ފީނަން ގޮސް އުލެނިކޮށް، ހއ. މާމިގިލިން ނިޔާވި، ރޯޅި، މުހައްމަދު ލޫތު.-- ފޮޓޯ: ކެޑޭޓް އެސޯސިއޭޝަން
15 ޖުލައި 2025 - 18:14
އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ނިޔާވެފައި އޮއްވާ ފެނުނު އެ ރަށު ރޯޅި، މުހައްމަދު ލޫތުގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ހަތަރު ރައްޓެހިންނާއެކު މެންދުރު ފީނަން ގޮސް އުޅެނިކޮށް 15 އަހަރުގެ ލޫތު ގެއްލިގެން ރިޕޯޓު ކުރީ ރޭ 7:00 ހާއިރު އެވެ.
އެ ވަގުތުން ފެށިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި ރަށުގެ އާއްމުން ކުރަމުންދަނިކޮށް ލޫތު ފެނުނީ 9:00ޖަހަން ކައިރިވެފައި ހުއްޓައި، ފީނަން ފޭބި ސަރަހައްދުން މޫދު އަޑިންނެވެ.
އެ ހާދިސާއާ ގުޅިގެން ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ ހިތްދަތި ހަބަރެއް ކަމަށެވެ.
ލޫތުގެ އާއިލާއަށް އެ މަނިކުފާނު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
އުމުރުން 15 އަހަރުގެ ލޫތު ނިޔާވެފައި ވާއިރު މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ވެސް ވަނީ ނިޔާވެފައި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާންޗޯ
16 July 2025
ގެބިގެން މަރުވާމީހުން ވާނީ ޝަހީދުންނައް، އާއިލާ އައ ކެތްތެރިކަން ދެވާށެވެ. ޝަހީދުން ސުވަރުގޭ ގެ އެންމެ މަތީ ދަރަޖަލިބޭ މީހުން.