24 ޖުލައި 2025 - 06:04
މިދިޔަ ގަރުނުގެ މެދުތެރޭގައި އިޓަލީގައި އަނިޔާވެރި ހުދުމުހުތާރު ވެރިކަމެއް ކުރި މަޝްހޫރު ބެނިޓޯ މުސަލިނީގެ ކާފަ ދަރިފުޅު، ސެރީ އާ ގައި ކުޅެން ތައްޔާރު ވާތީ ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
ރޮމާނޯ ފްލޮރިއާނީ މުސަލީނީ އަކީ، އިޓަލިއަން ލީގަށް އަލަށް ކޮލިފައިވި ކްރޮމެނޭޒޭގެ ޑިފެންޑަރެކެވެ.
އުމުރުން 22 އަހަރުގެ ކަނާތު ބެކް، ކްރޮމެނޭޒޭ އަށް މި މަހު ބަދަލުވީ، ލޯޒީއޯގެ ލޯނު އެއްބަސްވުމުގެދަށުންނެންނެވެ.
އަންނަ މަހު ފަށާ، އިޓަލީގެ އާ ސީޒަނުގެ ސެރީ އާގައި އޭނާ ފުރަތަމަ ފަހަރަށް ކުޅޭނެ އެވެ.
ފްލޮރިއާނީގެ މަންމަ އަކީ، ޔޫރަޕިއަން ޕާލިމެޓާއި އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރިން ކުރި އެލްސެންޑްރޯ މުސަލީނީ އެވެ. އެލެސެންޑްރާއަކީ މުސަލިނީގެ ކާފަ ދަރި އެކެވެ.
ފްލޮރިއާނީ ބުނީ އޭނާގެ ނަމުގެ ފަހަތަށް އަންނަ އާއިލީ ނަމާ ހުރެ އެހެން މީހުން ސަމާލުކަން ދިނަސް، އޭނާ އެކަމާ ސަމާލުކަން ނުދޭ ކަމަށެވެ.
"އަހަރެން މިތާ މިހުރީ ފުޓްބޯޅަ ކުޅެން. އަހަރެންގެ އާއިލީ ނަމާ ހުރެ އެހެން މީހުންނަށް ވަރަށް ބޮޑަށް އުނދަގޫ ވެއްޖެ. އަހަރެން އެކަމާ ވިސްނާ ވަރަށް ވުރެ ވެސް ބޮޑަށް،" ފްލޮރިއާނީ ބުންޏެވެ.
"ވާހަކަ މަދުކުރުމަކީ ކަންކަން ރަނގަޅު ވާ ކަމެއް. އަހަރެން މިހުރީ ދަނޑުގައި އަހަރެންގެ ކުޅުން ދައްކަން. އެހެން އެއްވެސް ކަމެއް ނެތް. އަގުހުރި ތަޖުރިބާއެއް ހޯދައި، ތަޖުރިބާކާރު ކުޅުންތެރިންނާ ދެކޮޅަށް ކުޅެ، ވީހާވެސް ގިނައިން ކުޅެން އަހަރެންގެ ގާބިލްކަން ދައްކަން."
ކުރީގެ އަސްކަރީ ލީޑަރު ބެނީޓޯ މުސަލީނީ ވަނީ ބަޣާވާތަކުން ވެރިކަމަށް އައިސް 1922-1943 އަށް އިޓަލީގެ ވެރިކަން ކޮށްފަ އެވެ. އޭނާގެ ހުދުމުހުތާރު ވެރިކަން ރީތި ކުރަން ފުޓްބޯޅައިގެ ހަރަކާތްތައް ރާވާ ހިންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒައިކް23
24 July 2025
“ފްލޮރިއާނީގެ މަންމަ އަކީ، ޔޫރަޕިއަން ޕާލިމެޓާއި އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރިން ކުރި އެލްސެންޑްރޯ މުސަލީނީ އެވެ. އެލެސެންޑްރާއަކީ މުސަލިނީގެ ކާފަ ދަރި އެކެވެ.“ އެ ހެންވީމަ ތޮ ސޮރު ވާނީ މުސޮލީނީގެ މުނިކާފަ ދަރިއަކަށް ނޫންތަ؟ އޭނާގެ މަންމަ އަކީ މުސޮލީނީގެ ކާފަ ދަރިއެކޭ ތިޔަ އޮތީ ލިޔެފަ،.. ކާފަ ދަރިއަކަށް ނުވާނެއްނު..
މުސޮލިނީ
24 July 2025
މުނިކާފަ ދަރިފުޅުތަ؟ ކާފަ ދަރިފުޅުތަ؟