އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ: އޭނާ ވިދާޅުވީ ނިއުކްލިއާ މަސައްކަތް ހުއްޓުމެއް ނެތް ކަމަށް. -- ފޮޓޯ: އޭއެފްޕީ
22 ޖުލައި 2025 - 06:05
އެމެރިކާއިން ދިން ހަމަލާތަކުގައި އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންވިޔަސް ޔޫރޭނިއަމް މުއްސަނދިކުރުމެއް ވެސްް އަދި ނިއުކްލިއާ ޕްރޮގްރާމްގެ އެހެން މަސައްކަތެއް ވެސް ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިއްޔެ ވިދާޅުވެއްޖެ އެވެ.
"[ޔޫރޭނިއަމް ފައްކާކުރުން] މި ވަގުތަށް ވަނީ ހުއްޓިފައި. ތެދެއް. އެއީ ލިބުނު ގެއްލުން ބޮޑުވެފައި ސީރިއަސްކަމުން،" ފޮކްސް ނިއުސްގެ ޝޯއެއްގައި އަރަގްޗީ ވިދާޅުވި އެވެ.
"އެކަމަކު ކަށަވަރުވާ ކަމަކީ ޔޫރޭނިއަމް ފައްކާކުރުމުގެ މަސައްކަތް ދޫކޮށްނުލާނެކަން. ސަބަބަކީ އެއީ އަޅުގަނޑުމެންގެ އަމިއްލަ ސައިންސްވެރިންގެ ބޮޑު ކާމިޔާބީއަކަށްވާތީ،" އެއީ ގައުމީ ފަހުރެއްގެ ގޮތުގައި ސިފަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން ކުރިއަށް އޮތް ތަނުގައި ކުރާ ކޮންމެ މަޝްވަރާއެއްގައި ވެސް ޔޫރޭނިއަމް އުފެއްދުމުގެ މަސައްކަތް އެގޮތުގައި ބޭއްވުމަށް ޝަރުތުކުރާނެ ކަމަށެވެ.
މުއްސަނދިކޮށްފައިވާ އެއްވެސް ޔުރޭނިއަމެއް، އިޒްރޭލާއި އެމެރިކާގެ ހަމަލާތަކުގެ ތެރޭގައި ރައްކާކުރެވުނުތޯ ސުވާލު ކުރުމުން އަރަގްޗީ ވިދާޅުވީ ތަފްސީލީ މައުލޫމާތެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ނިއުކްލިއާ މެޓީރިއަލްތަކަށް ވީ ގޮތެއް ދެނެގަތުމުގެ މަސައްކަތް އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު އެމެރިކާއިން ވަނީ އިޒްރޭލުގެ 12 ދުވަހުގެ އަސްކަރީ ހަމަލާއަށް އެހީތެރިވުމުގެ ގޮތުން އީރާނުގެ ނިއުކްލިއާ ތިން ފެސިލިޓީއަކަށް ބޮން އަޅައިފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އެ ހަމަލާތައް ކާމިޔާބު ކަމަށާއި ނިއުކްލިއާ މަރުކަޒުތައް އެއްކޮށް ހަލާކުވެފައިވާ ކަމަށް ވިދާޅުވެ އެ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ.
