އަބްދުއްރަހުމާންގެ ހަށިގަނޑު މާޅޮހުން މާލެއަށް ގެނައުމަށް ބޮޑީބޭގްގައި: އިންޑިއާގައި ޕޯސްޓްމޯޓަމް ހަދާ ނިންމައި އަބްދުއްރަހުމާންގެ ހަށިގަނޑު މިހާރު ވަނީ ރާއްޖެ ގެެނެސްފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
23 ޖުލައި 2025 - 23:57
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު އަނބުރާ ރާއްޖެއަށް މިއަދު ގެނެސްފި އެވެ.
ފުލުހުން ދެންމެ ބުނީ އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ފަހު މިރޭ މާލެ ގެނެސް މޯޗަރީއަށް ލާފައިވާ ކަމަށެވެ.
ޕޯސްޓްމޯޓަމް ހަދަން އޭނާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހު އެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވާ ފެނުނީ މާޅޮހުގައި އޭނާ ދިރިއުޅުނު މާހިޔާގެއިން އެ ރޭ މެންދަމު އެވެ. އުމުރުން 65 އަހަރުގެ އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ލިބި، "މަރަށް ތެޅެނިކޮށް" ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. އަދި އެ ރަށު ސިއްހީ މަރުކަޒަށް އޭނާ ގެންގޮސް ފަރުވާދެނިކޮށް އެ ރޭ ފަތިހު ވަނީ މަރުވެފަ އެވެ.
އަބްދުއްރަހްމާން ދިރިއުޅުނު މާހިޔާގެ އާއި އެ ގެ ހުންނަ ސަރަހައްދު ބަންދުކޮށްގެން ފުލުހުން ތިބޭތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވީ އިރު، މިހާތަަނަށް ވެސް އެ ތަހުގީގުގައި އެއްވެސް ކުރިއެރުމެއް ލިބުނު ކަމަކަށް ފުލުހުން ނުބުނެ އެވެ.
އެކަމަކު، އެ ގެއަށް ވަދެފައި ހުރި އެންމެންގެ އިނގިއްޔާއި ފައިގެ ނިޝާން ނަގައި، އެ މީހުންނާ ވަނީ ސުވާލުކޮށްފަ އެވެ. އަދި ރަށުގައި ހުރި މަދު ސީސީޓީވީ ކެމެރާތައް ވެސް ފުލުހުން ޗެކްކުރި އެވެ.
އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ހިފެހެއްޓި ނަމަވެސް ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެ ފޯނު ވެސް މިހާރު ވަނީ ނާޒިމާއާ ހަވާލުކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ. އަދި ނާޒިމާ މިވަގުތު ހުރީ މާލޭގަ އެވެ.
ނާޒިމާ ބުނެފައި ވަނީ އަބްދުއްރަހްމާންގެ ގެއަށް ވަން ކަމަށް ބެލެވޭ ބައެއް ނުވަތަ މީހެއްގެ ފައިގެ ނިޝާން އެރޭ އޭނާއަށް ފެނުނު ކަމަށެވެ. އަދި އެ ދުވަސްވަރު އެ ގޭގައި ދިރިއުޅުނީ ވެސް އެ ދެމަފިރިން އެކަންޏެވެ.
މާޅޮހުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަބްދުއްރަހުމާނަށް ހަމަލާދޭނެ ބަޔަކު އެ ރަށުގައި ނޫޅޭނެ އެވެ. އަދި އެއީ ކުށްކުރުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ރަށަކަށް ވާތީ،އެއް ބަޔަކު ގަބޫލުކުރަނީ އެފަދަ ޖަރީމާއެއް ހިންގަން ކެރޭނީ އެހެން ރަށެއްގެ ބަޔަކަށް ކަމަށެވެ.
އަބްދުއްރަހުމާން އުޅުނު ގެ ހުންނަނީ މާޅޮހުގެ ހުރަސްމަގު އަތިރިފަރާތް ސަރަހައްދުގައި ކަމަށް ވުމުން ބަޔަކު ސިއްރުން ދަންވަރު ގަޑީގައި އެ ރަށަށް އަރައި އެފަދަ ކަމެއް ހިންގުމުގެ ފުރުސަތު އޮތް ކަމަށް އެ މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަކުރުު
24 July 2025
ޕޯސްޓްމޯޓަމުން މަރުވެފައިތޯ އޮތީ ޔަގީންކުރެވުނުތޯ؟ އެހެންނާފަހެ، އެތައް ޚަރަދެއްކޮށްގެން ތިޔަހަދާ ޕޯސްޓް މޯޓަމަކުން ވާ އެއްވެސްކަމެއް ރައްޔިތުންނަކަށްނޭގޭ.
ވެންގަބޯ
24 July 2025
ދެންމިހާރު ޝަރީއަތަށް ސާބިތު ކުރެވެން ޖެހޭނެ އެކަން ކުރިމީހާވެސް ބުނެދެވެން ޖެހޭނެއެވެ ޕޯސްޓްމޯޓަމް ހެނދުމުގެ ބޭނުމަކީ މީދޯ.؟ ހަމަ މީހާ ދެ ފަޅިއަށް ފަޅާފައި ހުރިހާ އެތެރޭގެ ގުނަވަންތައް ނަގާ ކުދިކުދިކޮށް ކޮށާލާފައި ހެނދުމުގެ ބޭނުމަކަށް ވާންވާނީ ގާތިލް ހޯދުން މީދޯބޭނުމަކީ ގީތިލް ނޭނގޭ ނަމަ މައްޔިތާއަށް އިތުރު ތަކުލީފުތަކެއް ނުޖައްސާ ވަޅުލީމާ ނިނުނީ މިހާތަނަކަށް ނެތް ގާތިލް ހޯދިފަކާ ތިހަދަގެން ތީހަމަ ބޭކާރުކަމެއް ބޭކާރު ހަރަދުތަކެއް ހިތް ދަތިކަން.؟
ސަލީމު އިދުރީސް
24 July 2025
އޮޓޮފުސީ ރިޕޯޓުން އެއްވެސް ހާލެއްގަ. ގާތިލު ނުބުބުދޭނެ އަދި އަމިއްލަޔައް މަރުވިއަސް ނޭގޭނެ! އެމަކު ތި ރިޕޯޓުގަ އޮވެދާނެ މަރުވީ އަމިއްލައަށޭ އަމިއްލަޔައް މަރުވީކަމައް ބަލާ ތަހުގީގު ނިންތަނުން ރައީސް ބުނެދާނެ އަބުދުއްރަހުމާނުބެއައް އިންސާފު ހޯދައިދޭނަމޭ މިހާރު ޒަކިއްޔަ ދައްތަ މައްސަލަވެސް ރައީސް އަމިއްލަމަރުކަމައް ގަބޫލު ނުކުރާތިތާ އެބުނީ އިންސާފު ހޯދަދޭނަމޭ
ޢަލްޓިކޯ
24 July 2025
ވަރަށްޗާލު މިހާރުދެން މުޅިން އާވައްތަރެއްގެ ރަންނަމާރިއެއް ރަށްތަކަށް މިއަރަނީ މީގެ ކުރިން އެރީ ނ ހޮޅުދުއަށް މިފަހަރު މިއެރީ މާޅޮސް އަށް. ތިމަގުން ދެންދާނީ ކުށްކުރާ މުޖުރިމު ނޮހޯދެންޏާ