އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން. އޭނާ ވިދާޅުވީ، އެކުންފުންޏަށް ފުރަތަމަ އަހަރުން ވެސް އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
24 ޖުލައި 2025 - 10:13
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަކީ، އެމްއޭސީއެލް ކުންފުންޏެއްގެ ގޮތުގައި ފުޅާވުމަށް ލިބުނު މުހިއްމު ފުރުސަތެއް ކަމަށާއި އެ ޓާމިނަލް ބޭނުން ކުރަން ފެށުމަށް ފަހު ފުރަތަމަ އަހަރު ވެސް އާމްދަނީ އަށް 7-8 ޕަސެންޓުގެ އިތުރުވުމެއް އަންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އާ ޓާމިނަލާ އެކު، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދޭއިރު، ވީއައިއޭގެ ހިދުމަތްތައް ފުޅާކުރާނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ވެސް އެއާޕޯޓުގެ 95 ޕަސެންޓް ބޭނުން ކުރަނީ ޓޫރިސްޓުން ކަމަށާއި ޓޫރިޒަމް ފުޅާވާ ވަރަކުން އެމްއޭސީއެލް އަށް ފައިދާ އިތުރުވާނެ ކަމަށެވެ.
"އާ ޓާމިނަލާ އެކު އެއާލައިންތަކަށް އިތުރު ސްލޮޓް ދެވޭނެ، އެއާލައިންތަކުން ބޭނުންވާ ވަގުތުތަކުގައި. އެއީ ހެނދުނު ހަޔަކުން ފެށިގެން ހަވީރު ތިނެއް ޖެހުމާ ދޭތެރޭ. އެއީ ވަޑައިގަންނަވަން ބޭނުންވާ ވަގުތަކީ. އެ ގަޑިތަކަށް ސްލޮޓް އިތުރު ކުރެވޭނެ،" އެމްޑީ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އެމްޑީ ޝަރީފު "މިހާރު" ގެ ޓީމާ އެކު މިއަދު ވީއައިއޭގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޝަރީފު ވިދާޅުވިގޮތުގައި، އާ އެއާލައިންތަކަށް ފުރުސަތު ދީ، ނުވަތަ މިހާރު ވެސް ހިދުމަތް ހޯދަމުން އަންނަ އެއާލައިންތަކުގެ ފްލައިޓްތައް އިތުރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އޭނާ ވިދާޅުވީ، އަހަރުގެ ފަހުކޮޅުގައި ނުވަތަ އެއާޕޯޓުގެ އެންމެ ސުޕަ ފީކް ދުވަސްތަކުގައި ވަރަށް ގިނަ އެއާލައިންތަކުން ސްލޮޓްތައް ބޭނުންވާ ކަމަށާއި އެހެންވެ، އެކަމަށް ހައްލެއް ހޯދޭނެ ކަމަށެވެ.
އެއާލައިންތަކުން ބޭނުންވި ނަމަވެސް މިހާތަނަށް އެ ޖާގަތައް ނުދެވެނީ އެ ވަރުގެ ކެޕޭސިޓީއެއް ނެތުމުންނެވެ.
ޝަރީފު ވިދާޅުވީ، ހިދުމަތް ފޯރުކޮށްދެވޭ އެއާލައިންތައް އިތުރުކޮށްގެންނާއި ޑިއުޓީ ފްރީ އާއި އެ ނޫން ހިދުމަތާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 7-8 ޕަސެންޓަށް އިތުރު ކުރެވޭ އިރު އޭގެ ފަހުން އަންނަ އަހަރުތަކުގައި އާމްދަނީ 15 ޕަސެންޓަށް ވެސް އިތުރު ކުރެވޭނެ ކަމަށެވެ.
