މި ބިންހެލުމުގެ އިހުސާސްވި ކަމަށް މާލޭގައި ދިރިއުޅޭ ބައެއް އާންމުންގެ މީހުން ސޯޝަލް މީޑިއާގައި ބުނެފައިވޭ.
ބިންހެލުން އައި ސަރަހައްދު: މި ބިންހެލުން އައިސްފައި ވަނީ އިންޑިއާގެ ނިކޮބާ އައިލެންޑްސް ކައިރިއަށް.
29 ޖުލައި 2025 - 01:25
އިންޑިއާގެ ނިކޮބާ އައިލެންޑްސް ކައިރިއަށް 6.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް ރޭ އަތުވެއްޖެ އެވެ.
އިންޑިއާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޮބާ އައިލެންޑްސް ކައިރިއަށް މި ބިންހެލުން އައިސްފައި ވަނީ ރާއްޖެ ގަޑިން ރޭ 11:40 ހާއިރެވެ.
އިންޑިއަން ސުނާމީ އާލީ ވޯނިން ސެންޓަރު (އައިޓީއީޑަބްލިއުސީ) އިން ދެންމެ ނެރެފައިވާ ބުލެޓިންއެއްގައި ބުނީ، 6.6 މެގްނިޓިއުޑްގެ ބާރުމިނުގައި މި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 43 ކިލޯމީޓަރު އަޑިން ކަމަށެވެ. މިހާތަނަށް ބެލިބެލުމުން މި ބިންހެލުމުގެ ސަބަބުން އިންޑިއާގެ ކަނޑުގެ އެއްވެސް ގައުމަކަށް ނުރައްކަލެއް ނެތް ކަމަށް އެ ސެންޓަރުން ބުންޏެވެ.
Tsunami Warning Centre, @ESSO_INCOIS detected an #earthquake of M 6.6 on 29 July 2025 at 00:11 IST (28 July 2025 at 18:41 UTC) @ Nicobar Islands, India Region (Location: 6.63 N, 93.14 E)
— INCOIS, MoES (@ESSO_INCOIS) July 28, 2025
NO TSUNAMI THREAT to India in connection with this earthquake. https://t.co/YJ3rTlWKIN pic.twitter.com/yIfgbfiMdj
މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް އެ ސެންޓަރުން ނެރެފައެއް ނުވެ އެވެ.
ނިކޮބާ އައިލެންޑްސް އޮންނަ ސަރަހައްދަކީ ވަރަށް އާންމުކޮށް ކުދި ބިންހެލުންތައް އަންނަ ސަރަހައްދެކެވެ.
މި ބިންހެލުމާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައި ނުވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވެސް ބުންޏެވެ.
ޖާމަން ރިސާޗް ސެންޓާ ފޯ ޖިއޯސައިންސް (ޖީއެފްޒީ) އިން ބުނީ ނިކޮބާ އައިލެންޑްސް ކައިރިއަށް 6.2 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައި ކަމަށް ރޭ ރެކޯޑްކުރެވިފައިވާ ކަމަށެވެ. އަދި އެމެރިކާގެ ޖިއޯލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ އިންޑޮނޭޝިއާގެ ސަބަންގުއާ 258 ކިލޯމީޓަރު ދުރުން 6.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް އެ ސެންޓަރަށް ރޭ ރެކޯޑްކުރެވިފައިވާ ކަމަށެވެ.
އިންޑޮނޭޝިއާގެ ސަބަންގު އާއި އިންޑިއާގެ ނިކޮބާ އައިލެންޑްސްއާ ދެމެދުގައި ހުންނަނީ 807 ކިލޯމީޓަރުގެ ދުރުމިނެވެ.
An earthquake of 6.2 magnitude has occurred near Nicobar Islands, India Region pic.twitter.com/ug2OALHtws
— Maldives Meteorology (@MetMaldives) July 28, 2025
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. މި ބިންހެލުން އައިސްފައި ވަނީ ރާއްޖެއާ 2،215 ކިލޯމީޓަރު ދުރުން 6.2 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށް އެ އޮފީހުން ބުންޏެވެ.
ނަމަވެސް، ސޯޝަލް މީޑިއާގައި އާންމުންގެ ބައެއް މީހުން ބުނެފައިވާ ގޮތުގައި، މާލޭގެ ބައެއް ހިސާބުތަކަށް މިރޭ ބިންހެލުމުގެ އިހުސާސްކުރެވުނެވެ. ގޭތެރޭގައި ހުރި އެއްޗެހި ގުޑި ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
29 July 2025
ބިން ހެލުމެއް އައުމުން އޭގެ އަސަރު ރާއްޖެ އަށް ކުޑަ ކޮށްވެސް ކޮށްފި ކަން އެނގިއްޖެނަމަ ކޮށްފި އެނގިއްޖެނަމަ މޫސުމާ ބެހޭ އިދާ ރާ އިން އަވަހަށް ނޫސްތަކަށް އެމައުލޫމާތޫ ދޭން
ސޯޅަ
29 July 2025
6 ވަނަ ފްލޯރ ގައި އޮއްވާ އެނދު ދެއަތަށް ޖެހިލި.
ފަރު
29 July 2025
ހުޅުމާލޭގެ އިމާރާތެއްގެ ފަސްވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައި މިއުޅެނީ ސޯފާގަ އޮތްވާ ސޮފާ ތެޅެންފެށި ގައިމުންވެސް އެވަގުތު ގޭމީހުންކައިރީގައި ބުނެވުނު ބިންހެލުމެކޭ
ބިންހެލުން
29 July 2025
ބިން ހެލުމުގެ އަސަރު ކުރި 12.05 ހާއިރު އިށީދެގެންއިން ސޯފާ ދެއަތަށް ހެލެމުން ދިޔަ. ބަހައްޓާފަ އިން ގަހެއްވެސް ހެލުނު. މީ ހުޅުމާލެ. ގާތްގަނޑަކަށް މިނިޓެއްހާއިރަށް އަސަރު ހުރި.
ޅަސޮރު
29 July 2025
ސުނާމީގެ އސަރެއްނުކުރާނެއޭ ބުނީ
ދޮންމަރިޔަމް
29 July 2025
އެނދުގައި އޮތްއިރު މުޅިއެނދު ހެލިގަނެގެން ދިޔަ ! އިމާރާތެއްގެ ތިންވަނަ ބުރިޔަށް ވަރަށް ބޮޑަށް ބިންހެލުމުގެ އަސަރު ކުރި ! ހުރިހާކުދިން ދުވެފައި ސިޓިންގ ރޫމަށް ނުކުތް ! ކޮޓަރީގައި އިން ފަންކާވެސް ހެލެންފެށި ! މިވަރުންވެސް ތިބުނަނީ އަސަރެއް ނުކުރެއޭ !
ޖޯހޫ
29 July 2025
ތި އިމާރާތް މާ ބަލިކަށީ
ސފދަ
29 July 2025
ﷲއަށް ބިރުވެތިވޭ. މީ އިންޒާރަކަށް ފުދޭ ވަރުގެ ހެލުމެއް.