ބައެއް ސަރަހައްދުތަކަށް ދަނީ ކަރަންޓު ދެމުން: ސްޓެލްކޯ

ސްޓެލްކޯގެ މުވައްޒަފަކު ހުޅުމާލެ 1ގެ 50 މެގަވޮޓްގެ އިންޖީނުގޭގައި-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
Last update:
12:52
ކުއްލި ޙަބަރު

ސްޓެލްކޯ އިން ދެންމެ ބުނީ މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް މިހާރު ކަރަންޓު ދެމުން އަންނަ ކަމަށް.

މާލެ އާއި ހުޅުމާލެ އިން އެއްކޮށް ދެންމެ ކަރަންޓު ކެނޑިއްޖެ އެވެ.

މެންދުރު 12 ޖަހާކަންހާއިރު މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑިފައިވީ ނަމަވެސް ސީދާ ސަބަބެއް ސްޓެލްކޯ އިން އަދި ނުބުނެ އެވެ. 

"ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ސްޓެލްކޯ އިން ބުންޏެވެ.

މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނުއިރު ހުޅުމާލެ 1 ގައި ހުންނަ 50 މެގަވޮޓްގެ އާ އިންޖީނުގޭގައި މުހިންމު މަސައްކަތެއް ކުރުމަށް އެ ތަނުގެ އިންޖީނުތައް މިއަދު ހެނދުނު ނިއްވައިލި އެވެ. 

ނަމަވެސް އެ މަސައްކަތް ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލައި ރޭގެ މެންދަމު  3:00 އިން މިއަދުގެ ހެނދުނު 8:00 އާ ހަމައަށް ފުރިހަމަ ކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"މި އަޕްގްރޭޑިން މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީހެއް ކަނޑައެޅުމަށް ފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އެންގިގެންދާނެ،" ހުޅުމާލެ 1 ގެ 50 މެގަވޮޓްގެ އާ އިންޖީނުގޭގެ އަޕްގްރޭޑިންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސްޓެލްކޯ އިން މިއަދު ހެނދުނު ބުނެފައި ވެ އެވެ. 

މާލެ އާއި ހުޅުމާލެ އިން މިދިޔަ އަހަރުގެ ޖޫން އެއްވަނަ ދުވަހު ވެސް އެއްކޮށް ކަރަންޓު ކެނޑުނެވެ. އެ ފަހަރު އަލުން ކަރަންޓު ދެވޭ ވަރުވީ ފަސް ގަޑިއިރު ފަހުންނެވެ.


23 މެއި 2026 ، 12:10
2

އުސްއަލިތައް

ރިއެކްޝަންސް

2 ކޮމެންޓް

2
2
ކުލޮޕް

މިވެސް ދެން ބޮޑުވެެއްޖެ ކަމެއް

5 hrs
2
ޑރ ވާންޗޯ

ހުޅުމާލޭގެ 50 މެގަވަޓްގެ ޖެންސެޓް ނިއްވާލާއިރު ލޯޑްބޮޑުވާގަޑީގަ މެނޭޖުކުރެވޭނެތޯ އެސެސްކުރެވޭވަރުގެ ބަޔަކުވެސް ތިތަނުގަ ނެތީތަ؟.

5 hrs