ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އޮފީހަށް ވަންނަނީ.--- ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު
29 ޖުލައި 2025 - 22:44
ހުރިހާ ސިވިލް ސާވަންޓުންގެ މުސާރަ މި އަހަރު ބޮޑު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާތީ އެ ކަމަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދަވާ ކަމަށް ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ލޯކަލް ގަވަމެންޓް މިނިސްޓްރީގެ މި އަހަރުގެ "މެދު މުރާޖައާ" ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ މަޝްވަރާތައް ވަރަށް ފުޅާދާއިރާއެއްގައި ކަމާ ގުޅޭ މުއައްސަސާތަކާ އެކު ކުރައްވަމުން ގެންދަވާ ކަމަށް ސީއެސްސީގެ ރައީސް ނާސިހު ވިދާޅުވިއިރު، ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
ސީއެސްސީގެ ރައީސް މިއަދު ވިދާޅުވީ، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ޕޭކޮމިޝަނުން އެކިއެކި މިނިސްޓްރީތަކާ ވެސް މިހާރު ބައްދަލުކުރަމުން އަންނަ ކަމަށެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީގެ މިއަދުގެ ބައްދަލުވުމުގައި ސީއެސްސީގެ ރައީސް ނާސިހު ވާހަކަ ދައްކަވަނީ.---ފޮޓޯ ލޯކަލް ގަވަމެންޓް މިނިސްޓްރީ
މުސާރަ ބޮޑުކުރުމާ ގުޅުވައިގެން ނާސިހު ވިދާޅުވީ، ޑިއުޓީގައި ކުރަންޖެހޭ މަސައްކަތްތަކަށް ސިވިލް ސާވަންޓުން އިސްކަންދޭން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ވީހާ ވެސް ގިނައިން އޮފީހުގައި ވަގުތު ހޭދަކުރުން އޭނާ ފާހަގަކުރެއްވި އެވެ. ދެން ވިދާޅުވީ، ރަސްމީ ގަޑީގައި މަސައްކަތް ނުކޮށް، އިތުރު ގަޑީގެ ފައިސާ ހޯދުމުގެ ބޭނުމުގައި ރަސްމީ ގަޑީގެ ބޭރުން މަސައްކަތް ކުރުން އެހާ ރަނގަޅު ނޫން ކަމަށެވެ.
ސިވިލް ސާވިސްގައި މި ވަގުތު 30،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ އަށް 12 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި އަހަރަށް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހިމަނާފައިވަނީ ޖުމްލަ 13.9 ބިލިއަން ރުފިޔާ އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ބައްދަލުވުމުގައި ސީއެސްސީގެ ރައީސް ނާސިހު މިއަދު ވިދާޅުވީ، އޮފީސްތަކުގައި ކަންކަން ހާސިލް ނުވާ ސަބަބު ބެލުމާއި ސެކްޝަންތަކުގެ މަސައްކަތްތައް ވެސް ދޭތެރެދޭތެރެއިން މުރާޖައާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަކަ
30 July 2025
ރަސްމީގަޑީގައި މަސައްކަތްނުކޮށް ބޭރުގަ އުޅުމަކީ "އެެހާ ރަނގަޅުކަމެއް ނޫން" ކަމަށް ސީއެސްސީގެ ރައީސް ވިދާޅުވަނީ. ކީއްވެތަ ސީދާކޮށް ބުނަން ނުކެރެނީ އެއީ މުޅިން މަނާ ކަމެކޭ، މުސާރަ އުނި ކުރެވޭނޭ؟
ޑެލޫލޫ
30 July 2025
މަގޭ އޮފީހުގަ މަށެއް އޯޓީއެއް ނުހަދަން. އެކަމަކު އޮފީހުގެ އިނދެގެން އަބާދު ހަޅޭލަވާފަ އޮފީސް ނިމުނީމަ އޯޓި ހަދަން ފަށާ މަންޖެއަކީ އެންނެ ގާބިލު މީހާކަމަށް ވަނީ
×ޒ
30 July 2025
އިންތިޚާބީ ސްޓަންޓް
ސިޔާސީ މިތުރު
30 July 2025
ޢެޗްޑީސީ ފަދަކުންފުނިތަކުގެ ހާލުތީ، ސިޔާސީންނަށް އިށިންނަ ގޮޑިގަޑު ދީގެން ޕްލާސްޓިކްގޮޑީގަ ވަރަށްހާލުގަ އިދާރީ ކަންކަމާފަންނީ މަސައްކަތުން ގައުމުހިންގަނީ ސިވިލްސާވަންޓުން،ކަމެއް ކުރަންޔާ ބޭކާރު ސިޔާސީން މަދުކޮށްބަލަ، އެމީހުނާހެދި އޮފީސްތެރޭގަ ހާދަ ބޮލަށްއުދަގޫވެޔޭ، އެމީހުންގެ އެންމެދަށް އެކެއްގެ 1 މަހު މުސާރަ ސިވިލް 3މީހުނާ އެއްވަރު، އެމީހުން އެބަބުނެލާ މި 5 އަހަރު ހައި ސެލަރީ ރެެސްޓު މޯޑުގަ ޗުއްޓީއެއް ހަދާލާ ދަރިންނަށް ފްލެޓް ހަމަކޮށްލަނީ ކަމަށް
22321
30 July 2025
ސިވިލްސާވިސް މީހުން މަދުކުރާ ވާހަކަ ނުދައްކާ، ސިޔާސީ ވަޒީފާތައް މަދުކުރުވަބަލަ، ބޭކާރު އެމްބަސީތައްހަދާ އެތަންތާވެސް އެބަތިބި ގުނާ އަދަދު ނުކުރެވޭވަރައް ބޮޑުމުސާރަދީފަ ބޭކާރު މީހުން، ސަރުކާރުގެ ކޮންމެ އޮފީހެއްގަ ޢެބަތިބި ބޭކާރު އެތައްސިޔާސީ ވަޒީފާ ބޮޑުމުސާރަދީފަ
މީހުންގިނައީއޭ
30 July 2025
ކިހިނެއްތޯ 20 ހާސް މީހުންގެ މުސާރަ ބޮޑު ކުރާނީ؟ އެވަރުގެ ހަކަތައެއް އިކޮނޮމީގަ ނެތް. ހަގީގަތުގަ ސިވިލް ސާވިސް އެބަޖެހޭ ރިފޯމްކޮށް މުވައްޒަފުން މަދުކުރަން. އޭރުން ކަންނޭނގެ މުސާރައަށް ގޮތްގޮތް ހެދޭނީވެސް.
