މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ: ކުރީގެ ރައީސް މުރްސީގެ ސަރުކާރު ވައްޓާލުމުގައި އިސްކޮށް ހުންނެވީ ސީސީ. --ފޮޓޯ:ރޮއިޓާސް
29 ޖުލައި 2025 - 05:52
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުވޭނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކަމަށް ވިދާޅުވެ މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ޓްރަމްޕަށް އާދޭސް ދަންނަވައިފި އެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ހިތާބުގައި ސީސީ ވަނީ 21 މަހަށް ވުރެ ގިނަ ދުވަސް ފަހުން "ހަނގުރާމަ ހުއްޓުވައި، އެހީތެރިކަން ފޯރުކޮށްދީ، މި ހިތާމަތައް ނިމުމަކަށް ގެނައުމުގެ ގާބިލުކަން ހުރި ބޭފުޅަކީ ޓްރަމްޕް" ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށެވެ.
"އެހެންވެ، އަޅުގަނޑު ހާއްސަ އިލްތިމާސެއްގެ ގޮތުން، އިއްޒަތްތެރި ރައީސް ޓްރަމްޕުގެ ކިބައިން މި އެދެނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށްކުރެވެން އޮތް ކޮންމެ ކަމެއް ވެސް ކޮށްދެއްވުމަށް. އަދި އެހީގެ ސާމާނު ވެއްދުމަށް ފުރުސަތު ދިނުމަށް،" މިސްރުގެ ރައީސް ވިދާޅުވި އެވެ.
"ހަނގުރާމަ ހުއްޓާލަންޖެހޭ ވަގުތު މި ވަނީ އައިސްފައި،" ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ކުރާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އެއް ގައުމު ކަމަށްވާ މިސްރުގެ ރައީސް ވިދާޅުވި އެވެ.
ޣައްޒާގެ ދެ މިލިއަނަށްވުރެ ބޮޑު އާބާދީ މިހާރު ވަނީ ބަނޑަށްޖެހިފަ އެވެ. ހައިހޫނުކަމުގައި މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.
ޓްރަމްޕު އިއްޔެ ވަނީ ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެއްބަސްވެއް ގާއިމުކުރުމަށް އަދިވެސް ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ. އޭނާ މިހެން ވިދާޅުވެފައި މި ވަނީ ޣައްޒާގައި ހައިހޫނުކަމުގެ މައްސަލަ ބޮޑުވެ ފާޑުކިޔުން ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަތަނިޔާހޫ
29 July 2025
މަގާމުގެ ދިފާއުގަ ސީސީ މޮޅު ވާހަކަ ދެއްކިޔަސް ހަގީގަތަކީ އިޒްރޭލުގެ އަނިޔާވެރިކަމުގެ ޒިންމާ ނަގަންޖެހޭ އެއް ފަރާތަކީ ސީސީ ކަން. ފަލަސްތީނު މިނިވަންވާ ދުވަހަކުން އަދުލު އިންސާފުގެ ކުރިމައްޗަށް ސީސީ ހާޒިރުކުރެވޭނެ. އިޒްރޭލުގެ ޖަރީމާތަކަށް ލޯމަރާލައިގެން ސީސީއަށް ތާއްބަދަކު ނުހުރެވޭނެ.
