ނ. ފޮއްދޫ އާއި އެ ރަށުގެ އުތުރުގައި އޮންނަ 82.4 ހެކްޓަރުގެ ފޮއްދުއްޕަރު ފިނޮޅު.--
23 ޖުލައި 2025 - 15:03
ނ. ފޮއްދޫ ކައިރީގައި އޮންނަ، ހިމާޔަތްކޮށްފައި ފޮއްދިއްޕަރު ފަޅުގެ ނަފާ އެ ރަށު ރައްޔިތުންނަށް ލިބޭ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މިއަދު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ އެފަޅަކީ ޓޫރިޒަމް މިނިސްޓްރީގެ ބޭނުމަށް އެންވަޔަރްމެންޓް މިނިސްޓްރީން ހިމާޔަތްކޮށްފައިވާ މުހިންމު ތަނެއް ކަމަށެވެ.
މިނިސްޓްރީ އާއި ކައުންސިލް ގުޅިގެން ހަދާ މެނޭޖުމަންޓް ޕްލޭނެއްގެ ދަށުން އެ ފަޅު ބަލަހައްޓައި، އެ ފަޅުން ކައުންސިލަށް އާމްދަނީ ލިބޭނެ ނިޒާމެއް އެއްބަސްވުމެއްގެ ދަށުން ހަމަޖައްސަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވައުދުވިން މި ރަށްކައިރީ އޮންނަ ފޮއްދިއްޕަރު ފަޅުގެ ނަފާ ތިބޭފުޅުންނަށް ލިބޭނެ ގޮތަށް ހަދައިދޭނެ ކަމަށް. އޭރުން ކައުންސިލަށް [ރައްޔިތުންނަށް] ނަފާ ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ފޮއްދިއްޕަރާއި އެ ރަށުގެ ފަރަކީ ފޮއްދޫގެ އުތުރުގައި އޮންނަ 82.4 ހެކްޓަރުގެ ފިނޮޅެކެވެ. އެ ފިނޮޅަކީ އިރުވައި މޫސުމާއި ހުޅަނގު މޫސުމުގައި ވެސް އައިންމަތީ ދޫނި ގިނަ އަދަދަކަށް ޖައްސާ އަދި ރާއްޖެއަށް ހިޖުރަކުރާ ދޫނި ވެސް ފެންނަ ފިނޮޅެކެވެ.
އެއީ ވަރަށް ހިތްގައިމު ހުދު ދޮންވެލި ތުނޑިއެއް އޮންނަ ތަނަކަށް ވާތީ އެއީ ޓޫރިސްޓުންގެ މެދުގައި މަގުބޫލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރެޕަޓުއާ
24 July 2025
ވިއްކާލެވެންދެން ތިރަށުގެ ބައެއްގެގޮތުގައި ބޭއްވިގެންދާނެ. ވިކުނީމަ އިހުތިސޯސުން ބޭރު. ވިކެންދެން އިހުތިސޯސްތެރޭ. ރައްޔިތުން ގުނބޯހެއްދުމުގެ ދައުރު. ތިހެން ކިތައްރަށް މި 2 އަހަރުތެރޭ ދީފަ އަތުލައިފި؟ އެންމެ ދެ އަހަރުތެރޭ. ދެން އަތްޖަހާ. ހުރިހާ ބޭފުޅުން ބާރަށް އަތްޖައްސަވާ.