ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކުދިންތަކެއް ކުޑަކުދިންގެ ހިޔާގައި
05 އޯގަސްޓް 2025 - 19:45
ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ވެސް 148 ކުދިން އެބަތިބި ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި މިދިޔަ ޖޫން މަހުގެ ހިސާބުތަކުގައިވާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ފިރިހެން 80 ކުދިންނާއި އަންހެން 68 ކުދިންނެވެ.
ޖޫން މަހު ދައުލަތުގެ ބެލުމުގެ ދަށަށް އަންހެން ދެ ކުއްޖަކު ނަގާފައިވާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެއް ކުއްޖަކު އާއިލާއާ އަލުން ހަވާލުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޖޫން މަހު ވަނީ 18 އަހަރު ފުރުނު ކުއްޖަކަށް ވަޒީފާ ހަމަޖައްސައިދިނުމަށް ފަހު މުޖުތަމައަށް ރީއިންޓެގްރޭޓް ވެސް ކޮށްފައި ކަމަށާއި އިތުރު ކުއްޖަކަށް އިންޓާންޝިޕް ފުރުސަތު ވެސް ހަމަޖައްސައިދިން ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.
މީގެ ކުރިން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ކުދިން ބަހައްޓަމުން އައި ނަމަވެސް 2022 ވަނަ އަހަރުން ފެށިގެން ވަނީ ރަށްރަށުގައި އަމާންވެށިތައް ގާއިމުކުރަން ފަށައި އެ ތަންތަނަށް ވެސް ކުދިން ގެންދަން ފަށައިފަ އެވެ.
މިނިސްޓްރީން މިއަދު ހާމަކުރި އެހެން ހިސާބުތަކަށް ބަލާއިރު ޖޫން މަހު ވެސް ކުޑަކުދިންނާ ގުޅޭ ގޮތުން އެންމެ ގިނައީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެ މަހު 21 އަންހެން ކުއްޖަކަށް އަދި ހަ ފިރިހެން ކުއްޖަކާ ގުޅޭ ގޮތުން މިފަދަ މައްސަލަތައް ހުށަހަޅާފައިވެ އެވެ. ދެން އެންމެ ގިނައީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަ އެވެ. މިފަދަ އަނިޔާ ވެސް އެންމެ ގިނައީ އަންހެން ކުދިންނަށެވެ. އަންހެން ކުދިންނާ ގުޅޭ 12 މައްސަލަ އަދި އަދި ފިރިހެން ކުދިންނާ ގުޅޭ ހަ މައްސަލައެއް ހުށަހަޅާފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނައީ ކުދިންނާ މެދު އިހުމާލުވުމުގެ މައްސަލަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހީންގެރާއްޖެއިން
06 August 2025
މިގޮތަށް ގައިދީންގެ އަދަދުތައްވެސް ހާމަކޮށްބަލަ ކޮންމެ ދުވަހަކު.
raajje
05 August 2025
ބޭނުންވާއާއިލާތަކަށް ތިކުދިން އެޑޮޕްޓް ކުރެވޭނެއިންތިޒާމެއްއޮތުންއެއީ ފައިދާހުރިގޮތެއްކަމަށްފެނޭ، އިންތިޒާމެއްމިހާރުއޮތްނަމަ އެކަންއާންުކޮށްއެނގޭނެހެންއޮތުންމުހިންމު! ދައުލަތުގެބެލުމުގެދަށުގައޭކިޔަކަސް ތިޔަކުދިން އެކަށީގެންވާގޮތެއްގައި ބެލެމުންދާކަމަށްގަބޫލެއްނުކުރެވޭ، އެއީދައުލަތުންކުރާ ފެންނަންހުންނަކަންކަންވެސް ކުރެވެމުންދަނީ ވަރަށްދޯދިޔާކޮށްކަމަށްވާތީ، ޖެންޑާފަދަތަންތަނަކީ މަގުސަދުހާސިލުކުރުމާގާތައްވެސް ނަތީޖާނެރެވޭތަންތަނެއްނޫން
ބޮޓު
06 August 2025
ދަރުމައަށް ކުދިން ބެލުމުގެ ނިޒާމު ވަރަށް ފުރިހަމަ ވާނެ 1412 އަށް ގުޅީމަ ތަފްސީލް ކޮށް ކިޔައިދޭނެ