ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް، ބޯންމެރޯ ހަދަން މި މަހު ފޮނުވާ އިތުރު 7 ކުދިންނާ ބައްދަލުކުރައްވަނީ.--
04 އޯގަސްޓް 2025 - 17:41
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް މިމަހު ހަތް ކުދިން ފޮނުވަން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ޒަކާތު ފަންޑުގެ ހަރަދުގައި ކޮންމެ އަހަރަކު 10 ކުއްޖެއްގެ ބޯންމެރޯ ހެދުމަށް އިސްލާމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސޮއިކޮށްފަ އެވެ.
މިއަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވަން ނިންމި 10 ކުދިންގެ ތެރެއިން ތިން ކުދިން ފޮނުވީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.
މިނިސްޓްރީން ބުނީ މިމަހު ފޮނުވާ ހަތް ކުދިންގެ ތެރެއިން ތިން ކުދިން މިއަދު ރާއްޖެއިން ބޭރަށް ފުރާނެ ކަމަށެވެ. އަދި މާދަމާ އެއް ކުއްޖަކު ފުރަން ހަމަޖެހިފައިވާއިރު މި މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަސް އަދި 12 ވަނަ ދުވަހު އިތުރު ތިން ކުދިން ފުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް މިމަހު ފުރުމަށް ހަމަޖެހިފައިވާ ފަރާތްތަކާއި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހީމް ބައްދަލުކުރައްވައިފި@MBS_mv pic.twitter.com/OsmjtFxv4Q
— Ministry of Health (@MoHmv) August 4, 2025
ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ އެ ކުދިންގެ އާއިލާތަކާ މިއަދު ބައްދަލު ކުރައްވައިފަ އެވެ.
ބޯންމެރޯ ހަދަން ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީދޭއިރު، އެ ލިސްޓުގައި މިވަގުތު ވެސް 22 ކުދިން އެބަތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހައުލަތް މުހައްމަދު
05 August 2025
މީ އެއްމެންވެސް އުފާކުރަން ޖެހޭ ކަންކަން. އެތައް އާއިލާއަކަށް މީގެ ސަބަބުން އުފާވެރިކަން ލިބިގެން މިދަނީ
ނޫރާ އިސްމާއިލް
05 August 2025
އަލްހަމްދުﷲ. ހާދަ އުފާވެރި ހަބަރެކޭ މިއީ
ދިވެހިން23
04 August 2025
ފޮނުވަނީ ކޮން ޤައުމަކަށް ކަމާއި ޚަރަދުވާނެކަމަށް އަންދާސާ ކުރެވޭ އަދަދުތަކާއި އެކަމަށް އާއްމުކޮށް ހޭދަވާނެ މުއްދަތާއި މިފަދަ ކަންކަން ދިރާސާކޮށް ނޫސްލިޔާއިރު ލިޔެލާނަމަ ނޫސްކިޔާ މީހާވެސް ރޯފިލާ މައުލޫމާތު މުއްސަނދިވާނެކަމަށް ދެކޭތީ ބުނެލީ. އަނެއްހެން މިރާއްޖޭގައި މިހާރު ނޫސްވެރިކަންވެސް މިއޮންނަނީ ނިކަން ފާޑަކަށްތާދޯ
ޥާންޗޯ
04 August 2025
ރާއްޖޭން ބޭރަށް ފޮނުވަނީ ކޮން ގައުމެއް ނޫނީ ގައުމުތަކަކަށް؟؟