ހަރަދު ނުދީގެން ފެމިލީ ކޯޓުން ވަނީ ފޮޓޯއާ އެކު ވަނަވަރު އާއްމުކޮށްފައި.
16 ޖުލައި 2025 - 13:22
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ، ފެމިލީ ކޯޓުން ފުރަތަމަ ފަހަރަށް މިއަދު އާއްމުކޮށްފި އެވެ.
އެ ކޯޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އެ ފިރިހެން މީހާގެ ފޮޓޯ އާއްމުކުރީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހުންނަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އެގޮތަށް، އާއްމުކުރި ފުރަތަމަ މީހަކީ ދަފްތަރު ނަމްބަރު 2758، އަހުމަދު އަލީ އެވެ.
ކޯޓުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަރަދު ނުދޭ މައްސަލާގައި މީހެއްގެ ފޮޓޯ އާއްމުކުރިއަސް އެގޮތަށް އެންމެންގެ ފޮޓޯ އާއްމުކުރަން އަދި ނުނިންމާ ކަމަށެވެ.
ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން އެންމެ ފުރަތަމަ ފެށީ، މިދިޔަ އަހަރުގެ ފަހުކޮޅު ހިސާބުގައި ޅ. ހިންނަވަރު ކޯޓުންނެވެ. އޭގެ ފަހުން ހދ. ކުޅުދުއްފުށީ ކޯޓުން ވެސް ވަނީ އެފަދަ މީހުންގެ މައުލޫމާތު ޝާއިއުކުރަން ފަށައިފަ އެވެ.
އެފަދަ މީހުންގެ ވަނަވަރު އާންމުކުރަން 2018 ވަނަ އަހަރު ފެމިލީ ކޯޓުން ނިންމި ނަމަވެސް މިހާތަނަށް އެކަން އޮތީ ތަންފީޒު ނުކޮށެވެ.
ފެމިލީ ކޯޓުން ކުރިން ބުނީ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން ކުރިން ނިންމުމަށް ފަހު، އެކަން މިހާތަނަށް ނުކޮށް އޮތީ ކޯޓަށް އެޅިދާނެ އިހުތިޔާރީ ފިޔަވަޅެއްގެ ގޮތުގައި ގަވާއިދުގައި އެކަން އޮންނާތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަސްވާ
18 July 2025
މިގޮތަށް، މައްސަލަތައް ނުނިންމާ ލަސްކުރާ ފަނޑިޔާރުންގެ ވަނަވަރުވެސް އާންމުކުރަން ފެނޭ.
ސިއްދީގް
17 July 2025
ހަމަ މިފަދައިން ނޭމް އެންޑް ސޭމް: - ފްލެޓް ތަކައް އެއްބަސްވުމާ އެއްގޮތައް ފައިސާ ނުދައްކާ މީހުން. - ޢެޗްޑީސީ ބިންތަކަށް ފައިސާ ނުދައްކާމީހުން. ގައުމު ބިލިޔަނުން ދަރާފަ އޮތްއިރު، ލިބެންޖެހޭ ފައިސާ ނުދައްކާ ހުރުމުގަ ޒިންމާ ކުރުވަންޖެހޭ.
raajje
17 July 2025
ބައެއް މަންމައިން ކުދިންރަނގަޅަކަށްނުބަލާ ދޭލާރިވެސް ހޭދަކުރަނީ އެއިރެއްގައި ކުރަންޖެހޭކަމެއްކުރަން، ކޮންމެހެން ދަރިންނަކަށްނޫން، އަދި ދަރިންބޭނުންކުރަނީ ބައްޕަގެ އަތުންފައިސާހޯދާ ޖެއްސުންކުރުމަށް، މިކަންކަމުގެ ސީދާނޭދެވޭއަސަރުކުރަނީ ކުދިންގެ ކިޔެވުމަށާއިހެދިބޮދުވުމަށް އަދި އުޅުންގޯސްވެ ވިޔާނުދާމަގުން ދިޔުމަށް މަގުފަހިވޭ، ހަރަދުދިނުމާ ބައްދަލުކުރުމާ ދަރިންބެލުމުގެ އުސޫލު ހަރުދަނާކުރަންޖެހޭ، ވަރިވުމަށްފަހު މަންމަގިނަފަހަރުދުވަނީ ފިރިހެނުންފަހަތުން
ޜާވެރިބެެ
17 July 2025
ބައެއް މައިންގެ ވާހަކަ ދައްކައިގެން މައުލޫ އޮޅުވާނުލާ. މިދައްކަނީ ދުނިޔޭގަ ލެއްވިހާ ވާހަކައެއް ނޫން. މިދައްކަނީ ދަރިންހޯދާފަ އަބިމީހާ ވަރިކޮށްފަ ގޮސް ދަރިންނަށް ޙަރަދު ނުދީ އުޅޭ ފިރިހެނުންގެ ވާހަކަ. އެކަހަލަ މީހުންނަށް އިތުރު ކައިވެނި ކުރެވިގެންނުވާނެ. ކޯޓުން ނުވަތަ ކުޑަ ކުދިންގެ ހައްގުތަކާ ބެހޭ އޮފީހުން މޮނިޓަރ ކުރަންވާނެ. ދަރިންނަށް ދޭ ފައިސާ މައިމީހާ ނަހަމަ ގޮތުގަ ބޭނުން ކުރާނަމަ އެކަން ވަކިން ކޯޓަށް ހުށަހަޅާ. މިގޮތަށް އުޅޭ ފިރިހެނުން ކަޑަ!
raajje
17 July 2025
މިދެންވަރަށްވެސްބޭއިންސާފުވެރިގޮތެއްދޯ! ހަރަދުނުދޭ އެތައްބަޔަކު އުޅޭއިރު އެންމެމީހެއްގެ ފޮޓޯޖެހުމަކީ ކޮންއުސޫލަކުން ކޮންހަމަޔަކުން ބަލައިގަނެވޭނެކަމެއްތޯ؟ ހަރަދުނުދޭ އެންމެންގެ ފޮޓޯ ފެންނަ ޕޭޖެއް ނޫސްތަކުގައިވެސް އޮންނަންވީ، އަދި ހަރަދުނުދޭމީހުނަށް ސަރުކާރުންދޭ ހިދުމަތްތައްހޯޑުކުރަންޖެހޭ، ކޯޓުއަމުރާ ހިލާފަށް ހަމަ ހެވިފައުޅެވިގެންނުވާނެދޯ! މީކިހިނެއް ގާނޫނުތަންފީޒުކުރާގައުމެއް؟ ހަރަދުނުދިނަސްއޯކޭވަންޏާ ދޭށޭކިޔާފަކީއްކުރަން ކުރާހުކުމެއް؟
ޗީޓިން
17 July 2025
ވަގު ފިރިން ގެންގުޅޭ އަންހެނުން ވެސް ވަރައް ގިނަ, އެމީހުން ކަންކަން ފަޅާ އަރާގެން ވަރި ކުރީމަ ދަރިންގެ ޚަރަދު ދޭންޖެހޭނީ ވަގު ފިރި. ވަގު ފިރިއަތުން ދަރިންގެ ހަރަދު ހޯދަން ހުށައަޅާ.
ފތނގ
17 July 2025
ދަރި ވާނީ ދަރިއަށް. އެފަކީރު ދެމީހުން ދެމެދު ނުތަޅުވާ..
