21 ޖުލައި 2025 - 18:34
އެންސްޕާ އަދި އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް ދޭ ޑޮލަރު ލިމިޓު އިތުރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ސޯޝަލް މީޑިއާގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އާސަންދައިގެ ހަރަދުގައި ބޭރަށް ދާ މީހުންނަށް ބޭންކު މެދުވެރިކޮށް 2،000 ޑޮލަރު ލިބޭ ގޮތަށް، އެންސްޕާގެ އެހީގައި ފަރުވާއަށް ދާ މީހުންނަށް ވެސް، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ވަރަށް ޑޮލަރު ލިމިޓު ބޮޑުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.
އޭގެ އިތުރުން، އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާއަށް ދާ މީހުންނަށް ބޭންކުތަކުން 1،000 ޑޮލަރު ހަމަޖެއްސުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، 1 އޮގަސްޓު 2025 އިން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށްވެސް ބޭންކުތަކުން 2000 ޑޮލަރާ…
— Dr Mohamed Muizzu (@MMuizzu) July 21, 2025
އެ ޑޮލަރު ދޫކުރާނެ ގޮތްތައް ކަނޑައަޅާނީ ބޭންކުންނެވެ.
އަމިއްލަ ހަރަދުގައި ފަރުވާއަށް ދާ މީހުންނަށް ބީއެމްއެލް މެދުވެރިކޮށް ލިބޭނީ، ޓިކެޓަށް ލިބޭ 500 ޑޮލަރު އެކަންޏެވެ. އެހެންވެ، ފަރުވާއަށް ދާ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހެ އެވެ.
ރައީސްގެ އެ އެންގެވުމާ ގުޅިގެން، އެންސްޕާގެ ސީއިއޯ ހީނާ ވަލީދު "މިހާރު"އަށް ވިދާޅުވީ އެ އެޖެންސީގެ އެހީ ހޯދައިގެން ގިނަ ބަޔަކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ކަމަށެވެ. އެހެންވެ، ޑޮލަރު ލިމިޓު އިތުރުކުރުމަކީ ވަރަށް ބޮޑު ފަސޭހައެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒަރީރ
22 July 2025
ގިނަފަހަރު ރާއްޖޭން ބޭރަށް ފަރުވާއަށް ދަނީ ބޮޑެތި ބަލިތަކުގަ. 2000 ޑޮލަރަކީ ގާތްގަނޑަކަށް 1 މަހަށް ވާވަރު. 3-4 މަހު މަޑުކުރަންޖެހޭ ހާލަތުގަ ކޮންމެ މަހަކު 2000 ޑޮލަރު ދޭނަމަ ބްލެކް މާރކެޓުން ގަންނާކަށް ނުޖެހޭނެ
މުޖައްރިބު
22 July 2025
އިންތިހާބެއް ހަފްތާއަކު އެއްފަހަރު އިންނަނަމަ ރައްޔިތުން ބިކަނުވާނެ.
ހައިވޭ
22 July 2025
ދިވެހިން ހިންގާ ގިނަ ރިސޯޓުތަކުގައި މުސާރަ ޑޮލަރުން ލިބެނީ ހަމައެކަނި ބޭރުމީހުނަށް، މިކަމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތެއް ފެށުމުގެ ވަގުތު އައިސްޖެހިއްޖެއެވެ. ބައެއް ރިސޯޓު އޯނަރުން މުވައްޒަފުންގެ މުސާރައާއި ސަރވިސް ގެ ފައިސާ ކަޅު ބާޒާރުގައި މަތީ އަގުގައި ޑޮލަރު ވިއްކައި، އެފައިސާގެ ބޮޑު ބައެއް އަމިއްލައަށް ބޭނުންކުރޭ. މި ޢަމަލުތައް ހިންގަމުންދަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އިހުމާލުން.
ގައުމީ ދޫ
22 July 2025
ބަލިވެގެން، އާސަންދައިގެ ޚަރަދުގައި ބޭރަށްދާން ޖެހިއްޖެ ހާލަތެއްގައި، ސަލާންޖަހައިގެން 2000 ޑޮލަރު ލިބޭނެ. އެކަމަކު އަހަރެމެން ކޮންމެ ދުވަހަކު ކެއިން ބުއިމަށް ބޭނުން މިކުރާ ސާމާނު އެތެރެކުރަނީ 20 ރުފިޔާއަށް ވުރެ މަތިން ޑޮލަރު ގަނެގެން. ޑޮލަރުގެ އަގާއި ހެދި މުދަލުގެ އަގު އުފުލިގެން ދާއިރު ރައްޔިތުން މުދަލަށް ދައްކާ ޖީއެސްޓީވެސް ބޮޑުތަނުން އިތުރުވެ ރައްޔިތުންގެ އާއްމު ހާލަތު އިންތިހާއަށް މިދަނީ ދަށްވަމުން، ދިރިއުޅުން މިދަނީ ހަނާ ވަމުން.