އާ ޓާމިނަލްގައި ގާއިމްކުރި ބެގޭޖް ކްލެއިމް ބެލްޓްތަށް: ޖުމްލަ ފަސް ބެގޭޖް ކްލެއިމް ބެލްޓްގެ ހިދުމަތް ލިބިގެން ދާނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްއޭސީއެލްއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވަމުން އަންނަ އެއް ކުންފުންޏެވެ. މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އޮޑިޓް ރިޕޯޓުން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން އެ ކުންފުންޏަށް ލިބިފައިވަނީ އޭގެ ކުރީ އަހަރަށް ވުރެ 18 ޕަސެންޓް އިތުރު ފައިދާއެކެެވެ. އެ ކުންފުންޏަށް ރެކޯޑު އަދަދެއްގެ ފައިދާއެއް ލިބުނު އިރު އާމްދަނީ ވެސް ވަނީ 11 ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 8.5 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބުނެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
- 47 ޗެކިން ކައުންޓަރު
- ހަ ސެލްފް ސާވިސް ކައުންޓަރު
- 20 ޑިޕާޗާ އިމިގްރޭޝަން ކައުންޓަރު
- 28 އެރައިވަލް އިމިގްރޭޝަން ކައުންޓަރު
- ހަ ޕެސެންޖާ ބޯޑިން ގޭޓް
- ފަސް ބެގޭޖް ކްލެއިމް ބެލްޓް
- 14 އެސްކަލޭޓާސް
- 4 ވޯކަލޭޓާސް
- 41 އެލިވޭޓާ
- ޕްރޮޖެކްޓްގެ އަގު : 457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ)
އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އާ ޓާމިނަލް އަންނަ ހޮނިހިރު ދުވަހުގެ ރޭ ހުޅުވާ އިރު ފަސިންޖަރުންނަށް ދޭ ހިދުމަތްތަކުގެ ސްޕީޑު ވެސް 30 ޕަސެންޓް އިތުރުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
25 July 2025
އެއަޕޯޓްގެ އިންޓިރިއަރ ޑިޒައިނާއި ބައެއް އެހެން ބަދަލުތައް ރާއްޖޭގެ މާހައުލާ އެއްގޮތަށް 2019 އަހަރު ގެ ތެރޭގައި ބަދަލުގެނެވިފައިވޭ. 2016 ވަނަ އަހަރު ފެށި ޕްރޮޖެކްޓް ހުއްޓިފައިވަނިކޮށް 2019 ވަނަ އަހަރު އަލުން ބިންލާދިން ގްރޫޕާއި ޙަވާލުކޮށްގެން މަސައްކަތް ނިންމިފައިވަނީ. 2019 ފެށުނުއިރު އެއަޕޯޓް ފައުންޑޭޝަންގެ ބައެއް ބުޑުތައް އަޅާފައިވޭ. އެއަޕޯޓްގެ މަސައްކަތް ނިމުނީ މިހާރުގެ ސަރުކާރުގެ ދުވަހު. އަދި އެއްބައި މުޅިން ނިމުނީކީ ނޫން. އަދިމަސައްކަތްއޮތީ.
މޮހޮނު2
24 July 2025
މީގެން މަށަށް ފާހަގަވީ އެއްވެސް ސަރުކާރަކުން ރާއްޖޭގެ އެހެން ހިސާބެއް ތަރައްގީ ކުރަން ބޭނުންނުވާކަން. ޑިމާންޑް އޮވެމެ އައްޑޫ ހުވަދޫ ނުވަތަ އުތުރުގައި ޒަމާނީ އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރަން ބޭނުން ނުވަނީ ކީއްވެބާ. ޑީމާންޑް އެބަޮއތޯ އެކަމް މިހާރު ޖާގަ ނެތިގެން އިތުރު ފްލައިޓްތަކަށް ސްލޮޓް ނުދެވޭޔޯ. ނިކަން ރީއްޗެއްނު މިވެރިން
އަފްރާސިޔާބު
24 July 2025
އަހަރެން ކުރިން ހީކުރީ އެމްއޭސީއެލް އަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއްކަމަށް. އެކަމަކު މިހާރު މިއެނގުނީ އެއީ ކުންފުންޏެއްނޫންކަމާއި މިއަދު ކުންފުންޏަކަށްވެ ފުޅާކުރުމަށް ފުރުސަތު ލިބުނު ކަން.