ތެދުވެރި ސަރުކާރު
17 July 2025
މީނާމީ އަބަދު ޖަލުގައި އޮންނަ މީހެއް މީނާއަށް ކޮން ޚަރަދެއް ދަރިންނަށް ދެވޭނީ އެންމެ މީހެއްތަ ޚަރަދު ނުދީ އެއުޅެނީ
މަގޭދަރި
17 July 2025
އަމިއްލައަށް ދަރި ނުބެލޭ މީހުން ކީއްކުރަންތަ ދަރި ބަލާށޭ ކިޔާފަ ދަރިޔާ ހަވާލުވަނީ، ތިމާޔަށް ތިމާގެ އުފަން ދަރި ނުބެލޭ ވަރު މީހުން ރަނގަޅުވާނީ ދަރި ބަލަން ދަރީގެ ބައްޕަޔާ ހަވާލު ކުރިއްޔާ، އޭރުން ޚަރަދު ނުދީގެން އަނެއްކަމެއްވެގެން އުޅޭކަށް ނުޖެހޭނެ.
raajje
17 July 2025
މަގޭދަރި: ވިސްނުންރަނގަޅެއްނޫން، ދަރިންއެންމެ ފުރިހަމައަށް ރަނގަޅަށްބޭލޭނީ މަންމައަށް އެއީ ގުދުރަތީގާނޫނު، އެއީ މަންމަގެ ތެދުނިޔަތެއްއޮވެގެން އެކަންރަނގަޅަށްކުރާނަމަ، ރާއްޖޭގައިމައްސަލަ ބޮޑުވެގެން މިއުޅެނީ ހަޟާނަތުދިމުމާ، ދަރިންގެކަންކަމާގުޅޭ އެހެން ނިޒާމްތައްފުރިހަމަނޫންވީމަ ތަންފީޒުނުކުރާތީ! އެންމެމޮޅުގޮތަކީވަރިނުވުން، ވަރިވާންޖެހުނަސް ތިމާމެންގެދަރިން ހެޔޮގޮތުގައިބަލާބޮޑުކޮށް ލޯބިދިނުމަކީ ދެމީހުންގެކަމެއްކަން ދަތުން،
ކިމް
16 July 2025
އަސްލު ކަސްޓަޑީ ދޭންވޫ ހަރަދުކޮށް ބެލޭ މީހާޔަށް
މަރިޔަބާ
16 July 2025
ދީނޭ ކިޔާނެކަމެއްނެތް. ފައިސާނަގައިދޭނީ ހުކުމުގައިވާގޮތަށް އޭނާ ވަޒީފާއަދާކުރާތަނަކުން އަދި ދުވަހު މުސާރައަށް އުޅޭކަމުގައިވާނަމަ އޭނާގެ އެކައުންޓުން.
ރާވެރިބެ
16 July 2025
ދަރިންނަށް ޙަރަދު ނުދޭ ބަފައިންނަށް އިތުރު ކައިވެނި ކުރެވިގެން ނުވާނެ. އަދި މިފަދަ މީހުންގެ ފޮޓޯ ޕޯސަޓަރު މަގުމަތީގަ ބަހައްޓަންވީ. ޙަރަދު ނުދެވޭނެ ނަމަ ދަރިން ނުހޯދާނީ އިގިއްޖެ؟
raajje
17 July 2025
މަގޭދަރި: ހޯދަނީކީނޫނޭ ލިބެނީޔޭ ދެންކިހިނެއްހަދާނީ؟ ކުދިންނޭ މޮޔަނުވޭ ތިމައްސަލައަކީ މިރާއްޖޭގައި ހައްލުވާނެމައްސަލައެއްނޫން، ހަރަދުނުދޭއެންމެންގެ ފޮޓޯޖަހަން ނުކެރެނީކީއްވެ؟ އެންމެމީހެއްގެފޮޓޯޖެހީދޯ؟ ކުރިން ކޯޓުން އިސްނަގައިގެން ހަރަދުނުދޭމީހުންގެ ހުކުމް ތަންފީޒުކުރަންފަށާފަ އެކަންހުއްޓާލީކީއްވެ؟ ސަބަބަކީ މަޖިލިސްމެންބަރުންނާ ދެންވެސް މިފަދަ އެތައްބަޔަކު ހިމެނެނީ ދަރިންނަށް ހަރަދުނުދޭ ކެޓަގަރީގަ، މީސީރިއަސްމައްސަލައެއް