ރާޖާޝް
22 July 2025
ޑޮލަރު ޑޮލަރު ... ޜައީސް މީހާނުޖެހޭއަބަދު ޑޮލަރު ވާހަކަ ދައްކާކަށް. ބުނެބަލަ އެންމެފަހަރަކުވެސް ބޭރަށްބޭސްކުރަންދާން ބޭނުން ކޮންމެމީހަކުވެސް ބޭރަށްދާން އާސަންދަދޭނަމޭ. ޢާސަންދައެއްނުލިބެޔޭ. އިންޑައާއަށް އަމިއްލައަށް ގޮސް ހޮސްޕިޓަލުގަ އޮތަސް ނުލިބޭމީހުންގިނައީ. ޜައީސް ނަޝީދު ސަރުކާރުގަ ނޫނީ ބޭސްފަރުވާ އަށް ރާންޖޭންބޭރުން ކުރާހަރަދު އަނބުރާލިބުނުދުވަހެއްނެތް. ޢުޑުގަޖެހިފަ ބިމުގަޖެހުނަސް. މިހާރު އޮންނަ ސަގާފަތަކީ ޕާޓީކުދިންނަށް އެކަނި ދިނުން
ހޭވެރިކަން
22 July 2025
ޢެބުނަނީ ލާރިދިނީމަ ޑޮލަރު ލިބޭވާހަކަ އިނގޭ. ޢެއީ އާކަމެއްނޫން. އަބަދުވެސް ފައިސާވެރިންނަށް އެގޮތަށްޑޮލަރުލިބޭ. ކޮންމެ ބޭނަކަކަށްދިޔަޔަސް ގަންނަން ލިބޭ މަގުމަތިންވެސް ގަންނަންލިބޭ މި ދިވެހިރާއްޖޭގަ ގިނައެއްޗެއްތީ އަގުބޮޑީ
ގައުމީ ދޫ
22 July 2025
ކިތަންމެ ގިނައިން ދިވެހި ފައިސާ އަތުގައި ހުއްޓަސް ޑޮލަރަށް ސަލާން ޖަހަން މަޖުބޫރުވީ. ޑޮލަރު އަގު ދަށްކުރަން އައި ސަރުކާރުން ދިވެހި ރުފިޔާގެ އަގު އިންތިހާއަށް ވައްޓާލައިފި. 20 ރުފިޔާއަށް ޑޮލަރެއް ނުލިބޭ! މުދަލާއި ޚިދުމަތުގެ އަގު އިންތިހާއަށް އުފުލިއްޖެ! މި ސަރުކާރަކީ މިރާއްޖެ ދުށް އެންމެ ނާގާބިލް އެންމެ ދޮގުހަދާ ސަރުކާރުކަމާއި މެދު ޝައްކު ނުކުރައްވާ! ދިވެހިން މިދަނީ ހަފުސް ވާން!
ދޫލަ
22 July 2025
މީގެ ކުރިން ވެސް އާސަންދަ ލިޔުން ހިފައިގެން ގޮސް ބޭންކުގައި އެދުނީމާ 2000 ޑޮލަރު ދޭ، އަދި ބޮޑެތި ބަލިތަކަށް އެއަށް ވުރެ ބޮޑުކޮށް ވެސް ދޭ، އަދި އިސްލާމިކް ބޭންކުން ވެސް ހަމަ މިބީދައިން ޑޮލަރުދޭ. ލިޔާ މީހާ ލިޔަންވީ މިސަރުކާރުން މިގޮތަށް ޑޮލަރު ދޭން ފެށިކަމަށް.
ޓޮނޭ
22 July 2025
އެންސްޕާއިން ނުކުޅެދުންތެރިކަން ހުންނަކަމުގެ ލިޔުން ދީފައިވާ ކުދިންނަށް ރާއްޖޭން ފަރުވާކުރުމުގެ ޚަރަދު ބޮޑުކަމުން ބޭރުގައި ތިބެގެން ފަރުދާ ދެމުންދާ މީހުންނާއި ކުދިންނަށް ފަރުވާކުރުމަށް ޓަކައި ރާއްޖޭން ބޭރަށް ދާއިރު 1000 ޑޮލަރ ދީގެން ފުދޭނެ ބާވައެވެ. އެތައް މަހެއް ނުވަތަ އަހަރުތަކެއް ވަންދެންވެސް ބައެއް މީހުން އެފަދަ ކުދިންގެ ފަރުވާއަށް ބޭރުގައި އެބަތިބެއެވެ. ކަމެއްކުރާއިރު ހަމައެކަނި ވަކި ބަޔަކު އެދޭގޮތަށް މިކުރަނީ ކީއްވެ ބާވައެވެ.
ޝަހުނީމް
22 July 2025
ނިކަމެތި ރައްޔިތުންގެ ވިންދާ އެއްގޮތައް އަބަދުވެސް މަސައްކަތް ކުރަމުން އަންނަށް އިހުލާސްތެރި ވެރިއެއް އަދުގެ ރައީސްއަކީ. ޝުކުރިއްޔާ ރައީސް މުއިއްޒު