އޮނަރަބްލް އަފީފު ދީދީ
24 July 2025
ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް އެޤައުމުގެ އެންމެބޮޑު އެއަރޕޯޓާއި އަދި ތަރައްޤީވަމުން އަންނަ ކުދިކުދި އެއަރޕޯޓާއިދެމެދު މިފަދައަގުތައް ނެގުމުގައި ވަރަށްބޮޑަށް ތަފާތުގެންގުޅޭ. ބޭނުމަކީ އެފަދަ އެއަރޕޯޓްތަކަށް ޖައްސާ ފްލައިޓްތަކަށް ލުއިދީގެން އެތަންތަނަށް ކުރިއެރުން ހޯދާދިނުން. މިކަންކަމަށް ބެލުމެއްނެތި ކ.މާލޭ އެއަރޕޯޓާއި އެއްވަރުއަގެއް ގޭން އެއަރޕޯޓުން ނެގުމުގެބޭނުމަކީ މިތަނަށް ޝެޑިއުލް ދަތުރުކުރާ ސްރީލަންކަންގެ ދަތުރު ހުއްޓުވަން ކުރިކަމެއް.
އުސްމާނު .
24 July 2025
މިއީ ކިހިނެއް ވެގެން އުލޭ މީހެއް. ކޮން ކާފު އަތޮޅެކޭ ކިޔާކަށް. މާލެ އަކީ ދިވެހިރައްޖޭގެ ވެރިރަށް. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ވެރިކަން ކުރާ ރަށާއި އެހެން ރަށްތައް ތަފާތުވާނެ. ގެސްޓުމީހާ އަށް މިހާރުވެސް މާލެ އައިސްފަ ހަނިމާދޫ އަށާއި އައްޑޫ ގަމަށް ވެސް ދެވޭނެ. ކޯޗެކޭ ކިޔާކަށް.
އޮނަރަބްލް އަފީފު ދީދީ
24 July 2025
ޤާނޫނަށް އިސްލާޙްގެނެސް ރާއްޖެއިން ބޭރަށްފުރާ ބިދޭސިންގެ އަތުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗަރ ޗާޖް އާއި އެއަރޕޯޓުގެ އެހެނިހެން ފީތައް ބޮޑުކުރި އިރު ދައުލަތުން 5 ބިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން ތަރައްޤީ ކޮށްފައިވާ ކ.މާލޭ އެއަރޕޯޓުން ނަގާ މިދެންނެވި އަގުތަކާއި އެއްވަރަށް އިރުވާހުދު ޖައްސާން ދޫކޮށްފައިއޮތް ހަނިމާދޫ އެއަރޕޯޓާއި އައްޑޫ GAN International Airport އެއް މިންގަޑަކުން އެއްވަރަކަށް އަގު ނަގާން ނިމި ނިންމުމަކީ ވަރަށް ބިޑު ގޯހެއް.
އޮނަރަބްލް އަފީފު ދީދީ
24 July 2025
އަމިއްލައަށް އިސްނަގައިގެން ސްރީލަންކަން ކޮލަމްބޯ ގޭން ޝެޑިއުލް ދަތުރުތައް ފެއްޓުމަކީ ކ.މާލޭގެ ބިންވެރިންނާއި އެސަރަޙައްދުގެ ރިސޯޓް ދައުދާޤަރުންގެ އިތުރުން ސީދާ މާލޭސަރުކާރުގެ ބޮޑުންވެސް އެހާބޮޑަށް ގަޔާވި ކަމެއްނޫން. ކ.މާލޭ އެއަރޕޯޓަކީ 15 ބިލިޔަން ޑޮލަރު ޙަރަދުކޮށް ތަރައްޤީ ކުރި ތަނެއް. އައްޑޫ އެއަރޕޯޓުންވެސް އެހުރިހާ ފީތަކެއް އެއްއަގެއްގައި ނަގާނަމަ އައްޑުއަށް ދަތުރުކުރާނެ ބަޔަކު ނުވާނެ. މިއީ އައްޑޫމީހުނަށް އައްޑޫ އިޤްތިސޯދަށް ކުރި ޖެއްސުމެއް.
