ސޮނީ ހާޑްވެއާއިން ހިންގި ގަސް އިންދުމުގެ ހަރަކާތުގެ ބައިވެރިން: އެ ކުންފުނިން ވަނީ 55 ގަސް އިންދާފައި --- ފޮޓޯ/ސޮނީ ހާޑްވެއާ
31 ޖުލައި 2025 - 11:07
ސޮނީ ހާޑްވެއާގެ 55 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޑަގިރީގައި 55 ގަސް އިންދައިފި އެވެ.
ސޮނީ ހާޑްވެއާއިން ބުނީ އަހަރީ ދުވަހާ ގުޅުވައިގެން ކުޑަގިރީގައި ގަސް އިންދަން ނިންމީ އެރަށަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެންވެސް ދަތުރު ދާން އޮންނަ ރަށަކަށްވުމުން, އެރަށް ފެހިކޮށް ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ކަމަށެވެ. އަދި މިއީ މިހާރު ކުރިއަށް ގެންދާ 5 މިލިއަން ގަސް އިންދުމުގެ ގައުމީ ޕްރޮގުރާމުގައި ބައިވެރިވެ, އެ ޕްރޮގުރާމަށް ވެސް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ސޮނީ ހާޑްވެއާއިން ބުންޏެވެ.
ސޮނީގެ މުވައްޒަފުންގެ ގަސް އިންދަނީ --- ފޮޓޯ/ސޮނީ ހާޑްވެއާ
ސޮނީ ހާޑްވެއާއިން ކުޑަގިރީގައި އިންދި ގަސްތަކަކީ އާންމުކޮށް ރާއްޖޭގެ މާހައުލުގައި އާންމުކޮށް ހައްދައި އުޅޭ, ހިޔާ ލިބޭ ގަސްތަކެކެވެ. އެ ކުންފުނިން އިންދި 55 ގަހުގެ ތެރޭގައި ކުރެދި ގަހާއި މިދިލި ގަހާއި ކާނި ފަދަ ގަސް ވެސް ހިމެނެ އެވެ.
ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް ހާޑްވެއާ ސްޓޯރު ކަމަށް ސޮނީ ހާޑްވެއާ އަކީ މުޖުތަމައަށް ދެމެހެއްޓެނިވި ގޮތުގައި ފައިދާކުރާ އެފަދަ އެކި މަސައްކަތްތަކުގައި ބައިވެރިވާ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy