ވިއެޓްނަމުގައި މި މަހު ނިމިގެންދިޔަ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގޫރޫޕްގެ މެޗަކަށް ނުކުތުމުގެ ކުރިން ދިވެހި ޓީމު ފޮޓޯއަކަށް ހުއްޓިލައިގެން: ކޮލިފައިން މުބާރާތުގައި ޓީމުގައި މެޑިކަލް ޑޮކްޓަރަކު ނެތް މައްސަލަ ވަނީ ފެންމަތި ވެފަ
20 ޖުލައި 2025 - 13:02
މި މަހު ނިމިގެންދިޔަ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި މެޑިކަލް ޑޮކްޓަރަކު ނެތް މައްސަލަ ފެންމަތިވެއްޖެ އެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނުނު ގުރޫޕް އީ ގެ ކޮލިފައިން ކުރިއަށްގެންދިޔަ ވިއެޓްނާމަށް ޓީމު ދަތުރުކުރި އިރު މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި ޖަހާފައި ވަނީ ޓީމުގެ ފިޒިއޯގެ ނަމަވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ފެންމަތިކުރީ ވިއެޓްނާމްގެ ފުޓްބޯޅަ ފެޑެރޭޝަނުންނެވެ. ޓީމުގެ ފިޒިއޯ އަށް މެޗު ކުރިއަށްދާ ވަގުތު ބެންޗުގައި ނީނދެވޭނެ ކަމަށާއި މެޑިކަލް ޑޮކްޓަރެއްގެ ދައުރު އޭނާ އަށް އަދާ ނުކުރެވޭނެކަމަށް ވިއެޓްނާމްގެ ފުޓްބޯޅަ އިދާރާއިން ޓީމަށް އެންގިކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
އެންމެ ފަހުން އެފްއޭއެމަށް ޖެހުނީ ވިއެޓްނާމުގެ ޑޮކްޓަރަކު ޓީމުގެ މެޑިކަލް މަގާމަށް ހަމަޖައްސާށެވެ.
އިންޓަނޭޝަނަލް މުބާރާތްތަކަށާއި މެޗުތަކަށް ދާއިރު ޕްރޮފޭޝަނަލީ ތަމްރީނު ވެފައިވާ ޑޮކްޓަރެއް ހުންނަން އޭއެފްސީން މިހާރު ލާޒިމު ކުރެ އެވެ. އެކަމަކު މީގެ ކުރިން ވެސް ރާއްޖޭން ޑޮކްޓަރަކު ނުގެންދާ މައްސަލަ ފެންމަތިވެފައި ވެއެވެ.
އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ވިދާޅުވީ، ގައުމީ ޓީމާ އެކު މެޑިކަލަ ޑޮކްޓަރެއް ދަތުރު ކުރަން ހަމަޖެހިފައި އޮތް ކަމަށެވެ. އެކަމަކު އެންމެ ފަހު ވަގުތު އޭނާ އަށް ދަތުރު ކުރެވޭ ގޮތް ނުވީ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އެންމެ ފަހު ވަގަުތު ޑޮކްޓަރަށް ދެވެން ނެތީމަ އަޅުގަނޑުމެން ވަނީ ވިއެޓްނާމްގެ އެފްއޭ އަށް ވެސް އަންގާފަ. އެހެންވެ، (ކޮލިފައިން މުބާރާތަށް) އެ ގައުމުން ޑޮކްޓަރަކު ހަމަޖައްސައި ދިނުމަށް އަޅުގަނޑުމެން ދުރާލައ ވަނީ ދަންނަވާފަ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮލިފައިންގައި ރާއްޖެ ކުޅުނު ތިން މެޗުގައި ޓީމުގެ މެޑިކަލްގެ މަގާމު އަދާކުރަން، ވިއެޓްނާމްގެ ފެޑެރޭޝަން މެދުވެރިކޮށް ހަމަޖެއްސި ޑޮކްޓަރުގެ މުސާރަ އަށް 200 އެއްހާ ޑޮލަރު ހޭދަވާ ކަމަށެވެ. އެ ފައިސާ ހަމަޖައްސާފައި ވަނީ އެފްއޭއެމުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބޫބަކުރު
21 July 2025
50000 ހަކަށް ހާސް ހަރަދުކޮށްފަ ޑޮކްޓަރެއް ގެންދިޔަިމެއްވުރެ 200 ޑޮލަރަށް ތިދިޔަ ތަނުން ޑޮކްޓަރު ހަމަޖެްސުން މާ ރަނގަޅުކަމަށްފެނޭ..؛..
ޑޮކް
21 July 2025
ބަލަ ގައުމީ ޓީމަށް އަރާވަރު މޮޅު ކުޅުންތެރިއަކުނެތޭ މެޑިކަލް ޑޮކްޓަރުންގެ ތެރޭގައި. ޕީއެޗްޑީ ދެތިން މީހަކު އެބައުޅޭ. އެއިންމީހަކު އޯކޭތަ؟
ގގގގ
21 July 2025
ދައުލަތުން ކުރާ މިފަދަ ސޮޕިން ދަތުރުތަކުގަ ކީއްކުރާ ޑރ އެއްތަ ، މީ ބޮޑުވެގެންވާ އިސްރާފެއް
ހުއްޖަތް
20 July 2025
އެހެންވެގެން ތިޓީމް ބަލިވީ
ބައިރަހާ
20 July 2025
ތިތާކަށް ގޮސްގެން ލިބެނީ ކޯންޗެއް؟ ލިބެނީ ކޮންނަމެއް؟
ނަނު
20 July 2025
ކޮބާ ޑަކްޓަރު ޝަކީބު؟
ޤައުމީ ޓީ
20 July 2025
ސޮޕިން ކުރާއިރު އެއްޗެހި އުފުލަން އިތުރު މީހަކު ބޭނުން ވެގެން ތަ؟
ބުރންޗީ
20 July 2025
ޝޮޕިން ކުރާކަށް ކޮންމެހެން މެޑިކަލް ޑޮކްޓަރެއް ޓީމުގަ ހުރުމުގަ ބޭނުމެއް ނެތް.
ޑރ.މޯރާ
20 July 2025
މަ ގޮސްދާނަން