ސަލީމު އިދުރީސް
24 July 2025
އޭތް އަފީފު ދީދީ ކޯކޭ ތިބުނީ 15 ބިލިއަން ޑޮލަރޭތޯ؟ ހާދަބޮޑު އަދަދެކޭ! ތިލޯނުދައްކަން އިރުރައް ޓޫރިޒަމް ޓެކުހާ ފީތައް ނަގާ ގައުމުގެ ޓޫރިޒަމް ފުނޑާ ނުލާތި
އަލީބެ
24 July 2025
ޓާރމިނަލްގެ ޚިދުމަތް ހެނދު 6 ން ހަވީރު 3އަށް ވީމަ ތީ ވަރަށް މަދުވަގުތުކޮޅެއް. ހުރިހާ ވަގުތެއްގަ ފުލައިޓް ޖެއްސޭ ގޮތެއް އަދިވެސް ނުވަނީ ބާ.
ޑިފިކަލްޓްޓުފިލްދިފްލައިޓް
24 July 2025
އެހެން ވާކަމެއްނޫން. ސީޕްލޭން އަކުން ރިސޯޓަކަށް ދާމީހާ 3 ގެ ފަހުނއ އެރައިވްވެގެން އެދުވަހުން އެދުވަހަށް ސީޕްލޭންގަ ރިސޯޓަކަށް ނުދެވޭ. ނޯ ޓައިމް
ޒ
24 July 2025
7-8 ޕަސެންޓް އާމްދަނީ އިތުރުވިޔަސް ނިކަމެތި ރައްޔިތުނަން ވާނެ އެއްވެސް ފައިދާއެއް ތިއަކުންނޯންނާނެކަމީ އެއްވެސް ޝައްކެއްވެސް އޮތްކަމެއްނޫން. މިހާރު ބޮޑުކަންދީފަ، ވައްދާފަތިބިހާ މީސްމީހުންނަށާ ވެރިންނަން ހަމަތީގެ ނަފާ އޮތީ. މިފަހަރު ކިތައްމީހުންނަން ވަޒީފާ ތި ބަހާލީ.
އެންޑްރޫ
24 July 2025
600 މިލިޔަން ޑޮލަރު ހަރަދު ކޮއްފަ އެންމެ 8 ޕަސެންޓް. ވެރިކަން ބަދަލުވީމަ އިނގޭނީ އަސްލު މި ވާގޮތް
މައްކުބޭ
24 July 2025
އާމްދަނީ އިތުރު ވިއެއްކަމަކު އިތުރަށް އެހާ ބައިވަރު މުވައްޒަފުންނަގާ މުސާރަ އެހާ ބޮޑުކޮށް އަދި އިތުރު އެތައް ގުނަޔަކަށް މެއިންޓަނަންސް އިތުރުވެގެންދާއިރު ނެންގެވި ލޯން ދައްކާލެވޭވަރުވެސް ވެއްޖިއްޔާ ރަނގަޅު.
އ އަހްމަދު
24 July 2025
އަޅުގަޑުހިތަށް އަރަނީ ކީއްވެބާއޭ އާޓާމިނަލް ހުޅުވިގެންދާއިރު ރާއްޖެއަށް ދަތުރުކުރާ މަސްހޫރު އެއަރލައިންތަކަށް ހުޅުވާނުލާ ހަމައެކަނި ގައުމީ އެއަރލައިންއައް ފުރުސަތުދެނީ އެއީ ރައިސް ޔާމީނާ އެހެންރައިސުންގެ ތަފާތު އެމަނިކުފާނު އާ ރަންވޭހުޅުއްވާދެއްވީ މިގައުމަށްމިހާތަނައް ދަތުރުކުރި އެންމެ ބޮޑުފުލައިޓުން އެމަނިކުފާނުހުންނެވިނަމަ މިފަހަރު ތިޔަޓާމިނަލް ހުޅުވާދެއްވީހީ އެފަދަތާރީހީ ގޮތަކަށްކަންޔަގީން. ޝުކުރިއްޔާ ރައީސްޔާމީން
އަފްރާސިޔާބު
24 July 2025
އެފަދަ ތާރީޚީ ގޮތަށް އަލަށް ފްލައިޓެއް އުފައްދައި މުޅިން އާޕައިލެޓުންލައި ކްރޫން ލައިގެންތަ؟