ޚަބަރު

ފޮއްދުއަށް ބަނދަރެއް؛ މިއީ 40 އަހަރުވީ އުއްމީދެއް

ފޮއްދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށުމަށް ބޭއްވު ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ކެބިނެޓްގެ މިނިސްޓަރު ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ބަނދަރަކަށް ދިގު އިންތިޒާރެއް ކުރަން ޖެހުނު ނ. ފޮއްދޫގެ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މިއީ، އެ ރަށުގެ ރައްޔިތުންގެ 40 އަހަރުވީ އުއްމީދެއް ހަގީގަަތަކަށް ވުމެވެ. ރާއްޖޭގައި ބަނދަރު ނެތް މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ފޮއްދޫ ރައްޔިތުން ލަފާފުރުމުގައި އުފުލަން ޖެހޭ ތަކުލީފް ހައްލުކޮށްދޭން ހުރިހާ ސަރުކާރުތަކަކަށް ހުށަހެޅި އެވެ.

އާބާދީގައި 504 މީހުން ދިރިއުޅޭ އަދި ލޯކަލް ޓޫރިޒަމްގައި މަޝްހޫރު ފޮއްދޫގައި ލަފާ ފުރަން މިހާރު ބޭނުންކުރަނީ ކޮންކްރީޓް ޖެޓީއެކެވެ.

ރަށުގެ ބަނދަރަށް އިންތިޒާރުކުރާތާ ގާތްގަޑަކަށް 40 އަހަރު. އެކަމަކު މިހާހިސާބަށް އައިއިރު ވެސް މިވަނީ ބަނދަރެއް ނެތިފައި. މިކަމުގެ ސަބަބުން ރައްޔިތުން އުޅެމުންދާ ދަތި ހާލު ތަސައްވަރު ވެސް ނުކުރެވޭނެ. އެހާ ހިތްދަތި ވޭނުގައި މި އުޅެނީ. -- ކައުންސިލް

ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރަތަމަ ފޮއްދުއަށް ވަޑައިގެން ބަނދަރު ހެދުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. ބަނދަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ފޮއްދޫގެ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވިދާޅުވީ އެ ރަށުގައި ބަނަދަރެއް ނެތި ރައްޔިތުން ދިރިއުޅެމުން އަންނަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. ބަނދަރަކަށް އިންތިޒާރުކުރާތާ ގާތްގަނޑަކަށް 40 އަހަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޮއްދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށަނީ-- ފޮޓޯ: ރައީސް އޮފީސް

"ރަށުގެ ބަނދަރަށް އިންތިޒާރުކުރާތާ ގާތްގަޑަކަށް 40 އަހަރު. އެކަމަކު މިހާހިސާބަށް އައިއިރު ވެސް މިވަނީ ބަނދަރެއް ނެތިފައި. މިކަމުގެ ސަބަބުން ރައްޔިތުން އުޅެމުންދާ ދަތިހާލު ތަސައްވަރު ވެސް ނުކުރެވޭނެ. އެހާ ހިތްދަތި ވޭނުގައި މި އުޅެނީ،" ކައުންސިލް ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަނދަރުގެ މައްސަލަ ހައްލުކޮށްދޭން، އެދި ކައުންސިލާއި އާއްމުންގެ ތެރެއިން ބަޔަކު ރައީސް މުއިއްޒުއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު މިއަދު އެކަން ހަގީގަތަށް ވެއްޖެ ކަމަށެވެ. ފޮއްދޫގެ ރައްޔިތުން އެދޭ ފަދަ ބަނދަރެއް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ރައީސް ދެއްވެވި ކަމަށް މުހައްމަދު މޫސާ ވިދާޅުވި އެވެ.

ފޮއްދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށަން ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެމްޓީސީސީން މިއަދު އަމަލީ މަސައްކަތް ފެށި ފޮއްދޫ ބަނދަރުގެ އަގަކީ 53.7 މިލިއަން ރުފިޔާ އެވެ. އެ މަސައްކަތް 390 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އެ ބަނދަރު ފުންކޮށް 460 މީޓަރުގެ ވާޓަރާއި ބޭރު ތޮށި ހެދުމާއި ބަނދަރުގެ ޕޭވްމެންޓް ހެދުމާއި މަގު ބައްތި އަދި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ. ބޭރު ތޮއްޓާ އިންވެގެން ޑިންގީ ކަހަލަ ކުދި އުޅަނދުތައް އެޅުމަށް 150 މީޓަރުގެ ޖެޓީއެއް ހެދުމާ އެކު ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރުން އެ މަޝްރޫއުގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.

15 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 17%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމަ އަހާލީ

24 July 2025

200 މީހުން އުޅޭ ރަށެއް.. މިހާރުގަ ލިޔެފަ މިއޮތީ.. (https://mihaaru.com/lifestyle/134703). 53 މިލިޔަނުގެ ބަނދަރެއް.. އިސްކަންދޭންވީ ދަރަނި ދައްކަން ހެން ހީވަނީ.. އެމްޓީސީސީއިން ތިރަށުގާ ރީތި ތަފާތު ޖެޓީއެއް މިާރުވެސް ހަދާފަ އޮތީ.. 53 އިންވެސްޓުކުރީމަ ކޮބާ ބެނިފިޓަކީ.. އާރް އޯއައި އަކީ؟؟

The name is already taken The name is available. Register?

ވނީލާ

24 July 2025

ބ ފެހެންދޫ ޖެޓީ ނަމޫނާ އަކަށް ބަލައި ކުރިއަށް އޮތްތާގައި ޖެޓީތަށް ހެދުން ވަރަށް ބުއްދިވެރި.

The name is already taken The name is available. Register?

އެކޮއި

24 July 2025

500 ގެ އާބާދީގެ ރަށަކަށް 500 މިލިޔަނުން ޚަރަދުކުރުންނޫން ގޮތެއް ހަމަ ނެތީތޯ؟ މީ ޤައުމުގެ ވެރިންގެ ގޮތުގައި ތބޭ ބަޔަކު ވިސްނަންޖެހޭ ކަމެއް. އެމީހުންނާއި އެހެންމީހުންގެ މުސްތަޤުބަލަށް ވިސްނަންޖެހޭ ކަމެއް. އެމީހުންގެ ދަރިންނާއި ދަރީންގެ ދަރީންނާ ހަމައަށް ވިސްނަންޖެހޭކަމެއް. ދުވަހެއް ދުވަހަކަށް ރާއްޖޭގެ އާބާދީ އިންތިހާއަށް ދަށްވަމުންދާއިރު މީގެ 15 ވަރަކަށް އަހަރުފަހުން އެފަދަ ރަށްރަށުގެ އާބާދީ ހުންނާނީ ކިހާ ހިސާބެއްގައިތޯވެސް ވިސްނަން އެބަޖެހޭ.

The name is already taken The name is available. Register?

ބެއްަޔާގެ ދަރި

24 July 2025

ދެ އަހަރުގެ ތެރޭގައި ތިޔަހެން ކިތައް ރަށަށް ކިތައް ކަންތައް ކޮށްދީފިތޯ؟ އެއިން ކަމެއް ފެންނާކަށް ނެތް،. ފެންނާނެ ދުވަހެއް އެނގެނީކީ ނޫން. ރިޔާސީ ކެމްޕެއިނުގައި ވެސް އައިސް ވިދާޅުވީ ކޮށްދޭނަމޭ. މަޖިލިސް އިންތިހާބަށް ވެސް އައިސް ބުނީ ކޮށްދޭނަމޭ. މިހާރު ވެސް ތިޔަ ވިދާޅުވަނީ ކޮށްދޭނަމޭ. ކޮށްދެވޭތަނެއް ނާދޭ

The name is already taken The name is available. Register?

‫އުންމު އަފީފް

24 July 2025

ފ‫ޮއްދޫ ބަނދަރަކީ ނިމިދިޔަ ސަރުކާރުގަ އެމްޓީސީސީއާ ހަވާލުކޮށްފަ އޮތް މަޝްރޫޢެއް.

The name is already taken The name is available. Register?