އަރަގްޗީ ވާހަކަ ދައްކަވާފައި މި ވަނީ އީރާނުން ޖަރުމަނާއި ފްރާންސް އަދި އިނގިރޭސިވިލާތާ އެކު ހުކުރު ދުވަހު އިސްތަންބޫލުގައި ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އާ މަޝްވަރާތަކެއް ކުރުމަށް ތައްޔާރުވަމުން އަންނަ ވަގުތެއްގަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައިބޯނި
22 July 2025
ހޮޅުއަށީގަ ތިބެގެން އިރާން ކުރީ ކޮންކަމެއްހޭ ކިޔާލަން ވަރަށް ފަސޭހަވާނެ. މުޅިދުނިޔެއާ ދެކޮޅަށް އަދި ދަތިކުރުމުގެ ފިޔަވަޅު ތެރޭ ތިބެ ބަޔަކަށް މަސައްކަތް ކުރެވޭނެ އެންމެ ފުރިހަމައަށް އެމީހުން އެބަކުރޭ. އެމެރިކާއާ އިޒްރޭލް އެކަނިއެއް ނޫން ހުރިހާ އަރަބި ގައުމުތައްވެސް އިރާން ފުނޑާލަން ބޭނުންވޭ. އެހެންވީމާ ކޮންމެ ފިޔަވަޅެއްވެސް ވިސްނުންތެރިކަމާއެކު އަޅަން ޖެހޭ
ދަނޭ
22 July 2025
ފޮނި ބައިސާއެއް ނޫން އިރާނުން ކަޑަނީކީ. އެމެރިކާ/އިޒްރޭލަށް ބޮޑު ގެއްލުމެއް ނުދެވޭނެ ބަޔަކާއި ހަގުރާމަކޮށް އެބައެއްގެ ކަންތައް އެކީ ނިންމާ ނުލެވެނީސް ދޫކޮށް ނުލާނެ. މިކަން އިރާޤާއި، ސީރިޔާ އާއި އަފްޣާނިސްތާނާއި، ލީބިޔާއިން ކަށަވަރުކޮށް ފެންނަން އެއޮތީ. އީރާނަކީ އިޒްރޭލާއި/އެމެރިކާއަށް ބޮޑެތި ގެއްލުން ދެވޭނެ ޤައުމެއްކަން ޘާބިތުކޮށް ދީފި. އަދި ދިގު ހަނގުރާމައެއް ކޮށްފިއްޔާ މިގެއްލުން ވަރަށް ބޮޑު ވާނެ އެކަމަކު އީރާން ބަލިވެސް ވާނެ
ދަ އެނަލިސްޓް
22 July 2025
އީރާން މިހާރު ދަތުރުކުރަމުން ތިދަނީ އެމެރިކާއާ ޔޫރަޕުން އަޅާފައޮތް ހަނި ރޮނގު (އެން.ޕީ.ޓީ މުއާހަދާ) ގެ މަތީގަ. އީރާން ޖެހެނީ ހަނި ރޮނގުން (އެން.ޕީ.ޓީ މުއާހަދާ) އިން ވަކިވެ ހަށިފޮޅާލާފަ ނިކުންނަން.. މުއާހަދާއިން ވަކިވުމަކުން އީރާނަށް ލިބޭނެ އިތުރު ގެއްލުމެއް ނެތް. އީރާނުން ނިއުކްލިއަރ ޕްރޮގްރާމް ތަރައްގީ ކުރީވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އޮއްވަ. ނިއުކްލިއަރ ބާރަކަށް ވެވޭނީ ބިރު ކަނޑާލާފަ ނިއުކްލިއަރ މައިދާނަށް ނިކުމެގެން...
ސުލްހަ އަށް ސުލްހަ
22 July 2025
ޢެކޮއި.. ތިޔަ ހުރިހާ މުއާހަދާ އެއް ގަބޫލު ކޮށްގެން، އެޅިހުރިހާ ދަތިކުރުމުގެ ފިޔަވަޅަކަށް ބޯ ލަބައިގެން އެއަންނަ ޖާސޫސީ އިނިސްޕެކްޓަރުން ބުނި ތަނެއް ދައްކައިގެން ތިއްބާ ނަތަންޔާހޫރޭ ލައްވާ ހަމަލާދީ އެތައް ސައިންޓިސްޓުންނާ ޖެނެރަލުން ނެއް ޝަހީދު ކުރީ.. ޖަވާބު އެއޮތީ އިޒްރޭލަށް ދީފަ މުޅި ދުނިޔެ އަށް ފެންނަން...
