ގެދޮރުވެރިޔާ ސްކީމްގެ ފްލެޓެއްގެ ސާމްޕަލް ރޫމެއް ދައްކަން ތައްޔާރު ކޮށްފައި.
15 އޯގަސްޓް 2025 - 16:33
ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ހާހަކަށް ވުރެ ގިނަ މީހުންނާ އެކު މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެފްޑީސީން މިއަދު ބުނެފި އެވެ.
އެއްބަސްވުންތަކުގައި ސޮއިކުރަން އެ ކޯޕަރޭޝަނުން ފެށީ މިދިޔަ މަހުގެ 21 ގަ އެވެ.
އެފްޑީސީން މިއަދު ބުނީ، އެއްބަސްވުމުގައި ސޮއިކުރަން ފެށިތާ މަހެއް ވާން ކައިރި ވެފައިވާއިރު މިހާތަނަށް 1،202 މީހުންނާ އެކު ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް 1،530 މީހުންގެ އެއްބަސްވުމުގައި ސޮއިކުރަން ތާވަލް ކޮށްފައިވާ ކަމަށް ބުންޏެވެ.
"މިއީ މި ކޯޕަރޭޝަނަށް ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިއެއް،" އެފްޑީސީން އެކްސްގައި ބުންޏެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން އެފްޑީސީން ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީން މައުލޫމާތު ސާފުކުރުމަށް ފަހު ފޮނުވާ ލިސްޓަކަށް ބަލައިގެންނެވެ. އެ މިނިސްޓްރީން ފްލެޓް ލިބޭ މީހުންގެ ލިސްޓު އެފްޑީސީ އަށް ފޮނުވަނީ ވެރިފައި ކުރެވޭ ތަރުތީބުން، އެކި މީހުންގެ ނަންތައް ވަކިވަކިން ކަމަށެވެ. ނަމަވެސް، ވެރިފައި ކުރަނީ ފްލެޓް ލިސްޓު އެކުލަވާލާފައި ތަރުތީބަކުން ނޫނެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.
އެފްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ޕޯޓަލް އަށް އަޕްލޯޑް ކުރަން އަންގާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އެއީ ވެސް ސޮއިކުރަން ތާވަލް ކުރަން ލަސްވާ ސަބަބެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެ އެވެ.
• ފްލެޓް ލިބޭ މީހާގެ / ކޯ-އެޕްލިކަންޓުގެ އައިޑީކާޑު ކޮޕީ.
• ހެކިވެރިޔާގެ އައިޑީކާޑު ކޮޕީ އާއި ފޯމު.
• އެޕްލިކަންޓަށް ދެވެން ނެތް ނަމަ ޕަވާ އޮފް އެޓާނީ ދީފައިވާ މީހާގެ މައުލޫމާތު.
• ދެ ކޮޓަރީގެ އެޕާޓްމަންޓުތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 8،000ރ.
• ތިން ކޮޓަރީގެ އެޕާޓްމަންޓްތައް / މެއިންޓެނަންސް ފީއާއެކު ޖުމްލަ 10،500ރ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ކުރިން ވިދާޅުވެފައި ވަނީ އެއްބަސްވުމުގައި ސޮއިކުރުމާ އެކު، ފެނާއި ކަރަންޓާއި ގޭހާއި ކޭބަލް ކަހަލަ އަސާސީ ހުރިހާ ހިދުމަތަކަށް ވެސް ރަޖިސްޓްރީކޮށްދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެރަ
16 August 2025
ފޯމުގައި ރީތި ޢިބާރާތުން ދޮގު ލިޔެގެން އެލިބޭ ފްލެޓް އަޅެ ފަހެ ހައްްުގު ވާނެތޯ؟ ވެރިފައިކުރީ ކިހިނެއްކަމެއް، ޙާލަތު ދެނެގަތް ގޮތެއްވެސް ނޭގެ.
އަބްޑޫޅް +
16 August 2025
ޙޫމް. ކޮބާ އެއްކަލަ، ހުލެޓު ދޮންބެ؟
ޔާމީން
16 August 2025
ފްލެޓް ލިސްޓް ނެރެނީ ކޮންއިރަކުން؟ ތި ވަގަށް ކުރާ ކަމެއްތަ؟ ކޮބާ ތަ އޭ.ސީ.ސީ
ތުރުކަމަނިސްތާނު
15 August 2025
ހުޅުމާލެއިންނާއި ގުޅީފަޅުން ބިން ކަނޑާފަ ގޯތި ދޫކޮށްފަ ތިބި، އަދި މިހާރު މައިންބަފައިންގެ ގޭގަ އަމިއްލަ އެޕާޓުމަންޓުތަކުގަ ދިރިއުޅެމުންދާ މީހުންގެ އަނބިނާއި ފިރިންނަށް ވެސް ފުލެޓު ދީފަ އެބަހުރި. އިންސާފު ކޮބައިތޯ؟ ހުރިހާ މޮޅެއް އެއްބަޔަކަށް!
