ހުޅުމާލެ 1 ގައި ހުންނަ ފްލެޓެއްގައި ރޯވި ހާދިސާގައި ގެއްލުންވެފައި.
13 ޖުލައި 2025 - 17:48
ހުޅުމާލެ 1 ގެ ފްލެޓެއްގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު އަލިފާން ރޯވި ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އަލިފާން ރޯވެފައި ވަނީ "ޗައިނާ ފްލެޓް" 94 ގެ ދެ ވަނަ ފްލޯގެ ތިން ވަނަ އެޕާޓްމެންޓުގަ އެވެ. އެ ތަނުގައި ދިރިއުޅުނީ 11 ބިދޭސީންނެވެ. އެންޑީއެމްއޭއިން ބުނީ އެ ހާދިސާއާ ގުޅިގެން ދުމާއި ފެނުގެ އަސަރުކޮށްގެންނާއި އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިގެން ހަތަރު އެޕާޓްމަންޓަކުން މީހުން ހުސްކުރަން ޖެހުނު ކަމަށެވެ. އަދި އެ ތަންތަނުގައި ދިރިއުޅެމުންދިޔަ 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ވެސް ބުންޏެވެ.
އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވާއިރު، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނީ ބިދޭސީން ދިރިއުޅޭ އެތަނުގައި މީގެ ކުރިން ވެސް ދެ ފަހަރަށް އަލިފާން ރޯވި ކަމަށެވެ. އެހެންވެ އެތަން އާންމުންނަށް ބޮޑު ނުރައްކަލަކަށް ވެފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ.
ރޯވި އެޕާޓްމަންޓަށް ވަނީ ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އަދި ސޯޝަލް މީޑިއާގައި އާންމުވި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެންމެ ބޮޑަށް ރޯވެފައި ހުރި ވަގުތު ކުޑަދޮރުން އަލިފާންގަނޑު ބޭރަށް ވެސް ނުކުމެފައި ހުއްޓެވެ.
އެމްއެންޑީއެފުން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި ބަންކް ބެޑް ޖަހައި ގިނަ ބަޔަކަށް ނިދޭ ގޮތަށް ހަދާފައިވާ އެތަނުގައި ރޯވުމުގެ ސަބަބުން ގޮދަޑިތަކާއި އެތަނުގައި ހިފާ ގެންގުޅޭ އެހެން ބައެއް ތަކެތި ވެސް ވަނީ އަނދައިފަ އެވެ. އަދި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަބޫ
14 July 2025
އެ ފްލެޓްގަ 3 ފަހަރު އަލިފާނުގެ ހާދިސާ ހިނގައިފި. އަދިވެސް ވަގުތީ ބޯހިޔާވެހިކަން ދޯ ދޭންވީ. ޑީޕޯޓް ކޮށް ފޮލެޓް ކިއްޔައްދީފަ ހުރި މީހާ އަތުން ތަން އަތުލަންވީ
މަ ބުނީ
13 July 2025
އުޅެވޭނެގޮތެއްނެތުމުން ރައްޔިތުންގެ މާލުން ބޯހިިޔީވެހިކަން ހޯދައި ބިދޭސީންނަށް ކުއްޔަށްދީ ތަކުރާރުކޮށް ދޯވަމުންދާއިރު ފިޔަވަޅެއްނޭޅި އަދި ބިދޭސީންނަށް ބިޔާވެހިކަށްދި މިގާނޫނަކުން ކުރާ ކަމަކަށްވުރެ ވައްތަރީ މާފަންނު ގެސްޓު ހައުސް އަކުން ހިންގާ މަޖާކަމަކާއެވެ.
އޮނަރަބްލް އަފީފު ދީދީ
13 July 2025
ތިޔަ ފުލެޓަށް އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާނަމަ ފުލެޓް އެއްބަސްވުން ބާތިލްކުރަން އެޗްޑީސީގެ ފަރާތުން ކޯޓަށްދިއުން ރަނގަޅު. ތިތަން ލިބުނުފަރާތުން ތިތަނުގައި ދިރިއުޅުމުގެބަދަލުގައި ބިދޭސިބަޔަކަށް ތިތަން ކުއްޔަށްދީގެން އެފައިސާ ކަމުން ދާއިރު ކޯޓުން އެޗްޑީސީގެ ކޮޅަށް މައްސަލަނިންމަން ވަރަށް ފަސޭހަވާނެ. އަދި މިގޮތަށް މައްސަލަ ނިންމައިފިނަމަ މިއީ ތިފަދަ ފުލެޓްތަކުން ނުލިބިހުރި 20 ބިލިޔަނެއްހާ ރުފިޔާ ހޯދަން ލިބޭ ފުރުސަތަކަށް ވާނެ.
