މީހަކު ސިނގިރޭޓެއް ނިއްވާލަނީ: ދުންފަތުގެ އިސްތިއުމާލްކުރުން އެއްކޮށް ހުއްޓާލާ ރަށްތަކުގެ މީހުންނަށް ފައިސާގެ އިނާމު ދޭން ސަރުކާރުން ވަނީ ނިންމާފައި. -- ފޮޓޯ | މިހާރު
04 އޯގަސްޓް 2025 - 12:45
ދުންފަތުގެ އިސްތިއުމާލްކުރުން މުޅިން ހުއްޓާލާ ރަށްތަކުގެ އެންމެންނަށް ފައިސާގެ އިނާމު ދިނުމާ ގުޅޭ ދިރާސާއަށް ހިޔާލުހޯދަން ފަށައިފި އެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ދުންފަތް އެއްގޮތަކަށް ވެސް ބޭނުން ނުކުރާ ރަށްތަކެއް ކަނޑައެޅުމުގެ ދިރާސާއެއް ހަދަން ކަމާބެހޭ އިދާރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.
އެ ދިރާސާއަށް ހިޔާލު ހޯދުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ ފަށައިފަ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ދިވެއްސާއި އިނގިރޭސި ބަހުން ކުރިއަށްގެންދާ ހިޔާލު ހޯދުމުގެ ސާވޭގެ މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އަބާދީގެ އެންމެންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން ވީހާވެސް ގިނަ ބަޔަކު ދެކޭ ގޮތް ބެލުމެވެ.
އެ ސާވޭގައި، މުޖުތަމައު ހޭލުންތެރިކުރުމާ ގުޅޭ ގޮތުންނާއި އެކަން ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާ މެދު އާންމުން ދެކޭ ގޮތާއި ރަގަނޅު ކުރަން ފެންނަ ކަންތައްތައް ދެނެގަނެވޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މީހަކު ދުންފަތުގެ އިސްތިއުމާލު ކުރަނީ: ދުންފަތާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައި ރާއްޖޭގައި ވޭޕް ވެސް ވަނީ މަނާކޮށްފައި.
- ދުންފަތުގެ އިސްތިއުމާލް ކުރުން މުޅިން ހުއްޓާލާ ރަށްތަކުގެ ހުރިހާ ރައްޔިތުންނަށް ފައިސާގެ އިނާމު ދިނުމަކީ ކިހާ އިންސާފުވެރި ކަމެއްތޯ؟
- ދުންފަތުގެ އިސްތިއުމާލް ކުރުން އެއްކޮށް ހުއްޓާލާ ރަށްތަކަށް ފައިސާގެ އިނާމު ދިނުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް
- ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން ހުއްޓާލާފައިވާ ރަށެއް ކަމަށް ކަނޑައަޅާނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާތާ ކިހާ ދުވަހަކުންތޯ؟
- ޖެނެރޭޝަނަލް ބޭންއާ މެދު ދެކޭގޮތް
- ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން ހުއްޓާލާފައިވާ ރަށެއްގައި އެ އަމަލުކުރާނަމަ އަދަބު ދިނުމާ މެދު ދެކޭ ގޮތް
ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފަ އެވެ. އަދި ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ނުރައްކާ އަންގައިދޭ ލޭބަލް ނުޖަހާ ނަމަ އެ ތަކެތި އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުބާރަކް
05 August 2025
ހާދަ ރަނގަޅު ނިންމުމެކޭ. މީގެ ސަބަބުން އެތައް ރަށެއް ދުންފަތުން ފްރީ ވީ.
