ސްޓެލްކޯގެ އެމްޑީ ފަހުމީ: ދެހާސް ނަވާރަ ވަނަ އަހަރުގެ ފަހުން މާލެ ސަރަހައްދުގައި 50 މެގަވޮޓުގެ ޕަވާ ޕްލާންޓެއް ގާއިމް ކުރެވުނު ނަމަ މި ހާލަތުގައި ކަރަންޓު ކަނޑާލަން ނުޖެހުނީސް ކަމަށް ވިދާޅުވި.
22 އޯގަސްޓް 2025 - 21:05
މާލެ ސަރަހައްދުގެ ޑިމާންޑަށް ބަލާއިރު ކޮންމެ ފަސް އަހަރަކު އިތުރަށް ގާތްގަނޑަކަށް 50 މެގަވޮޓުގެ ކަރަންޓު ބޭނުންވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
ދާއިމީ ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތަކަށް ހުޅުމާލޭގެ 50 މެގަވޮޓުގެ އިންުޖީނުގެ މާދަމާ ހެނދުނު 6-10 އާ ދެމެދު ނިއްވާލަން ނިންމާފައި ވާތީ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އެ އިންޖީނު 2019 ގައި ކޮމިޝަން ކުރި ފަހުން އިތުރު ޕަވަ ޕްލާންޓެއް ގާއިމް ކޮށްފައި ނެތް ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ހުޅުމާލޭގައި މިހާރު ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ބިންގާ އެޅީ 2016 ވަނަ އަހަރު އެވެ. އަދި އެ އިންޖީނުގެ ބޭނުންކުރަން ފެށީ 2019 އިގަ އެވެ.
ފަހުމީ ވިދާޅުވިގޮތުގައި، އޭގެ ފަހުން 50 މެގަވޮޓު އިންޖީނުގެއެއް ގާއިމް ކުރެވުނު ނަމަ ޓެކްނިކަލް މަސައްކަތެއް ކުރަން ޖެހުނަސް ކަރަންޓު ކަނޑާލަން ނުޖެހުނީ އެވެ.
އޭނާ ވިދާޅުވީ، ކަރަންޓު ކަނޑާލަންޖެހޭ ހާލަތަށް ދަނީ ރާވާފައިވާ ގޮތަށް އިތުރު ޕަވާ ޕްލާންޓުތައް ގާއިމް ނުކުރާތީ ކަމަށެވެ.
ޕަވާ ޕްލާންޓެއް އަޅަން ބޭނުންވޭ 100 ނުވަތަ 200 މިލިއަން ޑޮލަރު. އެ ސެކިއު ކުރުމަށްޓަކައި ވެސް ފައިނޭންސިން އިންސްޓިޓިއުޝަން ބަލާ"--- ފަހުމީ
ފަހުމީ ވިދާޅުވީ، މިދިޔަ އަހަރު ވެސް 17 މެގަވޮޓު ކަރަންޓު މާލެ ސަރަހައްދަށް އިތުރު ކުރި ކަމަށާއި އެކަމަކު އެއީ ދާއިމީ ހައްލެއް ނޫން ކަމަށެވެ. އަދި މިހާރު ވެސް މި ސަރުކާރުން މަސައްކަތް ކުރަނީ 100 މެގަވޮޓުގެ އާ ޕަވާޕްލާންޓެއް ގާއިމް ކުރެވޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުގެ ވިސްނުމަކީ މާލެ އާއި ހުޅުމާލޭގައި އާ ޕަވާ ޕްލާންޓެއް ގާއިމް ކުރުމުގެ ބަދަލުގައި ތިލަފުށީގައި އެ ތަން ހެދުން ކަމަށް ފަހުމީ ވިދާޅުވި އެވެ. ނަމަވެސް ތިލަމާލެ ބްރިޖު ވެސް ސަރުކާރުން ވިސްނި ތާރީހަށް ނުނިމުން ފަދަ ކަންކަން ހުރަކަށް ވެފައިވާ ކަމަށް ފަހުމީގެ އިންޓަވިއުގައި ވިދާޅުވި އެވެ.
"އެހެން ނަމަވެސް ކަރަންޓު ކެނޑުމުގެ މައްސަލަ އަށް އަޅުގަނޑުމެން ހައްލެއް ހޯދާނަން މާ ދުރު ނޫން މުސްތަގުބަލެއްގައި،" ފަހުމީ ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު އިގުތިސާދީ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕަވާ ޕްލާންޓެއް އަޅަން ބޭނުންވޭ 100 ނުވަތަ 200 މިލިއަން ޑޮލަރު. އެ ސެކިއު ކުރުމަށްޓަކައި ވެސް ފައިނޭންސިން އިންސްޓިޓިއުޝަން ބަލާ. އެހެންވީމާ އަޅުގަނޑުމެންގެ ހާލަތާއި މި ސަރުކާރު އައި އިރު އޮތް ހާލަތު އެއީ އެންމެންނަށް ވެސް އެނގޭ ހަގީގަތެއް،" އެމްޑީ ވިދާޅުވި އެވެ.
