އއ. މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާ ދިނުމުން މަރުވި އަބްދުއްރަހްމާން އާދަމް.
13 ޖުލައި 2025 - 08:30
އއ. މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ އެ ރަށު އޯކިޑްމާގޭ އަބްދުއްރަހަހުމާން އާދަމް، 65 އެވެ.
ފުލުހުން ބުނީ، އެ މީހާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު ދޭއް ޖަހަން އުޅެނިކޮށް ކަމަށެވެ. މަރުވީ ރޭގެ ފަތިހުގެ ވަގުތެއްގަ އެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން. އަދި މައްސަލައިގެ ތަހުގީގަށް މާލެ އިން ތަހުގީގު ޓީމެއް އެ ރަށަށް ދިނުމަށް ދަތުރު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަގުލާ
13 July 2025
ތިރަށުގަ އުޅޭ ބޭރު މީހުން ޗެކް ކުރަން ފެނޭ
ނުރަބޯ
13 July 2025
ތިޔަ ޖަރީމާ ހިންގާނީ ހަކުރުބޯ މީހުން ފައިސާގެ ބޭނުމުގައި.
ރަމަ
13 July 2025
މިސަރުކާރު އައިފަހުން ގޮތްނޭގޭ ވީނުވީއެއްނޭގޭ އެތައް އެތައް ކުއްލިމަރުތައްދަނީ އިތުރުވަމުން މިއިން އެއްވެސް މަރެއްގެ އިންސާފެއް އަދި މިވީތަނަކަށް ލިބިފައިނުވޭ!
ހަބީބު.
13 July 2025
ފުލުހުންދުވަނީ މާލޭގަ މީހަކު ސެލޫނެއް ހިންގާނަމަ އެތަނައްވަދެ ކުދިންނައް ދައުވަތު ދެމުން އެމީހުންގެ ޕޮލިސްކާޑު ދައްކާފަ އެމީހުން އެދޭކަމެއް ނުކުރާ ބަޔަކައް އަދަބުދީ ޑީޕޯޓު ކުރަމުން ކެފޭތަކުގަ ތިބޭ ބިދޭސީ އަންހެން ކުދިންނައްވެސް ޕިލިހުން އަމަލު ކުރަނީ މިހެން އެއްފަހަރުވެސް ކީއްވާނީ ރައްޔިތުންގެ ވިޔަފާރިތަކައް ޖެއްސުން ނުކޮއް ރައްފުށުގެ ސަލާމަތްތެރިކަމާ ވިޔަފާރިތައް ކޮޅައް ޖެހުމުގަ އުޅުނިއްޔާ ގެސްޓު ހައުސްތަކުގަ ތިބޭ އަންހެންކުދިންނައްވެސް އޮތީ ހަމ
އޮނަރަބްލް އަފީފު ދީދީ
13 July 2025
މީހަކު މަރާލި ޙާދިސާއާއި ގުޅިގެން މީޑިއާ އަށް ޚަބަރު ދެމުން ފުލުހުން ބުނެފައިވަނީ "އެ މީހާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭ ކަމުގެ މައުލޫމާތު ލިބުނީ" ރާގަނޑު ދޭއް ޖަހާކަށް ހާއިރު ކަމަށް. މާނައަކީ ހޮސްޕިޓަލުންވެސް މައްސަލަ ފުލުހުންނަށް ރިޕޯޓް ނުކުރާ ވާހަކަ. އަދި ކ.މާލޭން ރަށް ބަލަހައްޓަން ފުލުހުން ގޮސްތިބިނަމަ އެމީހުނަށްވެސް މިކަމެއް ނޭގޭކަމާއި އަދި ފުލުހުންގެ އިދާރާއަށްވެސް ހަބަރު ލިބުނީ ރަށުތެރޭގައި ހަބަރު އާންމުވެ ފެތުރުނު ފަހުންކަން.
އޮނަރަބްލް އަފީފު ދީދީ
13 July 2025
ކ.މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ފޮނުވާފައިތިބޭ ފުލުހުންނަކީ ވަރަށް ފާޑަކަށް އުޅޭ ބައެއް. އެމީހުން ބަލަހައްޓާނެ އިސްވެރިން އެތަންތާކު ނުތިބޭ. އަދި އެފަދަ މީހަކު ހުރިނަމަ އޭނާވެސް ހިމެނޭގޮތަށް މި އެންމެން ތިބެނީ އެމީހުން އެރަށްރަށަށް އަންނަނީ ޗުއްޓީ ހަދާލަން ކަމަށް ހީކޮށް ޗުއްޓީ މޯޑްގައި. ޕިކުނިކް ދިއުމާއި ފަރުމަސް ބާނައިގެން ބާބެކިއު ހެދުމުގައި މުޅި ރޭގަނޑާއި ދުވާލުގެ ވަގުތުތައް ހޭދަކުރާ ފުލުހުން މިފަދަ ރަށްރަށުގައި މަދެއްނޫން.
