20 ޖުލައި 2025 - 16:18
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ވަކި މިންވަރެއް ޑޮލަރުން ދެމުންދާ އުސޫލު ބަދަލުކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެމްއޭސީއެލް އިން މިއަދު ދޮގުކޮށްފި އެވެ.
އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިގެ އެއްބައި ޑޮލަރުން ދޭގޮތަށް އޮތްގޮތުން އުވާލަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ، އެ ވާހަކަތައް ފަތުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ކުރަމުންދާ ބުރަ މަސައްކަތަށް ހުރަސްއަޅައި މުވައްޒަފުންގެ މެދުގައި އިތުބާރު ގެއްލުވާލުމަށްޓަކައި ކަމަށެވެ.
އެ ބަޔާނުގައި ބުނިގޮތުގައި އެއްވެސް އިރެއްގައި އެފަދަ ކަމެއްގެ މަޝްވަރާއެއް ކޮށްފައެއް ނުވެ އެވެ.
"މީގެ ކުރިން ވެސް މި ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދެމުން އައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއްނެތި ކުރިއަށް އޮތްތަނުގައި ވެސް މި ކުންފުނިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދެމުން ގެންދާނެ...،" އެމްއޭސީއެލް އިން ބުންޏެވެ.
"މުސްތަގުބަލުގައި ވެސް މުސާރަ އާއި އިނާޔަތްތަކަށް އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް މި ކުންފުނިން ނުގެންގުޅޭ ވާހަކަ ދެންނެވީމެވެ."
ރާއްޖޭގެ މައި އެއާޕޯޓު ހިންގާ އެ ކުންފުނިން ބުނީ އެތަނުގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެ ކުންފުނީގެ މުވައްޒަފުން ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ މުވައްޒަފުންގެ ލާބަ އާއި މަންފާއަށް ކަމަށް ބުންޏެވެ.
އެހެންވެ، ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހިދިދަ
21 July 2025
އެހެންޏާ ފަހެ. މަގޭ ޑޮލަރު ވިއްޔަ
ގާނޫނީސުވާލެއް
21 July 2025
ދިވެހިރާއްޖޭގައި ކުރާ އެންމެހައި މުއާމަލާތެއް ކުރަން ވާނީ ދިވެހި ރުފިޔާ އިން ކަމަށް އޮންނަ އިރު ދައުލަތުގެ ވަކި ކުންފުންޏަކުން މުސާރައިގެ ބައެއް ވިޔަސް ޑޮލަރުން ދިނުމަކީ ދިވެހިރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން ހިނގާ ކަމެއް ތޯއެވެ.
ސިސް
21 July 2025
ރާއްޖޭގައި އުޅޭ ބިދޭސީންނަށް މި ޤައުމުގެ ބޭންކުތަކުގައި ބޭނުންވަރަކަށް ޑޮލަރު އެކައުންޓްތައް އޮޕަރޭޓްކުރެވޭ. އެކަމަކު އަހަރެމެންނަށް ބޭރުގައުމުތަކުގައި ޑޮލަރު އެކައުންޓްތައް ނުހުޅުވޭ. މީ ކިހިނެއްވާކަމެއް؟
ބޭއިންސާފު
21 July 2025
ކިތަންމެ ފުނިވަރެެއް ލިބުނަސް އެއަކު ބަރަކާތް ނުހުންނަންޏާ ނުފުދޭނެ އެއީ ހަގީގަތަކީ. ޑޮލަރުފުނި އަގުބޮޑުކޮށް ނިކަމެތިންނަށް މާރުކޮށްގެން މޮޅުތަކެއްވެދާނެ ދުނިޔޭގަ. ސުވަރުގޭގަ ގިނަވާނީ ފަގީރުންކަން އެގެނީ.
މޫސާ ޔައިޝް
21 July 2025
އަސްލުވެސް ނޫޅޭ. އެކަހަލަ މެމޯއެއްވެސް ދައުރެއް ނުވޭ. އަހަންނަކީވެސް މިތާ ސްޓާފެއް
މުހައްމަދު ހަސަން.
21 July 2025
އެމްޑީޕީއިން ކަންކަން އޮޅުވާލަން އުޅުނަސް ހަގީގަތް މިއޮތް ފަޅާއަރަނީ. ދެން ކީކޭ ބުނާނީ؟
ބަޑިތަކުރު
21 July 2025
ތިޔަ ތާނގައި ތިބި މީހުން އެފަދަ ބަދަލެއް ގެންނާކަށް ބޭނުމެއް ނުވާނެއެވެ. ފަހަރެއްގައި ސަރުކާރުން އެފަދަ ވިސްނުމެއް ގެންގުޅެފާނެއެވެ. އޭރުންވެސް މުވައްޒަފުން މެދުވެރިކޮށް އެކަމަށް ހުރަސްއަޅާނެއެވެ. އެހެނީ ތިޔަތާނގައި ފެންނަން ތިބި މީހުންނަށްވެސް ޑޮލަރު މާރުކޮށްގެން އަސްލު މުސާރައަށްވުރެ ބޮޑު އެއްޗެއް ނެގޭނީ ޑޮލަރުން ބައެއްނަމަވެސް ލިބިގެންތާއެވެ. މީ ދިވެހިންނެވެ. ދަހިވެތިކަމާއި އަމިއްލަ އެދުން ބޮޑުކަމުން މިތާނގެ އެއްވެސްކަމެއް ރަނގަޅަކަށް ނުދާނެއެ
ކޮބާ އިންސާފު؟
20 July 2025
މިއީ ސަރުކާރު 100% ހިއްސާވާކުންފުންޏެއް. ހުރިހާ އާމަދަނީއަކީ ދައުލަތުގެ އާމްދަނީ! މި މީހުންނަށް ޑޮލަރުން މުސާރަ ލިބެންޏާ ސިވިލް ސަރވިސްއަށްވެސް މުސާރަ ދޭންވާނީ ޑޮލަރުން!
ޟަމީރު
20 July 2025
ށސިވިލް ސާވިސް އުވާލަންވީ، ބޭކާރު ބައެއް، ހަމަ ހިހޫ ތަނުން ކާލައިގެން އުޅެނީ ގިނަ މީހުން،. ށސިވިލްސާވިސްގެ ތިންބައިކުޅަ ދެބައި ކަޑާލިޔަސް ފަންކްޝަން ކުރާނެ
އާދަނުބެ
21 July 2025
ސިވިލް ސާރވިސް އިން އިންކަމު ހޯދަނީ ޑޮލަރުންތަ؟ އިންސާފަކީ ކޮންއެއްޗެއްކަން ވެސް އިނގޭބާ؟
ބީވާ
20 July 2025
ްެއެމް އޭސީއެލްގެ އާމްދަނީގެ 99 ޕްސަންޓަކީ ޑޮލަރ، މުވައްޒަފުން ކުންފުނިން ޑޮލަރ ގަންނަނީ މުސާރައިގެ 2 ބައިކުޅަ އެއްބަޔަށް. ކޮބާ މައްސަލައަކީ މިގަ
އެންމެން ހެޕީ
20 July 2025
މިނިސްޓުރީ އޮފް ގައުމިއްޔަތު ކީކޭ ބުނީ.