އޮނަރަބްލް އަފީފު ދީދީ
13 July 2025
މިމައްސަލަ އެޗްޑީސީގެފަރާތުން ކޯޓަށް ވެއްދުމުގެއިތުރުން ފުލެޓް ޙަވާލުވެފައިވާ ފަރާތާއިދެކޮޅަށް ދައުލަތުންވެސް ދައުވާކުރަންޖެހޭ. އެއީ ދައުލަތުން ދިވެހިންގެ ބޯހިޔާވަހިކަމަށް ތަރައްޤީކުރި ސޯޝަލް ފުލެޓްތަކެއް ބިދޭސިބަޔަކަށް ކުއްޔަށްދިން ދިނުމާއި، އަދި ތަކުރާރުކޮށް އެތައް ފަހަރެއްގެމަތިން މިތަނުގައި އަލިފާން ރޯވުމުގެސަބަބުން އިމާރާތުގައިހުރި އެހެން ފުލެޓްތަކުގެ މީހުނަށް ލިބުނުގެއްލުމާއި އަދި ދައުލަތުން ކުރާން ޖެހުނު ޙަރަދު މިމީހުން އަތުން ހޯދަން.
އޮނަރަބްލް އަފީފު ދީދީ
13 July 2025
ދިވެހިރައްޔިތުންގެ ފުރާނައަށް ގެއްލުންލިބޭފަދަ މިފަދަކަންކަން ތަކުރާރުކޮށް އެއްތަނެއްގައިހިގާނަމަ މިކަމުގައި އިހްމާލުވެފައިވާ ބަޔަކުތިބިނަމަ އެމީހުންހޯދާ މައްސަލަ ތަޙްޤީގުކުރުމަށް ފަހު އެބައެއްގެމައްޗަށް ދައުވާކުރުމަކީ ދައުލަތުގެ ޕްރޮސިކިއުޓާރ ގެ މައްޗަށް ޤާނޫނުން ލާޒިމްކޮށްފައިވާ ކަމެއް. ކީއްވެގެންތޯ މިމައްސަލައިގެތެރެއަށް ބަންޑާރަނައިބް އޮފީހާއި، ޕީޖީ އިން ނުވަންނަނީ؟ ކ.މާލޭމީހުން ވީމަތޯ؟! އިންސާފު ޤާއިމް ކުރުމުގައި ދައުލަގް ވެސް ނުކުޅެދިފައި.
އައްޓަމަސް
13 July 2025
ހާދަ ރަނގަޅުގޮތެކޭ ތީ! ބިދޭސީން ތަންތަން ކުއްޔަށް ހިފައިގެން 3 ފަހަރަށް ތަން ރޯކުރީމައިވެސް އެމީހުންނަށް ބޯހިޔާ ދޭންވީ ދިވެހިންނަށް ކިހާ ނުރައްކާ ބައެއްތީ އެމީހުންނަށް ތަންތަން ކުއްޔަށް ނުދޭންވީ ވެރިމީހާ ދިނަސް ތަނުގައި ތިބިޔަ ނުދޭންވީ
އައްބެ
13 July 2025
ބިދޭސީންގެ ލޭބަރ ކުއާޓަރ ތަކާއި ޕާޓޭންގެ އައްޑާތަކަކީ ނުރައްކާތެރި ހާދިސާތައް ހިންގާގޮތަށް ހުންނަ އާންމު ރައްޔިތުންނަށް ހުރި ބޮޑު ނުރައްކަލެއް. މިއީ އެއްވެސް ސަރުކާރަކަށް ހައްލުކުރެވެންނެތް ކަންކަން. މަށަށް ވެރިކަންލިބުނަސް އެކަންކަމަކީ ހައްލުނުކުރެވޭނެ ކަމެއް. އެއީ ޑިމޮކްރަސީގެ ނިޒާމް ބައްޓަންވެފައިވަނީ ކުށްވެރިންގެ ހައްޤުތައް އެކަނި ހިމާޔަށްކުރެވޭގޮތަށް އަދި ވަލިއްޔުލްއަމްރުގެ އަތްފައި ބަދެވޭގޮތަށް. ވެރިމީހާއަކަށް ބާރެއްނޯވޭ.