އާދަމް އީމާން
15 August 2025
މި ފުލެޓްތައް ކުއްޔައް އުޅޭ ބަޔަކަށްނުލިބޭ. ލިބެނީ ފުލެޓް ފިރިމީހާޔަށް ނޫނީ އަނބިމީހާއަށް ލިބިފަތިބި މީހުންނަށް. އަނެއްކާ އެމީހުންދެނީ ކުއްޔައް. މިކަމުގަ އެއްވެސް ހައްލެއްނުލިބޭ. ސަރުކާރުގެ އެއްވެސް އިޙްލާސްތެރިކަމެއްނެތް.
ނިކަމެތި
16 August 2025
ނެތް ނެތް އެއްްގޮތަކަށްވެސް ނެތް އެމްޑީޕީން ހެދި ވަގު ލިސްޓަށް ފްލެޓް ތައްދީ ނިންމާލަނީ، ވޯޓު ނުދިނުން ނޫން ގޮތެއް ނެތް
ޙަސަންއަލީ
15 August 2025
މިފަހަރު ފްލެޓް މިލިބުނީ ކުރީގެ ސްކީމްތަކުން ފްލެޓް ލިބިފައިނުވާ އަނބިމީހާ ނުވަތަ ފިރިމީހާއަށް. ދެން އަންނަ ސްކީމަކުން އެމީހުންގެ ދަރިންނަށް ފްލެޓް ލިބުނީމަ ދެން އަހަރެމެންނަށް ލިބޭނީ. ޙުރިހާ ބޭފުޅުންވެސް ކެތްތެރިވެ ޝުކުރުވެރިވާންވާނެ.
ގުދުގުދާބެއްޔާ
15 August 2025
ތިވަރުން ދާނަމަ 2027 ގަވެސް އެއްކޮށް ސައިކޮށް ނުނިމޭނެ! އަނެއްކާ ފުލެޓް ހަވާލުކުރަން އަނެއް ދެއަހަރު! ސުލޯވިޔަސް ދެންތީ ފުކެއްބޮޑުވަރު!
އަފްރާސިޔާބު
15 August 2025
ނިމޭނީ ވޯޓް އަޅައި ނިމުނީމާ. އެއްބަސްވުމުގައި އޮންނާނެ ސޮއިކުރި ކަމުގައިވިއަސް އަދި ބަރާބަރަށް ފައިސާ ދައްލަމުން ދިޔަކަމުގައިވިއަސް އެފްސީޑީއަށް އެތަނުން ނެރެލުމުގެ ބާރު އޮންނާނެ ކަމަށް.
ސައިކޯ
15 August 2025
ނަސީބުވެރިންނަށް ފްލެޓް ވެސް ލިބޭނެ އެހެން މީހުންނަށް އޮތީ ބޯހިޔާވަހިކަމެއް ނެތި އުމުރު ހުސްވެގެން ކަށްވަޅަށްދާންދެން ގަނަތެޅުން
ތާކިހާ
15 August 2025
ބަޔަކަށް ފުލެޓު ލިބުމަކީ މައްސަލައެއްނޫން. އެހެނަސް ތަޙުޤީޤުކޮށް ޝަރުޠު ހަމަނުވާ އެތައްބަޔަކަށް ކުރީ ސަރުކާރުން ފުލެޓު ދީފައިވާ ކަމަށްބުނެ އޭސީސީން ކުރި ތަޙުޤީޤުގެ ނަތީޖާއަކީ ކޮބައިތޯ؟ ޞައްޙަ ލިޔުންތައް ހުށަހެޅި ފުލެޓު ޙައްޤުވާ މީހުން ކޮބައިތޯ؟
ހެޔޮދުއާސަލާމް
15 August 2025
ހުރިހާ ބޭފުލުންވެސް ހާންކުރާތި މިދޭ ފްލެޓްތަކުން އަސްލު ފްލެޓްގެ ބޭނުން ޖެހިފއިވާ މީހުންނަށް ލިބެނީ ނިސްބަތުން ވަރަށް ބަޔަކަށެވެ. މި ފްލެޓްތަކަކީ ޓެކްސް ފައިސާއިން ނުފޫޒްގަދަ މީހުންނށް ރިއަލް އެސްޓޭޓް ވިޔަފާރިކުރުމަށް ދައުލަތުން އަޅާ ފްލެޓް ތަކެކެވެ. ވަރަށްވެސް ދެރައެވެ. އެއް އޮފީހެއްގައި މަސައްކަތްކުރާ ހާލަތު ރަނގަޅު މީހާއަށް ފްލެޓް ހައްގެވެ. އުޅެނީ 2 ދަރިންނާއި ފިރިމީހާއާއެކު 4 ކޮޓަރީގެ ގެއެއްގައެވެ.
ހެޔޮދުއާ
15 August 2025
އަހަރެން ދަރިފުޅާއި މަންމައާއެކު މި އުޅެނީ 1 ރޫމް އެޕާޓްމެންޓެއްގައި. އެކަމަކު ފްލެޓްލިބުނީ އެއްވެސް ކުއްޔެއް ނުދައްކައި 4 ކޮޓރީގައި އުޅޭ އަލުގަނޱުގެ ރަހުމަތްތެރިޔާއަށެވެ. ހެޔޮވާނީވެސް ކިހިނެތްހެއްޔެވެ.