އަފީފު ފުއ
13 July 2025
ފުލުހުން ވާހަކަތަ މީގައޮތީ
ޕޮލިސް މީޑިއާ
13 July 2025
ނަމުގެ ކުރިއަށް އަމިއްލަ އަށް އޮނަރަބަލް ލައިގެން މިއުޅޭ ރޯނުއެދުރު އަފީފު ދީދީ އަށް ނޭގޭ ހަމަ އެއްކަމެއްވެސް ނޯވެއޭ ދޯ؟ ތަންކޮޅެއް ކުރިން ފާޑެއްގެ ދަންނަ ނުދަންނަ ރަދީފެއް ފާޅުވެގެން އުޅުނީ އޭނަ އަށް ވެސް ހަމަ ނޭގޭ އެއްވެސް ކަމެއް ނޯވޭ. ތަންތަނުން ވަޒީފާ ދިނީމަ އެތަނެއްގެ ވަސީލަތްތައް ބޭނުންކޮށްގެން ނޫހުގެ އާޓިކަލްތަކަށް ކޮމެންޓް ކުރުން ނޫންކަމެއް އެ ރަދީފް އާއި މި އަފީފު ދީދީ އަކަށް ނޯވޭ
ކިލަނބު
13 July 2025
މާބޮޑަށް އެނގޮފަ މިއޮތި. ނޭނގޭ އެއްކަމެއްވެސް ނެތޭ
އިއްޒަތްތެރި ރައްޔިތު
13 July 2025
ކ. މާލެ އިން ފޮނުވާ މީހުންނަކަށް ނުވޭ.. މިކަން ހައްލުވާނީ އައްޑޫ ސިޓީން ބަޔަކު ފޮނުވޭ ދުވަހަކުން، އެހެން ނޫންތޯ އިއްޒަތްތެރި އޮނަރަބްލް އަފީފް ދީދީ؟
ޖަމާއަތުލް ނޫރު.
13 July 2025
ދީދީގެ ކޮމެންޓަށް ފުލުހުން ހާދަ ވަރަކަށޭ ރިއެކްޓް ކުރަން ފެއްޓީ.
ރަދީފްއޮފިޝަލްގެ ލީގަލް ޓީމް
13 July 2025
ޕޮލިސް މީޑިޔާގެ ނަމުގަ ކޮމެންޓްކުރި ފަރާތުން ދޮގު ނުފެތުރުމަށް ނަސޭހަތްތެރިވަން.
ސުވަދީބް
13 July 2025
މި ފަހުން މިކަހަލަ މަރުތައް އުތުރު ރަށްތަކުގަ ގިނަކަން ފާހަގަ ކުރެވޭ. ޱްރަގް މައްސަލަތައްވެސް އުތުރުގަ އާދަޔާހިލާފަށް ގިނަ. ޒަމާން ބަދަލުވެއްޖެ. އުތުރު މީހުން ތަހުޒީބުގަ ލަސްކަމެއް އުޅޭ ކަމުގެ ހެއްކެއް.
މުރަކަ
13 July 2025
ވޭތުވެދިޔަ ދައުރުގެ މަރުގެ ހާދިސާއެއް ކަމަށްބެލެވެނީ.
ޕިސް
14 July 2025
ކޮންމެ ކަމެއް ސިޔާސީ ނުކޮށްބަލަ!
އަބުދުލް ޤާދިރު
13 July 2025
ޒަކިއްޔާގެ މަރަށް ވީވަރު ނުވިއްޔާ ކިތައްމެހާ ވެސް ރަނގަޅު.
އެކޮއި
13 July 2025
މީގެ ދުވަސްތަކެއްކުރިން ރަށެއްގައި އެކަނިމާއެކަނި އުޅުނު އަންހެނަކު ކަތިލިމަންޒަރު މުޅި ޤައުމު ދެކެފި. އެކަންކުރި ޒުވާނުންގެ ބަހުންނަމަ އެމީހުން އެކަންކުރީ އެ އަންހެންމީހާ ސިހުރުހަދާތީ އެކަމުން މުޅި ޤައުމު ސަލާމަތްކުރުމަށް. އެ ޙާދިސާއާގުޅިގެން އެޅުނު ފިޔަވަޅުތަކެއް އަހަރެމެން ނުދެކެން. އޭގެފަހުން ކުރިމަތިވި ޒަކިއްޔާގެ މައްސަލަ ނިންމާލީ އެއީ އޭނާ އަމިއްލައަށްކުރި ކަމެއްކަމަށް ބުނަމުން. އަނެއްކާ މިވެސް އެފަދަ ކަމެއްބާއޭ ހިތަށްއަރާ.