ޚަބަރު / ކަރެކްޝަނަލް ސާވިސް

މަސައްކަތްކުރާ ގައިދީންނަށް ދޭ އެލަވަންސް 25 އަހަރަށް ފަހު ބޮޑުކޮށްފި

ގައިދީންތަކެއް މަސައްކަތުގައި: ގައިދީން ކުރާ މަސައްކަތަށް ދޭ އެލަވަންސް މިހާރު ވަނީ 25 އަހަރަށް ފަހު ބޮޑުކޮށްފައި.

ޖަލުތަކުގައި ތިބޭ ގައިދީން ކުރާ މަސައްކަތަށްދޭ އެލަވަންސް 25 އަހަރު ފަހުން ބޮޑުކޮށްފި އެވެ.

ގައިދީން މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 30ރ. ދޭ ގޮތަށް 2000 ވަނަ އަހަރު ހަމަޖެއްސި ފަހުން މިދިޔަ 25 އަހަރު ހުރިހާ ގައިދީންނަށް ވެސް އުޖޫރަ ދެމުން އައީ އެ މިންގަނޑުންނެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ ގައިދީންނާއި ބަންދުގައި ތިބޭ މީހުން ކުރާ މަސައްކަތަށް ދޭ އެލަވަންސް މިދިޔަ މަހު 16 އިން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ދުވާލަކަށް ދޭ އެންމެ ދަށް އަދަދަކީ 50ރ. ކަމަށެވެ.

އެލަވަންސް ދިނުމުގައި އެކި ބާވަތުގެ މަސައްކަތަށް ބަލައި އަށް ގްރޭޑެއް ކަނޑައަޅާފައި ވާއިރު 50ރ. އަކީ ގްރޭޑް 1 ނުވަތަ އެންމެ ދަށް މިންގަނޑެވެ. މި މިންގަނޑު ކޮންމެ ގްރޭޑަކަށް 10ރ. ބޮޑުވާނެ އެވެ. އެހެންވެ ގްރޭޑް 8 ގެ ކެޓަގަރީއާ ހިސާބަށް ދުވާލަކަށް 120ރ. ލިބޭނެ އެވެ.

ކުނިކެހުމާއި، ފޮޅާ ސާފުކުރުމާއި، ކަރަންޓު މަސައްކަތްތަކާއި ކޮންސްޓްރަކްޝަން މަސައްކަތްތައް ވެސް ގައިދީންނަށް އެލަވަންސް ލިބޭ ގޮތަށް ކުރެވެ އެވެ.

15 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

raajje

07 August 2025

ކާންދީބޯންދީ ނިދާނެތަންދީ ބޭސްފަރުވާކޮށްދީ (ގޮވައިގެން ހޮސްޕިޓަލަށްގޮސް) އެޔަށްފަހު ދުވާލަކު 150ރ މަސައްކަތަށް ލިބުނީމާ ރަނގަޅު، ބޮޑޭބުނާކަށް އަޅުގަނޑުބޭނުމެއްނޫން، ކުށެއްކުރެވިގަން ޖަލަށްދާންޖެހުނަސް ބައެއްމީހުންގެ އަނބިދަރިންނާ މައިންބަފައިންވެސްތިބޭ، އެންމެރަނގަޅުގޮތަކީ ޖަލަށްދާންނުޖެހޭނެހެންއުޅުން

The name is already taken The name is available. Register?

މައްކުބޭ

07 August 2025

އަސްލު މިންގަޑަކަށް ބަލަންޖެހޭނީ ގައިދީ އަކު މަސައްކަތްކުރާ ކޮންމެ 1 ގަޑިއިރަށް ދޭނެ ރޭޓެއް ހަމަ ޖެއްސުމެވެ.

The name is already taken The name is available. Register?

ދެވޭނީ ހަރަދު ކަނޑާފަ

06 August 2025

ދެވޭނީ ޚަރަދު ކަނޑާފަ

The name is already taken The name is available. Register?

އަލިބެ…

06 August 2025

އާދައިގެ ސިވިލްސަރވިސް މުވައްޒަފުންނަށް ތިވަރުވެސް ނުވޭ. މީރުކޮށް ކާންދީފައި ސިވިލް ސަރވިސް މަސައްކަތު މީހެއްގެ މުސާރަ ޖަލުން ލިބޭނެ. ސަޅި ގައުމެއްމީ.

The name is already taken The name is available. Register?

އިބްތިޝާމް

06 August 2025

ޝުކުރީއްޔާ ރ.ސޯލިޙް..، ގައުމުގެ ހުރިހާ ފަރުދުން އަކީވެސް އަތުން ފައިން މަސަކަތް ކޮށްގެން ހަޔާތް އާރާސްތު ކުރާބަޔަކަ ހެދުމަށް ރ.ސޯލިޙް އެޅުއްވި ފިޔަވަޅު ތަކުން ފިޔަވަޅެއް މީ.