ކަނބިލި

23 July 2025

ކުދިކުދި އާބާދީތަކަށް ވެސް އަސާސީ ޚިދުމަތްތައް ދޭންޖެހޭނެކަން ގަބޫލުކުރަން. އެކަމަކު ރާއްޖޭގެ ވެރިންގެ އެއްވެސް ތަސައްވުރެއް އެބައޮތްބާވައޭ ތަރައްގީގެ ކޮންމެ މެންބަރަކުމެ ގޮޑި ދިފާއުކުރަން ސިތާސީ މަންފާއަށް ރާއްޖޭގެ މާލީ ހާލަތަށް ބެލުމެއްނެތި ކުރާ ޑިމާންޑުތަކަށް ބިލިޔަނުން ޚަރަދުކުރަމުން ދަނީ އެއްވެސް ތަރއްގީގެ އަމާޒެއް ނެތި ޕާޓީއަށް މެންބަރުންނަށް ވޯޓު ހޯދުމަށް

The name is already taken The name is available. Register?

ގާހަކަ

23 July 2025

ގައުމުގެ ރައީސް ރަށްރަށަށް ދިޔުމުން މަރުހަބާ ކިޔަން ބޭނުން ނޫންނަމަ އެކަމަށް އެއްބާރުލުން ނުދީ ތިބެންވީ ހަމަ. އެކަމު މަގުމަތިން ދާއިރު ގައުމުގެ ރައީސް އާއި ފޮށުން ބަލައި ނުގަންނަން. އެމްޑީޕީ ކުދިން މިކޮމެންޓަށް ތާއީދު ނުވާނެ އެކަން އެނގޭ. އެކަމު އަހަރެންނަކީވެސް އެމްޑީޕީއަށް ހުރި މީހެއް މީހެއްމީ އެކަހަލަ ކަންކަން ބަލައިނުގަންނަން. އަދިވެސް އެމްޑީޕީގަ ހަމަ

The name is already taken The name is available. Register?

ޤައުމު

24 July 2025

މީ ބަޔަކު ދަސްކޮށްދިން ކަމެއްބާ؟ އަންނިގެ ވެރިކަމުގައި އެމަނިކުފާނު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް ކުރިފުރައްސާރައިގެ މަތިން އެއްވެސް ބަޔަކު ހަނދާން އެބަހުރިބާ؟ އޭރު އެކަން ހުއްޓުވަން ނުވަތަ އެކަން އެގޮތަށް ނުކުރަން އޭރުގެ އިދިކޮޅުގެ އެއްވެސް މީހަކު ޗުޕްވެސް ނުބުނިތާ އެކަމަށް ތާޢީދުކޮށް އެކަމަށް މަޖާނެގީ. ކޮންމެމީހަކު ވެރިކަމުގައި ހުއްޓަސް އެއީ ކޮށްގެންވާނޭކަމެއްނޫން. އެއީ ވަކިމީހަކަށްވީމަ ނުކުރަންވީކަމެއްނޫން.

The name is already taken The name is available. Register?

މުލޭ

23 July 2025

އަހަރެން ހީކުރީ މިދިޔަ ވެރިކަމުގައި ތިކަން ކޮށް ނިންމާކިކަމަަށް.

The name is already taken The name is available. Register?

އަސްލީ

23 July 2025

ހިޔާ ފްލެޓަކަށް ވުރެ އާބާދީ ކުދި ރައްތަކަށް ތިކަހަލަ ބޭކާރު ޚަރަދު ކުރުން މިހާރު ހުއްޓާލަން ޖެހޭ. ޖާބަ ބޮޑު، ބޮޑު އާބާދީއެއް ދިރިއުޅެވޭ ކަލަހަ ރައްތަކަށް ތިފަދަ ރައްތަކުންގެ ރައްޔިތުން ބަދަލުކޮށްގެން ނޫނީ މި ގައުމު ކުރިއެއް ނާރާނެ.

The name is already taken The name is available. Register?

އެޗް އެމް

23 July 2025

40 އަހަރު ފަހުން ވިޔަސް އުއްމީދެއް ހަގީގަތަކަށް ވުމީ ޝުކުރު ކުރުން ހައްގު ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454