"އެހެންވީމާ ޗެލެންޖެސްތަކުން އަރައިގަނެ ކުރިއަށް ދިއުން އަޅުގަނޑުމެންގެ މަގުސަދަކީ."
މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން ފަހުމީ ވިދާޅުވީ، ދުނިޔޭގެ އެހެން ސިޓީތަކާ ބަލާއިރު ރާއްޖޭގައި އޮންނަނީ "ކޮމަން ގްރިޑް" އެއް ނޫން ކަމަށާއި އެންމެން ބުރަވަނީ ސްޓެލްކޯ އަށް ކަމަށެވެ.
ކަރަންޓާއި ފެނަކީ އަސާސީ ހިދުމަތަކަށް ވާއިރު، ކަރަންޓު ކެނޑޭ މައްސަލައިގެ ކަންބޮޑުވުން އަބަދުވެސް އޮންނަ ކަމަށާއި ކަރަންޓު ކެނޑޭ ވަގުތު ކުޑަކުރަން މަސައްކަތް ކުރައްވާ ކަމަށް ފަހުމީ ވިދާޅުވި އެވެ. ނަމަވެސް ކޮންމެ ކަމެއް ގޮސް ގުޅެނީ ފައިސާއާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ޖޫން 1 އާއި މި މަހުގެ 9 ވަނަ ދުވަހު މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކަރަންޓު ކެނޑިފައިވެ އެވެ. އޭގެ ފަހުން ސްޓެލްކޯ އިން ބުނެފައި ވަނީ މައްސަލަ ދެނެގަނެވިފައިވާ ކަމަށާއި ކަންކަން ހައްލު ކުރަމުން އަންނަ ކަމަށެވެ.
ހުޅުމާލޭގައި ހިންގާ 50 މެގަވޮޓުގެ އިންޖީނުގެ މުހިންމު މަސައްކަތެއް ކުރަން ޖެހޭތީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާގެ އެކި ގަޑިތަކުގައި ކަރަންޓު ކަނޑާއިރު އެކަން ކުރީބައިގައި އެސްއެމްއެސްއަކުން އަންގަމުން ދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެގޮތުން:
● މަސައްކަތް ކުރިއަށްދާ ވަގުތު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން، ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ.
● ހުޅުމާލޭގެ އިންޖީނުގެ ނިއްވާލާނީ މާދަމާގެ ހެނދުނު 6-10 އަށް.
● ހޮސްޕިޓަލްތަކާއި އަދި އެހެނިހެން މުހިންމު ހިދުމަތްތައް ދޭ މުއައްސަސާތައް ނުވަތަ "ކްރިޓިކަލް އިންފްރާސްޓްރަކްޗާ" ތަކުން ކަރަންޓު ނުދާނެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާވެށި
23 August 2025
ކަރަންޓަށް ސަލާން ޖެހުން ހުއްޓުވަދޭށެވެ. ސޯލާ ޕެނަލް ތައް އަގުހެޔޮ ކޮށް ގަނެވޭނެ ގޮތް ހަދައި ދޭސޭވެ. ޒުވާނުން ނަށް ސޯލާ ޕެނަލް ހަރު ކުރަން ދަސް ކޮށްދޭ ކޯސް ތައް ހިންގަ ދޭށެވެ. ރާއްޖެ އަކީ ނުވަދިހަ ޕަސެންޓް އިރުގެ އަލި ލިބޭ ގައުމެކެވެ. ސްޓެލްކޯގެ މުވައްޒަފުން ގިނަ އެވެ. މުސާރަ ބޮޑެވެ. ހަރަދު ބޮޑެވެ. ގިނަ ބަޔަކު ކަރަންޓް ބިލަށް މީހުން ކައިރިން ސަލާން ޖަހަ އެވެ.
ކޮރަލް
23 August 2025
ޔާމީން އަށް ވެރިކަން ދޭން ވީ އެވެ. އޭނަ ކެޔަސް ކުރި ކަމެއް ކޮށްފަ ހުރީ ކުރި އަށް އޮތް 100 އަހަރަށް ބަލައިގެންނެވެ. މިމީހުން ވިސް ނަނީ ކުރިއަށް އޮތް 5 އަހަރަށެވެ. ގިނައިން ލޯން ނެގޭ ވަރަކަށް ގިނައިން ކެވޭނެ އެވެ.
ހަސަން ފޭދޫ
23 August 2025
100 ނުވަތަ 200 މިލިޔަން ޑޮލަރޭ ބުނީމަ އެބަ އިނގޭ މީ އެއްވެސް އެއްޗެއް ބަލާފަ ބުނި އަދަދެއް ނޫންކަން. މިސާލަކަށް 100 ނުވަތަ 110 މިލިޔަން ޑޮަލަރޭ ބުނުން އޯކޯ. 100 މިލިޔަން ޑޮލަރުގެ ވޭރިއޭޝަނެއް ލައިގެން ބުނީމަ އެބަ އިނގޭދެން ކޮންމެސް އެއްޗެއް ބުނެލީ ކަން.
