އިޒްރޭލުން ދިން ހަމަލާއެއްގައި އީރާނުން ގެއްލުން ވެފައިވާ ސަރަހައްދެއްގައި އެހީގެ ޓީމުތައް ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ
21 ޖުލައި 2025 - 05:57
އިޒްރޭލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމާގައި އިޒްރޭލުން ހަމަލާދީ ގެއްލުންދިން ވައިގެ ދިފާއީ ނިޒާމު މިހާރު ބަދަލުކޮށްފައިވާ ކަމަށް އީރާން ސިފައިންގެ އިސް ޖެނެރަލަކާ ހަވާލާދީ ދައުލަތުގެ މީޑިއާއިން އިއްޔެ ބުނެފި އެވެ.
މިދިޔަ މަހުގެ މެދުތެރޭގައި އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާތަކުގައި ވައިގެ ދިފާއީ ނިޒާމާއި ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް ގެއްލުން ދިނެވެ. ރައްދުގައި އީރާނުން ވަނީ މިސައިލާއި ޑްރޯނުން އިޒްރޭލަށް ވެސް ވަރުގަަދަ ހަމަލާތަކެއް ދީފަ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި އީރާންގެ ވައިގެ ދިފާއީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ.
"ޒަޔަނިސްޓް ދުޝްމަނުންގެ އަމާޒަކީ އީރާނުގެ ދިފާއީ ގާބިލްކަން ނައްތާލުން. އެ ހަނގުރާމައިގައި އަޅުގަނޑުމެންގެ ބައެއް ދިފާއީ ނިޒާމުތަކަށް ގެއްލުންވި،" އަސްކަރިއްޔާގެ އޮޕަރޭޝަންސް ޗީފް މަހްމޫދު މޫސާވީ، ރަސްމީ ނޫސް އޭޖެންސީއަށް ވިދާޅުވި އެވެ.
"ގެއްލުންވި ވައިގެ ދިފާއީ ނިޒާމުތައް މިހާރު ވާނީ ބަދަލުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
އީރާނުގެ ވައިގެ ދިފާއީ ނެޓްވޯކްގައި މިސައިލްތަކާއި މަތިންދާބޯޓުތައް ހުއްޓުވުމަށް އީރާނުން އަމިއްލައަށް އުފައްދާފައިވާ ބަވަރު-373 އަދި ޚުރްދާދު-15 ފަދަ ސިސްޓަމްތައް ހިމެނެ އެވެ. އީރާނުން 2016 ވަނަ އަހަރު ރަޝިއާގެ އެސް-300 އެއާ ޑިފެންސް ސިސްޓަމްތައް ވެސް ވަނީ ބަހައްޓައިފަ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި އީރާނުން ހާހަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އީރާންގެ ހަމަލާތަކުގައި އިޒްރޭލުން 28 މީހަކު މަރުވި އެވެ.
އިޒްރޭލުން ހަމަލާދެމުން ދަނިކޮށް އެކަމުގައި އެމެރިކާއިން ވެސް ބައިވެރިވެ، މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ އީރާންގެ ފޯޑޯ އާއި އިސްފަހާން އަދި ނަތަންޒްގެ ނިއުކްލިއާ މަރުކަޒުތަކަށް ވެސް ބޮން އަޅައިފަ އެވެ. އެކަމަކު އީރާންގެ ނިއުކްލިއާ މަޝްރޫއުއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް މިހާތަނަށް ވެސް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޒްރޭލް އެއަރފޯސް
21 July 2025
އޯކޭ.. ޗެކެއް ޖަހާލަންދާނަން..
ރަންބި
21 July 2025
ތިޔަ މޮޅުކަމެއް އެގޭނީ އިޒުރޭލުން އަލުން ހަމަލައެއް ދިނީމަ.
ޅޯޅޯ
21 July 2025
ނޮޓު ފަނިީ ބުރޯ
ކަންބި
21 July 2025
ފަންސާހަކަށް އަހަރު ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް ބަޔަކާ އިސްރާއީލާ ކޮމްޕެއަރ ކުރުން ހުއްޓާލަން އެބަޖެހޭ. އިރާނުން ތިއެއްޗެއްވެސް އެބަ ދައްކާތާ އިސްރާއީލަށް އީރާނުން ދިން ހަމަލާގައި ކުރިމަތިވި ބޮޑު ގެއްލުން ވީޑިއޯ ކުރަން ފެށީމަ ފޮކްސް ނިއުސްވެސް ސަރަހައްދުން ފައްސާ ބޭރު ކުރީ