އއ. މާނޮސް ދޯންޏެއްގައި އެއްޗެއް ގޮވި ހާދިސާގައި ފިހުނު މީހެއް -- ފޮޓޯ: މިހާރު
26 ޖުލައި 2025 - 23:52
އއ.މާޅޮހުގެ ފަޅު ތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
ފުލުހުން ބުނީ، މިރޭ 8:45 ހާ އިރު ހިނގި އެ ހަދިސާގައި ދޯންޏެއްގައި އެއްޗެއް ގޮވައިގެން ފިހިފައިވަނީ ދެ ބިދޭސީން ކަމަށެވެ.
އެ ދެ މީހުންނަށް މާޅޮހުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގީ އެރަށުގެ "ނަސްރު 7" ނަމަކަށް ކިޔާ ދޯންޏެއްގަ އެވެ. އެ ދޯނީގެ ވެރިފަރާތް އަހުމަދު ލަތީފު ބުނީ، އެ ދޯންޏަކީ ވެލިނަގާ ހެދުމަށް ގެންގުޅޭ ދޯންޏެއްގައި ކަމަށާއި، ފިހުނީ ދޯނީގައި ގެންގުޅޭ އިންޑިއާއަށް ނިސްބަތްވާ ދެ ބިދޭސީން ކަމަށެވެ. އެ ހާދިސާގައި ފިހުނީ 40 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެކެވެ.
އެ ދެ މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރިއަށްދާއިރު "މިހާރު" އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ދެ މީހުންގެ ހަށިގަނޑުގެ ގިނަ ތަންތަން ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.
ލަތީފު ބުނި ގޮތުގައި، އެ ދޯނީގައި ގޮވާފައިވަނީ އިންޖީނުގެ ބެޓެރިކަމަށް ބެލެވޭ ކަމަށާއި އެކަމަކު މާބޮޑު ތަފްސީލެއް އަދި ސާފުނުވާ ކަމަށެވެ. އެ ހާދިސާގައި ދެ މީހުން ފިހުނު ނަމަވެސް، ދޯންޏަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މެކޭނިކް
28 July 2025
ބެޓަރި ކިތަންމެ މޮޅަސް ނެގެޓިވް އާއި ޕޮޒެޓިވް އެއްވެ، ޝޯޓްވެއްޖެއްޔާމުން ބެޓަރި ގޮވާފާނެ! ގިނަފަހަރަށް މިކަން ދިމާވަނީ ބެޓަރި ކްލިޕް ބާރުކުރުމުގެތެރޭގައި ދެ މޫޓުގައި ރެންޗް ޖެހިގެން ނުވަތަ ދެ މޫޓުގައި ޖެހޭގޮތަށް ރެންޗް ބޭއްވިގެން.
raajje
27 July 2025
ރާއްޖޭގައިދުށްވާ ދޯނިތަކުގައި އިންޖީނުސުޓާޓުކުރުމަށް ބޭނުންކޮށްފައިހުންނަނީ "މެރިންގގުރޭޑްލެޑްއެސިޑްބެޓަރި" މީ މެއިންޓަނެންސްފުރީކޮށް ސީލްޑުކޮށްފައިހުންނަ ބެޓަރީއެއް، މެރިންގުރޭޑްގެމާނައަކީ ކަނޑުގައި ދޯނިތަޅުވާ ހަދާއިރުވެސް އެފަދަމާހައުލެއްގައި ހަލާކުނުވެ ގިނަދުވަހު ބޭނުންކުރެވޭވަރުގެ ރަނގަޅުފެންވަރެއްގައި ހުންނަބެޓަރި، ދޯނިތަކުގެބެޓަރި ޗާޖުކުރަންބޭނުންކުރާ މެކޭނިޒަމްގައި އޯވަރޗަރޖު ޕުރޮޓަކުޝަންހުންނާނެ، އެހެންވީމާ ބެޓަރިގޮވުމުގެ ފުރުސަތުކުޑަ
ޞަލްމް
27 July 2025
އަމިއްލައަށް އައިސް ތިބުނާ ބެޓަރީ އިންސްޓޯލް ނުވާނެ.