ނާސިދޫ
23 August 2025
ޕަވަރ ޕުލާންޓުތައް އިތުރުކުރުމުގެ ބަދަލުގައި ސޯލާކަހަލަ އެއްޗަކަށް ދިޔުން މާރަނގަޅުވާނެ. އާންމު މީހުންނަށްވެސް ފަސޭހައިން ސޯލާ ސިސްޓަމް ލިބޭނެ ކަހަލަ އިންތިޒާމެއް ހަމަޖެއްސުން މުހިންމު. އިންޖީނުތަކަށް އެންމެ ލޯޑް މިހިފަނީ ހޫނު ގަދަވާ ވަގުތު ކަމަށްބެލެވޭ.މިގޮތުން ބޮޑެތި އިމާރަތްތަށް ހަދާއިރު ކޮންމެވެސް ޕަސަންޓެއް ސޯލާ ޕެނަލް ބޭނުންކުރާ ގޮތަށް ހެދިދާނެ
raajje
23 August 2025
ނާސިދޫ: މާލެ ހުޅުމާލޭގަ ތިކަމެއްނުވާނެ، އަމިއްލަމީހާއަށް ސޯލާއެޅޭކަށްނެތް، އެއީ ހުސްބިމެއްނެތީމަ އަދި ފުރާޅެއްވެސްނެތީމަ، ގެއެއްގަ މިއިންނަނީ އެންމެފުރާޅެއް ނަމަވެސް ގެހުންނާނީ އެތައްބުރިޔަކަށްހަދާފަ، އެންމެފުރާޅެއްގައި ހުރިޔާ ބުރިތަކަށްބޭނުންވާވަރަށް ސޯލާއަޅާނެޖާގައެއްނޯންނާނެ، ސުޓެލްކޯއިން ރައްޔިތުންގެ ހުސްބިންތަކުގައި ސޯލާޕެނަލްއަޅައިގެން އެމީހުންއަމިއްލައަށް ފައިދާނަގަނީ ކަރަންޓުބިލު ކުޑައެއްނުވޭ ޕަސެންޓެއްވެސް
raajje
23 August 2025
ތިހެން ނުކިޔަސް ޖުހާވެސްދަންނާނެދޯ މާލެސަރަހައްދަށް އިތުރުކަރަންޓުބޭނުންވާނެކަން، އެހެންއެވާގޮތަކީ ބިންހިއްކާ އިތުރު ފުލެޓުއަޅާ އިތުރަށް ހުޅުމާލެފޭސް1 އަދި ހުޅުމާލޭ ފޭސް2 އިން ގޯތިދީހަދާއިރު ގިނަގޯތިތަކުގައިވެސް ބުރިބުރިއަށްއިމާރާއްކޮށް ކުއްޔަށްދެމުންދާއިރު އޯވާލޯޑުވެގެންއޮބިނޯވެގެން ކަރަންޓުކަނޑަންޖެހުނީމާނޫނީ ސުޓެލްކޯއަކަށްނޭންގޭތަ މިހެންވާނެކަމެއް އިތުރުކަރަންޓުބޭނުންވާނެކަމެއް؟ ގޮތެއްނެތީމާނޫނީ ހިދުމަތްރަނގަޅުކުރަން އިންވެސްޓުކޮށްގެންނުވޭދޯ؟
އައްލާ ބެއްޔާ
23 August 2025
ބޯ ދަމައިގަންނަން ވެގެން ހަމަނުޖެހޭ ބަހަނާ ތި ދައްކަނީ. މި ނޫނީ މިހެން މާލެއިން ކަރަންޓް ކެނޑޭ ދުވަސްވަރެއް ނުދެކެން. ކުރީސަރުކާރުގައި ވެސް އަދި އޭގެ ކުރީ ސަރުކާރުގައި ވެސް މިވަރަށް ކަރަންޓް ނުކެނޑޭ.
ސްޓެލްކޯ
22 August 2025
ފަހުމީ ވިދާޅުވީ، އެންމެން ބުރަވަނީ ސްޓެލްކޯ އަށް ކަމަށެވެ. ބަލަ މާލޭ ސަރަހައްދުގައި ކަރަންޓްގެ ޚިދުމަތްދެނީ ސްޓެލްކޯއިން އެކަންޏޭ، ދެން އެންމެ ބުރަވާންވެސް ހުރީ ހަމައެކަނި ސްޓެލްކޯދޯ، ފެނަކައިގެ ހެޑްއޮފީސް މާލޭގައި ހުއްޓަސް އެމީހުން ކަރަންޓެއް ނުދޭ، އިންޑިޔާގަ ހުންނަހެން ކޮންމެ ގެއެއްގައިވެސް ކުޑަ ޖަނަރޭޓަރެއް ބަހައްޓަންވީތޯ އަޅުގަނޑުމެންވެސް،