ކުއްކޫ
30 July 2025
ޕްރިންޓްކޮށްލީމަ ފައިސާ ރުފިޔާއިން ހުންނާނެ، ޑޮލަރަކަށް އޭރުން ލިބޭނެ 30 ވަރަކަށް ރުފިޔާ. ރަނގަޅެއް ނޫންތަ؟ 15ރ އަށް ލިބޭނެ ބައި ޑޮލަރު.
ޒައިބް
30 July 2025
މުޅި ޤައުމުގައި ތިބި އެންމެ ބުރަމަސައްކަތް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ޓީޗަރުންނަށް ލިބޭ އޯޓީކޮޅުވެސް ވަނީ ލިމިޓްކޮށްފައި. ދެން ކިހިނެއް އެހެންކަމެއް ކުރާނީ. ސިފައިންނަށް ބޭސްފަރުވާ، ފްލެޓް، ދެން އޮތް އެއްޗެއް ލިމިޓެއް ނެތި.. އާއިލާ ވަންހަ ހުރިހާ އައުލާދުންނަށް.. އެކަމަކު ކުރާ ބުރަ މަސައްކަތާއި ބަލާފަ ޓީޗަރުން ގަނަތެޅެނީ.. އޯޓީ ލިމިޓްކޮށްފަ އެކަމަކު ހޮނިހިރެއް ކިޔާނެކަމެއްނެތް ހަތަރުދަމު މަސައްކަތުގައި
އޯވާބޯގޯސް
30 July 2025
އޯވާޓައިމް ނުދޭނަމަ އަަށަކާއި ދޭއްގެ ފަހުން މަށަކަށް ގުޅައިގެން ނުވާނެ. އެވަރިހަމަ މަސައްކަތް ކުރާތަން ނުހިނގި އެނެޖެންސީއަކަށް ދިޔަޔަސް. އިތުރު މަސައްކަތަށް އިތުރު އުޖޫރަ ލިބެންވާނެ. މަށަކީ އަޅެއް ނޫން.
ރާއްޖެ
30 July 2025
ގޭގަ ތިބެފަ ވެސް އެބަ ދޭ އޮފީހަށް ރޭގަނޑު ޕަންޗް އައުޓް ވާން. އަނބި ދަރިންނަށް ކާން ދެނީ ހަރާން ފައިސާ.
ޢެގް
30 July 2025
ޢެގްޒެކްޓް ލީ
ފޫހި
30 July 2025
އަހަރެންގެ ޚިޔާލަކީ ހުރިހާ ސިވިލް ސާރވިސް ފިރިހެން މުވައްޒަފުން ވަޒީފާ ދޫކޮށްލާފައި އުފެއްދުން ތެރި މަސައްކަތަކަށް ދާން. އޭރުން ހުރިހާގޮތަކުންވެސް ފައިދާކުރާނެ. އެމީހުންގެ އަނބިދަރިންނަށް ރަނގަޅު ހަލާލު ގޮތުގައި ކާބޯތަކެތި ހޯދައިދެވޭނެ. ގައުމަށް ފައިދާވާނެ. އަހަރެން ޝަކުވާކުރާކަށް ނެތިން. އެކަމަކު ބުނެލަންއޮތީ ގިނަ ދުވަހު ޚިދުމަތްކުރީމަ ތިޔަ ދޭ މެޑެލް މަށެއްބޭނުމެއްނޫނޭ. ސަބަބަކީ ވަޒީފާގައި އުޅޭއިރު ވަރަށް ބޮޑަށް ބޭއިންސާފުން ކަންކަންކުރާތީވެ.