އިސްމާއިލް އުޝާމް
05 August 2025
ދުންފަތުގެ ވަބާއިން މުޅި މުޖުތަމައު ސަލާމަތް ކުރަންޖެހޭނެ. އެހެން ނޫނީ މިގައުމުގެ ކެންސަރާ އެތައް ބަޔެއް ފެތުރިގެން ދާނެ
ނިމާލް ހަސަން
05 August 2025
ދުންފަތާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް ހަމަ ވަރަށް ފުރިހަމަ. މިކަން އޮންނަންވާނީ މިހެން
ކޮސް
04 August 2025
މިހުންނަނީ އެއްގޮތަކަށްވެސް ކުރަންވާ ކަހަލަ ކަންތައްތަކެއްނޫން. މިފަދަ ކަންކަމަށް ޚިޔާލެއް ބޭނުމެއްނޫން. ވެރިންގެ ނާޤާބިލުކަން މިއިން އެނގެނީ. އަދި އަމުދުން ދިވެހިންގެ ގިނަބަޔަކީ , މިހާރު މިޒާތުގެ ކަންކަމުގައި މަކަރު ހެދުމަށް ޖެހިލުންވާނެ ބައެއްނޫން. މަޖިލިސް މެންބަރުން އެމީހުންގެ ދާއިރާއަށް އިނާމުދީގެން ބަލާނީ އިންތިޚާބުތައް ކާމިޔާބުކުރަން. ވެރިމީހާއަކީ ވެރިކަމަށް އެއްވެސް ޤާބިލުކަމެއް ހުރި ފަރާތެއްވެސް ނޫން......
ނަންނު
04 August 2025
އަޅުގަނޑުމެން ގޭބިސީގާ ދުންފަތުގެ އިސްތިއުމާލުކުރާ މީހަކު ނޫޅޭނެ. މިސާލަކަށް އިނާޔަތަކަށް ކަރަންޓާ ފެންބިލުން 50 އިންސައްތަ ކަނޑާލުން ކީއްތޯ؟
1206
04 August 2025
މި ފަދަ އިނާމަކީ މަގުސަދާ ނުބައްދަލު އަދި ހާސިލު ކުރެވިދާނެ ނަތީޖާއަކަށް ބަލާއިރު ބޭކާރު ޚަރަދެއް.
ޑިސްއޮނަރަބަލް ޑީޑީ
04 August 2025
ދުންފަތް ހަނދާންނައްތާލާފާ ހަށިގަނޑަށް ފައިދާހުރި ކާނާއާ ގާތަށް ޖެހިލަމާބަހީ. އާފަލާ އޮރެންޖު 10ރ. އަށް އުފުލިއްޖެ. ރައްޔިތުން ގަރުދިޔައަށް ތިރިވެއްޖެ. ރައްޔިތުންގެ ޚިޔާލަކަށް ދާކަށްނުވޭތޯ އާފަލު ދިހައަކުން ފަހަކަށް އަދި އޮރެންޖު ދިހައަކުން ތިނަކަށް ތިރިކުރާން. އަދި ގަރުދިޔައިން ރިހައަށް މަތިވެލާންވެސް ރައްޔިތުންތިބީ ވަރަށް ބޭނުންވެފާ.
ބޮޑުރިޔާ
04 August 2025
މަށައް ފެނުނު އެންމެ ބޮޑު ޖޯކު މަޖިލީހުގެ މެމްބަރުން ކަރުފުއްޕާ ކަރުން ހަތްނާރު ނަގާވަރައް ދުންފަތާ ދެކޮޅަށް ވަކާލާތުކޮށް އެއާ ދެކޮޅަށް ވޯޓް ދީ އެ ރުޅިގަނޑު ނުފިލަމީސް ބޭރަށް ނުކުމެ ނިކަން ހަމަޖެހިލައިގެން މީހުންނަނީ ކޮންމެވެސް ވައްތަރެއްގެ ދުުންފަތުގެ އިސްތިއުމާލެއްކޮއްލަން ބައެއްފަހަރު ހިތަށްއަރާ މިއައްވުރެތާހިރުވާނޭ ގުއިފުނިގައި ދަނޑިންތެޅިޔަސް އޭރުންވެސް ގަޔައްތިކިބުރާނެ ގިނައިރުވަސްވެހުންނާނޭ
އަލީމްގ
04 August 2025
ވައުދުވީ ދޭނެކަމައް، އެހެންކަމުން ހިޔާލު ހޯދަންޖެހޭ ސަބަބެއް ނެތް
ޛެިެިެިަކަމ
04 August 2025
ގެޔަކަށް މިލިޔަނެއް ރަނގަޅުވާނެ