ލެއްގިކޮމިޝަނަރ
22 July 2025
ކުރިންބުނީ އެމެރިކާއިން ދިންހަމަލައިން ނިއުކްލިއަރ ސައިޓްތަކަށް މާބޮޑު ގެއްލުމެއް ނުވެއޭ. ހުރިހާ ޔުރޭނިއަމްވެސް ހުރީ ރައްކާތެރިކުރެވިފައޭ. އެމެރިކާއާ އިޒްރޭލަށް އެއްކަމެއްވެސް ނުކުރެވުނޭ. 12 ދުވަހުގެ ހަނގުރާމައިން އެދެގައުމު ބަލިވެގެން ހިއްޓާލީއޭ. އެވާހަކަ ގަބޫލުކޮށްގެން މިތާންގަ މޮޔަވާވަރަށް އިރާނަށް ސަޕޯޓްކުރި މީހުންނަށް މިހާރު އެއްޗެއް ވިސްނޭނެކަމަށް ހީކުރަން. އިރާނުގެ ޝިއީ ދައުލަތަކީ ފޮނިކެނޑުމާ ގަދަބަސް ބުނެގެން ވެރިކަން ހިމާޔަތްކުރާބެއެއް
އޯކޭމޭން
22 July 2025
ދެޓްސް ޕޮލިޓިކްސް. ކުރިން ބުނީ އެހެން. މިހާރު ބުނަނީ މިހެން. ފަހުން ބުނާނީ އެހެން އެއްޗެކޭ. އެހެން ވީމަ އިންޓަރނޭޝަނަލް ޖިއޯޕޮލިޓިކްސް މައިދާނުގަ މާގިނަ އިލްމު ނެތް އަހަރުމެން ނިކުމެ ކޮންކްލޫޝަން އަށް ދިޔައީމަ ކިޔާނީ ރޯނު އެދުރުންނޭ.
ނުބޯ ކޮމިސަނަރު
22 July 2025
ލެއްގި ކޮމިސަނަރު ތިހުރީ ކޮން އެއްޗެއްތަ ބޮއެގެން. ޢީރާނުން އެބުނަނީ އެމެރިކާ އިން ނުކުރަން ބުނާ ކޮންމެ ކަމެއް ކުރާނަމޭ. ޢޭގެ މިސާލު އެ އޮތީ އިޒްރޭލުން ފެންނާށޭ..ދައްކާފައޭ..
ލެއްގީ
22 July 2025
އީރާނުން ކުރިން ބުނީ ތެދެއްކަމެއް މިހާރު އެބުނަނީ ތެދެއްކަމެއް ނޭނގޭނެ. ދުނިޔެއަށް އޮޅުވާލުމުގައި ބޮލުގެ އެއްޗެއް ހެދުން ރަގަޅީ. އެމެރިކާއާ އިޒްރޭލު މީހުންނަށް މޮޅު ލިބުނުކަމަށް ހީކުރުވުމަކީ އިރާނުގެ އުކުޅަކަށްވެދާނެ. އަސްލު ހަގީގަތް އެނގޭނީ އަދި މާ ފަހުން
ލެއްގިބޭބެ
22 July 2025
އީރާނުގައި ގޮތްނޭގޭ ނުއުކިލިއަރ މަރުކަޒުތަކެއް ހުރޭ ފަރބަދަތަކުގެ އަޑީގައި
ފޮނި ބައިސާ ކެނޑުން
22 July 2025
ނުހުއްޓާ ދެން މިއޮތްހާ ދުވަހު ކީއްތަ ތިކުރީ؟ އެތައް ސައިންޓިސްޓުންނެއް މަރުވިއިރުވެސް އެންމެ ކުޑަމިނުން ނިއުކްލިއަރ ހަކަތަ އުފެއްދޭވަރު ވެއްޖެތަ؟ ނިއުކްލިއަރ ހަކަތަ އުފެއްދުމަށް ބޭނުންވަނީ %3 އާ %5 އަށް ފައްކާކުރި ޔުރޭނިއަމް. މިއޮތް ދިގު ޒަމާންވެގެން ދިޔައިރުވެސް އެކަން ނުކޮށް ދެން ކީއްހޭ ތިކުރަނީ ކަލޭމެން؟..
ހަމްދާ
22 July 2025
މިލެވެލްގެ ޕޮލިޓިކަލް ވާހަކަ ދުދެއްކުމަށް ދަންނަވަން.
ތަމީމު
22 July 2025
އީރާނުން މިހާރުވެސް ޔުރޭނިއަމް ފައްކާ ކޮށްފައި އެބަވޭ، %10 - %15 އާ ހަމައަށް. މީގެ އަލީގައި، މިހާރުވެސް އީރާނުން، ކަރަންޓުގެ ހިދުމަތް އެބަދޭ. ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް، ޔުރޭނިއަމް ފައްކާ ކުރަންޖެހޭނީ %60 އާ ހަމައަށް.
ޥާހިދު
22 July 2025
މިއޮއްހުރިހާ ދުވަހު ކަލޭ ކީއްހޭ ކުރީ ފޮނިބައިސާ ކެނޑުން ފިޔަވާ.