ދަނޭ
29 July 2025
މިނިވަންކަމުގެ ޖިހާދު ކުރަން ބޭނުން ނުވާ އަރަބި ވެރިންނަށް އޮތީ އަޅުވެތި ކަމުގެ މޮޅިވެރި ސާލު ލައިގެން ރޯން ތިބުން
ހަސީނ
29 July 2025
ކަމެއްނުކުރެވޭތާންގައި އަނގަނާރުވާ ހުންނަ ނަމައޭ މަގޭހިތަށް އަރާ ، މިކަލޭގެ ކުރިން ބުނި ޔަހޫދީ ޓެރެރިސްޓް ސިފައިން ރަފަހަށް އަރައިފިއްޔާ ތި ދެން ރަތްރޮނގު ހުރަސްކުރިއްޔޯ ، ކޮބާ މިހާރު އެ ރަތް ރޮނގު ފުހެލީތަ؟
ލެއްގިކޮމިޝަނަރ ޕުރޯ
29 July 2025
ޥާނުވާނެންގޭ މީހުން މިތާ ކޮމެންޓްކޮށް، އިޒްރޭލާދުކޮޅަށް ބޮޑެތި މުޒާހަރާކޮށް، މާލެއާ ހުޅުމާލޭގަ ހުރި ޕިއްޒާހަޓާ ކޭއެފްސީ ބަންދުކޮށް، ކޯކާ ފެންޓާ ބޮއިކޮޓްކުރީމަ މަހީކުރީ މިހާރު ހަނގުރާމަ ހައްޓާލާފިކަމަށް! ކަލޯމެނޭ އެކަން އަދިވެސް ނުނިމޭތަ؟ ދިވެހިންގެ ފަރާތުން މިހާބޮޑެތި ގެއްލުން ދިނީމަވެސް ހަނގުރާމަ ނުހުއްޓަންޏާ މަށަށް ފެންނަނީ މިއުޅޭ މޮޅެތި ދިވެހިންތައް އިޒުރޭލަށްއަރާ ހަމަލާދީ އެގައުމުހިފާ، ނަތަންޔާހޫއާ ހުރިހާ ސިފައިން ހަމާސް ޖަމާއަތާ ހަވާލުކުރަން
ދި އެންޑް އޮފް އިޒްރޭލް
29 July 2025
ކަލޭ ހިތުން ލައްކަމޮޅު އެއްޗެއް ތިބުނީ. އިޒްރޭލުގެ ނިމުން ވަރަށް ވޭންދެނިވި ގޮތަކަށް އަންނައިރު ކަލޭ އިޒްރޭލު ދިފާއުކުރަން އިޒްރޭލުގަ ހުންނައްޗޭ އިނގޭ. އަހަރުން ތިބޭނަން ކަލެއާ ކަލޭގެ ޔަހޫދީ އައުވާނުންނަށް އިޒްރޭލު ދިފާއު ކުރެވޭވަރު ބަލަން.
މާލު
29 July 2025
ނުބައި ނުލަފާ ސީސީ، ޓރރސޓ ޓްރަމްޕް ކައިރީ ކުޑަކުއްޖަކު ރޯފަދައިން ކަލޭ ރޮނީތަ، އެތަށްދުވަހަކު އަސްކަރިއްޔާގައި އުޅުނު ފިރިހެނެކޯ އެކަމު ހީވަނީ ޅަބުޅާ ގަނޑެއްހެން، މީ ހުޅަނގުން މުސްލިމުގައުމުތަކުންގެ ވެރިން ބައިތިއްބައް ބޭނުން ވާގޮތް
ައަވަބް
29 July 2025
މުހައްމަދު މުރުޝީ ރުނިޔޭގައި ހުންނެވިނަމަ އިޒްރޭލަށް ތިތާ ތިވަރަށް ނުފުއްޕޭނެ. މުރިޝީ ޝަހީދުކުޅައީ ސީސީގެ ބައިގަނޑު
އަހުމަދު މީމު
29 July 2025
މިނުލަފާ ސީސީ.އޭ މިސްރުގަ އޮތް އިސްލާމީ ވެރިކަން ވައްޓާލީ މުރުސީ ޖަލައްލާފަ މަރާލީ މީނަ އެކަންކުރީ ޔަހޫދީންނާ ދެކޮޅު މީހަކަށް ވާތީ
އަޅުދާސް
29 July 2025
އިސްލާމީ އުއްމަތާއި، ފަލަސްތީނުގެ ނިކަމެތި ހާލަތުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭ ބަޔަކީ ވެރިކަމުގެ ދަހިވެތިކަމުގައި އަޑިއަޑިން އިޒްރޭލާ ގުޅުން އުފައްދައިގެންތިބި، އަދި ހުޅަނގާއި އެމެރިކާގެ ތައްޕާހަަށް ވެެއްޓިފައިތިބި އަރަބި ވެރިންތައް. މީ ކަލޭމެން ވެރިކަމުގެ ޖާހަށްޓަކައި އުއްމަތުގެ ސަމާހަތު ވިއްކާލުމުގެ ހިތި ނަތީޖާ. ފަރަންޖީއަކަށް ތިހެން މިއަދު އާދޭސްކޮށް އަޅުދާސްވާކަށް ނުޖެހުނީސް އެހެން ނޫންނަމަ.
މޮގޮމްބޯ
29 July 2025
މިމީހުން ހާދަ ބަލިކައްޓޭ، އެކަމަކު އަގައިން ވަރަށް މޮޅުވާނެ. އަތުން ފައިން ކުރަން އެގޭ ކަމެއް ނެއް ބަޔަކަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެއް