑަށް އާ ބޭފުޅަކު އައްޔަންކޮށްފައި މިވަނީ ރާއްޖޭގެ ބޮޑުބަަކަށް ޔޫޓިލިޓީ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަން އުވާލަން ނިންމައި، އަދި އެ ކުންފުނީގެ މަސަައްކަތްތައް ސްޓެލްކޯއާ ހަވާލުކުރަން ސަރުކާރުން ނިންމާފައި ވަނިކޮށެވެ.