The name is already taken The name is available. Register?

raajje

07 August 2025

އިބްތިޝާމް: މޮޔަނުވެބަލަ، ރައީސްސޯލިހެއް މިހާރަކު ނުހުންނާނެ، ސޯލިހުއެއީ މިިހާރު ރައީސެއްނޫން، ކުރީގެ ރައީސްސޯލިހު ކީދާނެ އޯކޭ؟

The name is already taken The name is available. Register?

ބުރަތޭރީ

06 August 2025

ރަނގަޅު ނިންމުމެއް. ގައިދީންލައްވާ ރަނގަޅަށް މަސައްކަތްކުރުވާ ހުނަރު ދަސްކޮށްދީ މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމުން އެމީހުން ކުށުގެ ވެށިން ދުރުކުރެވިގެންދާނެ. ނަމަވެސް އެމީހުންނަށް މަސައްކަތް ކުރުމުން ދެވޭ އުޖޫރަ ހަވާލުކުރަންވާނީ ޖަލުން މިނިވަންވެގެން ނުކުތުމުން.

The name is already taken The name is available. Register?

ޖަހާލިނަމަ

06 August 2025

ހުރިހާ ގްރޭޑުތައް އެނގޭނެހެން ތަފްސީލްކޮށްލިނަމަ، އޭރުން 50 ރފ އަދި 120 ހޯދަން ކުރަންޖެހޭ މަސައްކަތް އިނގޭނެ، މިތާތޯ ހުންނަވީ ނޫނީ ޖަލުގަ ތޯ؟ މިތާ ހުރީމަ 200 ރފ ގަޑިއަކަށް ދޭ އިރު ކާނެ ނިދާ، ބިލު ދައްކަނީ އަމިއްލަ އަށް، އޭރަށް ނޯވެ ފަހަށް ބާއްވަން އެކައްޗެއް ވެސް، ތިތާ ހުރެގެން 20 ދުވަހު 120 ރފ ރޭޓުން މަސައްކަތް ކުރި ނަމަ 2400 ރފ ލިބޭނެ ދޭން

The name is already taken The name is available. Register?

ރަދީފްއޮފިޝަލް / ޖަލުގެ ފުރާޅުން

06 August 2025

ވަރަށް ރަނގަޅު ހިޔާލެއް.ނަމަވެސް މިނިވަންކަން ވަރަށް ބޮޑަށް ލިމިޓްވާނެ.

The name is already taken The name is available. Register?

ހަސަންދީ (ލ)

06 August 2025

120 ރުފިޔާ ދުވާލަކަށް ވީމާ އެލިބެނީ ދައުލަތުގެ މަސައްކަތު މީހެއްގެ މުސާރަ. ރަނގަޅު ނިންމުމެއް.

The name is already taken The name is available. Register?

މުއުނިން

06 August 2025

ތިކަމާ ގުޅިގެން ހިއުމަން ރައިޓްސް އިން މިއަދު ބަޔާނެއް ނެރޭނެކަމަށް ބެލެވެނީ އެއީ މާހޫނުގައި އެމީހުން ލައްވާ މަސައްކަތް ކުރުވާތީ. ކައިރީގައި ކަރެންޝަންގެ ބޭފުޅެއް ކުޑައެއް ހިފައިގެން ހުރުމަށްވެސް ރެކޮމެންޑް ކޮށްފާނެ. އަޅެ ބަލަމާ ހިނގާ.

The name is already taken The name is available. Register?

އަބްޑޫޅް +

06 August 2025

ކޮންމެޔަކަސް، މިމީހުންގެ މަގާމު، އިޝްޓޭޓު މިޝްޓަރުންގެ ފެންވަރަށް ބޮޑުކުރަން އެބަޖެހޭ، މިހާރުން މިހާރަށް.

The name is already taken The name is available. Register?

މުފައްކިރުން

06 August 2025

ގައިދީންނަށް ހަފްތާއަކު 1ފަހަރު ކުކުޅުކާންދޭން ދައުލަތުން ޚަރަދުކުރާއިރު އަގަޔާ އަތާ ދިމާނުވާ ކިތައްއާއިލާ މިރާއްޖޭގަ އެބަ ތި، ގައިދީންނަށް ކޯސްތައް ހިލޭ ހިންގާއިރު އާއިލާގަ ކޯސްފީދެއްކޭނެ ކުދިން މާލޭގައި ބައިތިއްބާނެ ފެންވަރު ނެތި ކިތައް އާއިލާ އބައުޅޭ.. މިރާއްޖެއަކީ އާންމުންނަށް ވުރެ ްައިދީންގެ ޙައްޤުތައް ގިނަ /ބޮޑު ޤައުމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454