ނިކޯބާ އައިލެންޑްސް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރި ކަމަށް މެޓް އޮފީހުން މިހާރު ވަނީ ބުނެފައި.
29 ޖުލައި 2025 - 08:09
އިންޑިއާގެ ނިކޯބާ އައިލެންޑްސް ކައިރިއަށް ރިކްޓަ މިންގަނޑުން 6.2 ގެ ބާރުމިނުގައި އައި ބިންހެލުމަށް ފަހު ރާއްޖެއަށް ވެސް ލޮޅުމެއްގެ އަސަރު ރެކޯޑްކުރެވިފައިވާ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭ ގަޑިން ރޭ 11:41 ގައި އައި ބިންހެލުމަށް ފަހު މާލެ އާއި ހުޅުމާލެއަށް ވެސް ލޮޅުމެއްގެ އަސަރުކުރި ކަމުގެ ރިޕޯޓްތަކެއް ލިބުނު ކަމަށެވެ.
"...ބިންހެލުމާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ. އަދި ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑްކުރާ މީޓަރަށް، ރާއްޖޭ ގަޑިން 23:48 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ވަނީ ރިކޯޑްކުރެވިފަ އެވެ." މެޓް އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
މެޓް އޮފީހުން ބުނީ އިންޑިއާ ކަނޑުގެ އިރުމަތީގައި އޮންނަ ނިކޮބާ އައިލެންޑްސް ކައިރިއަށް އައި ބިންހެލުމުގެ ސަބަބުން ލޮޅުމެއް އައި ނަމަވެސް މިކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އިންޑިއަން ސުނާމީ އާލީ ވޯނިން ސެންޓަރު (އައިޓީއީޑަބްލިއުސީ) އިން ބުނެފައިވާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 43 ކިލޯމީޓަރު އަޑިއަށެވެ. މި ބިންހެލުމުގެ ސަބަބުން އިންޑިއާގެ ކަނޑުގެ އެއްވެސް ގައުމަކަށް ނުރައްކަލެއް ނެތް ކަމަށް އެ ސެންޓަރުން ވެސް ބުނެފައިވެ އެވެ. އަދި ސުނާމީއެއް ވެސް ނުއުފެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މެޓާ
29 July 2025
މެޓް އުވާލާ
އައްޑޫކުއްޖާ
29 July 2025
އެކި ފަހަރު އެކި ގޮތައް މަޢުލޫމާތު ދެނީ. އިތުބާރު ގެއްލިއްޖެ.
ސުހާނާ
29 July 2025
ކަލޭ އިތުބާރު އޮތް މީހާ މަޢުލޫމާތު ދޭން ހަވާލުވާންވީނު.
ކޮރަލް
29 July 2025
ބިންހެލުމެއްގެ އަސަރު ރާއްޖެ އަށް ކުޑަ ކޮށް ކުރިއަސް ލަސް ނުކޮށް އަވަހަށް މޫސުމާ ބެހޭ އިދާރާއިން ނޫސްތަކަށް މައުލޫމާތު ދީ އެވާހަކަ ޖަހަން ވާނެ އެވެ.
ވިނަވި
29 July 2025
U.S. Geological Survey އަށް ވުރެވެސް މާކުރީގަ ޜާއްޖޭގެ މޫސުމާބެހޭ އިދާރާ މިއުޅެނީ. USGS ބުނަނީ 6.5 ބާރުމިނުގަ 10 ކިލޯމީޓަރު އަޑިންކަމަށް.
ޓޭސީ
29 July 2025
ކިހާދެރަކަމެއް. ބަޔަކު ހަޅޭލާ ނުގަންނަނީހުން ނޭނގޭ ހަމަ އެއްކަމެއްވެސް ކުރަން. ކުރިންވެސް ތިހެން ބުނނެވެން އޮތެއްނު
އޮނަރަބްލް އަފީފު ދީދީ
29 July 2025
މެޓް އޮފީހުން ބުނެފައިވަނީ "...ބިންހެލުމާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ" ކަމަށް. މިހެން ބުނުމުން އެއީ ޝައްކެއްގެ ތެރޭގައި ހީވާ ހީވުމަކަށް ނުވަތަ ކޮންމެވެސް ބަޔަކު އެހެން ބުނެގެން މެޓް އޮފީހުން ދެން އެ ވާހަކަ ބުނެލީ ހެން ހީވާ ކަހަލަ ގޮތަކަށް ބުނެފައިވާ އެއްޗެއް ނުވަތަ އެކަން މުޅިން ޤަބޫލު ކުރާން ނުޖެހޭ ފަދަ ގޮތަކަށް ލިބުނު ޙަބަރެއް ދެން ބުނެލީ ކަމަށް ހީވާ ފަދަ ގޮތެއްވެސް އެބަހުރި.
މެޓް ބޯއި.
29 July 2025
ލިއުންކިޔާ ނިމުނުއިރު މަގޭ ހިތަށްވެސް އެރީ ހަމަ ތިހެން. ކޮމެންޓް ބަލާލިއިރު ދީދީ ތިއޮތީ ހަމަ އެވާހަކަ އެގޮތަށް ލިޔެފައި. އަސްލުވެސް މެޓުން ބުނަން އުލޭހެން ހީވަނީ އެދެން މުޅިން ޔަގީން ވާހަކަ އެއްނޫނޭ އެކަހަލަ އަޑެއް އެބައިވެއޭ.
ައަސަަފަފަ
29 July 2025
ޝުކުރިއްޔާ